2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ކުމުންދޫ – 5

ކުމުންދޫ

ކުމުންދޫ

ކުމުންދޫއަށް ޕީއެސް.އައި.ޕީ ޕްރޮޖެކްޓްސް ތެރެއިން މިއަހަރުގެ ބަޖެޓްއަކަށް ދީފައިވަނީ 23.8 މިލިއަން ރުފިޔާއެވެ. މިއީ 12 ޕްރޮޖެކްޓަކަށް ސަރުކާރުން ދޭން ނިންމާފައިވާ އަދަދުތަކެކެވެ. މީގެ އިތުރު ގިނަ ރަށްރަށުގައި ހިންގާ 3 ޕްރޮޖެކްޓްގެ އަގު ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.  މި ހުރިހާ ޕްރޮޖެކްޓް ތަކަކީވެސް ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓް އިން ހިންގާ ޕްރޮޖެކްޓް ތަކެކެވެ.

ނިމިފައިވާ މަސައްކަތްތައް

  1. މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ކުރިއަށް ގެންދިޔަ ހދ.ކުމުންދޫ ވޮލީކޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މި އަހަރު ރިޓެންޝަން ފައިސާގެ 99 ހާސް ފައިސާ ދޫކުރުމަށް ނިންމާފައިވެއެވެ.
    1. ރިޓެންޝަން ފައިސާ މަސައްކަތުގެ އަގުގެ %5 ހިފެހެއްޓުމަށްފަހު މަސައްކަތް ނިމި ހަ މަސް ވުމުން ދެވޭ ފައިސާއެވެ. މިއީ ދިވެހި ރާއްޖޭގެ މާލިއްޔަތުގެ ޤާނޫނުން ވަކި އަދަދަކަށްވުރެ މަތީ ކޮންޓްރެކްޓް ތަކުގެ އަގުން އުނިކޮށް ފަހުން ޖަމާ ކުރުމަށް ލާޒިމް ކުރާ ފައިސާއެކެވެ.
    1. ކުމުންދޫ ކައުންސިލްގެ ފަރާތުން ފުރަތަމަ ކޮށްފައިވާ އިއުލާނެއް ފެންނަން އޮތީ 26 ފެބުރުވަރީ 2023 ގައެވެ. އެއީ ހދ.ކުމުންދޫގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީކޯޓްގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުމަށެވެ. ވުމާއި އެކު މިއީ މިނިސްޓްރީގެ ކޮންޓްރެކްޓް ބާތިލު ކޮށް ކައުންސިލް މެދުވެރިކޮށް މަސައްކަތް ހަވާލު ކުރެވި ކައުންސިލްގެ ބެލުމުގެ ދަށުން ދެވަނަ ފަހަރަށް މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނެވެ. އެހެން ނަމަވެސް އެންމެ ފަރާތެއް ކުރިމަތި ލާފައިވާތީ އިއުލާން ބާތިލު ކޮށް 20 މާރިޗު 2023 ގައި އިއުލާނު ކުރެވި މަސައްކަތް ނިމިފައިވެއެވެ.
    1. މި ތަނުގެ ބޭނުން މިހާރުވެސް ކުމުންދޫގެ ރައްޔިތުން ބޭނުންކުރާކަމުގައި ވީނަމަވެސް ރަސްމީ ކޮށް ހުޅުވި ކަމުގެ ޚަބަރެއް ފެންނާކަށް ނެތެވެ.
    1. މިނިސްޓްރީގެ ފަރާތުން ކޮށްފައިވާ އިއުލާނެއް ގެޒެޓް، ވެބްސައިޓްއިން ފެނިފައެއް ނުވެއެވެ.
  2. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ކުރިއަށް ގެންދާ ހދ.ކުމުންދޫ ނެރު ހެދުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމުގައި ދޭހަވާ ބީދައިން ރިޓެންޝަން ފައިސާގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ނަމަވެސް އަދވެސް ކުރިން ބޭނުން ކުރަމުން އައި ނެރު ބެއްދުމަށްޓަކައި ހިލަ ޖެހިފައި ނުވެއެވެ. ރޭނގަޑު އައު ކަނޑިންމައިން ވަނުމަކީވެސް ނުރައްކާތެރި ކަމެއް ކަމުގައި ދެކެވެއެވެ. އެއީ އެސަރަޙައްދުގައި އަދިވެސް އެއްވެސް އަލިކަމެއް ނެތުމާއި އެކު ނެރުން ވަންނަން އަންނަން ޖެހެނީ ވަށާލާފައި ކަމުގައި ވާތީ ކުރިއަށް ވުރެ ސަމާލުވާން ޖެހެއެވެ. މިހާރުވެސް މަސައްކަތް ކުރަމުންދާ އިރު ރިޓެންޝަން އަށް ޖެހުމަކީ އެންމެ އެދެވޭ ކަމެއް ނޫނެއްނުންތޯއެވެ. ރިޓެންޝަންގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
    1. އިއުލާނެއް ފެނިފައެއް ނުވެއެވެ.

ހިނގަމުންދާ މަސައްކަތްތައް

  • މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ހދ.ކުމުންދޫ ސްކޫލް 12 ކްލާސްރޫމް އިމާރާތުގެ ބަޖެޓް އަކީ 3.4 މިލިއަން ރުފިޔާއެވެ. މަސައްކަތް ގާތް ގަނޑަކަށް ނިމިފައި ވުމުން އަންނަ އަހަރަށް ބަޖެޓް ކޮށްފައިވާ 3.9 މިލިއަން ރުފިޔާ އަކީ ރިޓެންޝަން ފައިސާގެ ގޮތުގައި ބެލެވެއެވެ. މި މަސައްކަތައް އިއުލާން ކުރެވުނީ 30 އޮގަސްޓް 2021 ގައެވެ.
  • މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ހދ.ކުމުންދޫ ޒުވާނުންގެ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތަކީ ހިނގަމުންދާ މަސެއްކަތެއް ކަމާއި އެމަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައި މިއަހަރުގެ ބަޖެޓް ކޮށްފައިވެއެވެ. މަސައްކަތާއި ގުޅޭގޮތުން އެހުމުން ސަރަޙައްދެއް ކަމުގައި ކައުންސިލް އިން މިހާރުގެ އައުޓްޑޯ ޖިމް ކައިރި ދީފައިވާނެކަމުގައި ދެންނެވިއެވެ. މިއީ 1.1 މިލިއަން މިއަހަރުގެ ބަޖެޓް އިން ހޭދަ ކުރާ ޕްރޮޖެކްޓެކެވެ. އަންނަ އަހަރު 2 ލައްކަ ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 70 ހާސް ރުފިޔާ ޚަރަދު ވާނެކަމަށް ލަފާ ކުރާތީ މިއީ 2026 ވަނަ އަހުރު އެންމެ ލަސްވެގެން ހުޅުވޭނެ ކަމަށް ލަފާ ކޮށް އަދި 2025 ވަނައަހަރު ކުރީ ކޮޅުގައި ނިމޭނެ ކަމަށް އަންދާޒާ ޕްރޮޖެކްޓް އެއްކަމަށް ހިސާބުތަކުން ދައްކައެވެ. މި ޕްރޮޖެކްޓް އަށް ފުރަތަމަ އިއުލާން ކޮށްފައިވަނީ 11 ޖަނަވަރީ 2023 ގައެވެ.
  • މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދެވަނަ ޕްރޮޖެކްޓް އެއްގެ ގޮތުގައި އޮތީ ހދ.ކުމުންދޫ ޓާރފް ދަނޑު ތަރައްގީކުރުމެވެ. މިއީ މިއަހަރު 1.2 މިލިއަން ޚަރަދު ކުރެވޭ މަސައްކަތެކެވެ. އަންނަ އަހަރު 9 ލައްކަ އަދި 2026 ގައި 2 ލައްކަ ރުފިޔާ ބަޖެޓް ކުރެވުމުން މިއީ 2025 ވަނަ އަހަރަށް ނިންމަށް އޮތް މަސައްކަތެކެވެ. ނަމަވެސް މަސައްކަތުގެ ދުވެލި ހުރި ސްޕީޑް އިން މިއަހަރު ނިމޭނީ ހަމައެކަނި ސަބްބޭސް އެކަނި އެވެ. އަދި ޓާފް ގަތުމާއި ޓާފް އެޅުން އެއީ ވަކި މަސައްކަތެކެވެ.
    • މިއީ 344 ފޫޓް 6 އިންޗީގެ ބޮޑު ދަނޑެއްގެ މިނައް ދަނޑު ކުރުހޭ ވަރަށް ކުރާ މަސައްކަތެކެވެ. މި މަސައްކަތައް އިއުލާނު ކުރެވުނީ 25 ޖަނަވަރީ 2023 ގައެވެ.
    • މި މަސައްކަތް ހަވާލު ކުރިކަމަށް މިނިސްޓްރީ އޮފް ސްޕޯޓް ވެބްސައިޓްގައި ވަނީ 23 މެއި 2023 ގައި އާރު.ޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް 2.8 މިލިއަން (2,843,113) ރުފިޔާއަށެވެ. މިއީ މަސައްކަތް ފަށާތާ ދުވަސް 60 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވުނު ޕްރޮޖެކްޓެކެވެ. ވުމާއި އެކު މިނިސްޓްރީގެ ވެބްސައިޓް އިން ދައްކާ ގޮތުގައޮ 14 ޖުލައި 2023 އަށް މުއްދަތު ހަމަވެފައިވާ ޕްރޮޖެކްޓެކެވެ. އެއިގެ ފަހުން 9 މަހާއި ގާތް ވީއިރުވެސް މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ.
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ގޮތުގައި ހދ.ކުމުންދޫ ބަނދަރު ތަރައްގީކުރުން – ފޭސް 2 ގެ މަސަކަތް ކުރިއަށް އެބަދެއެވެ. އެއީ 3.7 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.
    • 2025 އަށް އޮތީ 2.8 މިލިއަން ރުފިޔާ އަދި 2026 އަށް 5 ލައްކަ ރުފިޔާ އެވެ.
    • ވުމާއި އެކު ޖުމްލަ މިތިން އަހަރު ދައްކާން ނިންމާފައިވާ ފައިސާއަކީ 7.1 މިލިއަން ރުފިޔާއެވެ.
    • ޑިޒައިން ކުރުމާއި ގުޅޭ ލިއުމެއް ފިނޭންސްގެ ޕްރޮކިއުމެންޓް އިން ފެނިފައިވަނީ 19 ޑިސެމްބަރ 2023 ގައި ސީދާ ވަކި ބަޔަކަށް ދީފައިވާ ކަމެވެ.
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހދ.ކުމުންދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މިއަހަރުވެސް 7.8 މިލިއަން ރުފިޔާ ޚަރަދުވެގެން ދާނެއެވެ.
    • ޖެހިގެން އަންނަ އަހަރު 6 މިލިއަން އަދި 2026 ގައި 10 މިލިއަން ރުފިޔާގެ ބަޖެޓެއް އޮތް ޕްރޮޖެކްޓެކެވެ.
    • މިކަމާއި ގުޅޭ މައުލޫމާތެއް މިނިސްޓްރީ ވެބްސައިޓްއިން ނުފެނުނެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ ފަރާތުން އާރޯ ޕްލާންޓް އަފި ސްޓޯރޭޖް ޓޭންކް ޤާއިމް ކުރުމުގެ މަސައްކަތުގެ އިއުލާނެއް 2 މެއި 2017 ގައި ކޮށްފައިވެއެވެ އަދި 27 ފެބްރުއަރީ 2018 ގައި ކޮށްފައިވެއެވެ. ގެޒެޓް އިންވެސް ފެންނަށް އެބަ ހުއްޓެވެ. 19 ނޮވެމްބަރ 2015 ގައި ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތެއްގެ އިއުލާނެއްވެސް ކޮށްފައިވެއެވެ.

ޕްރީ ޓެންޑަރިންގ މަސައްކަތްތައް

  • ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ހދ.ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. ނަމަވެސް މިއީ މިއަހަރަށް 3 ލައްކަ ރުފިޔާ ބަޖެޓް ކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތުގެ ފުރަތަމަ އިއުލާން ކުރެވުނީ 20 އޭޕްރިލް 2023 ގައެވެ. އެއީ އައު އިމާރާތް ޑިޒައިންކޮށް، އިމާރާތުގެ ކުރެހުމާއި ބީ.އޯ.ކިއު ތައްޔާރުކުރުމަށެވެ. ނަމަވެސް ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑު ކަމަށް ބަލައި އެ އިއުލާން ބާތިލު ކޮށް އަލުން 17 މޭ 2023 ގައި ވަނީ އިއުލާން ކޮށްފައެވެ. އެއިގެ ފަހުން އިއުލާނެއް ގެޒެޓް އިން ފެންނާން ނެތެވެ. އެހެންކަމުން އަދި އިމާރާތް ކުރުމަށް އިއުލާން ކުރެވޭނެ ދުވަހެއް ނޭންގެއެވެ.
    • މި މަސައްކަތުގައި ކުމުންދޫ ސިއްޙީ މަރުކަޒަށް 10 އެނދު އިތުރުވެގެން ދާއިރު އިތުރު އެމަރޖެންސީ ރޫމްގައި އިތުރު ދެ އެނދު ބެހެއްޓޭނެއެވެ. ރިސެޕްޝަނަކާއި އެއް ޑޮކްޓަރ ރޫމް އިތުރު ވާނެއެވެ. އަދި ޑްރެސިން ރޫމް އަކާއި ދެ ނަރުހުންގެ ސްޓޭޝަން އޯޕީޑީގައި ހިމެނޭނެއެވެ. ފީޑިން ރޫމް އަކާއި އެއް ޕްރައިވެޓް ރޫމް އެއްވެސް އިތުރުވެގެން ދެއެވެ. ވެހިކަލް ގަރާޖް އަކާއި ސްޓާފް ރޫމް އަކާއި ޕްރޭޔަރ ރޫމް އަކާއި ކޮންފަރެންސް ހޯލަކާއި މެއިންޓެނެންސް ވޯކްޝޮޕަކާއި ކުޑަ ކުދިން ކުޅޭ އޭރިއާއެއްވެސް ހިމެނެއެވެ. މި ހުރިހާ ތަނެއްވެސް މިހާރު ހުސްކޮށް އޮތް ބިމާއި މިހާރު ހުރި ގަރާޖް ހުރި ސަރައްޙައްދުގައި އެޅުމަށް ވަނީ ނިންމާފައެވެ.

އަލަށް ފަށާ

  • މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ހދ.ކުމުންދޫ މަލްޓި ޕާޕަސް ހޯލް އިމާރާތް ގާއިމުކުރުމަށް މިއަހަރު 1 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ނަމަވެސް މިއީ މިއަހަރު ނުވަތަ ކުރިއަށް އޮތް ދެ އަހަރުވެސް ނިމިދާނެ މަސައްކަތެއް ކަމާއި މެދު ޝައްކު އުފެދެއެވެ. އިމާރާތެއް އެޅުމަށް 1 މިލިއަން ރުފިޔާއިން ވާނެތޯއެވެ. ފަރުނީޗަރ ކޮބައި ބާއެވެ. ފިނިޝިން ނެތީ ބާއެވެ. މީގެ އިތުރުން އިއުލާނު ކުރެވި ކޮންޓްރެކްޓް ކުރެވިފައި ނުވާތީއެވެ. ޖެހިގެން އޮތް ދެ އަހަރަށްވެސް ބަޖެޓް ކޮށްފައި އޮތީ ކޮންމެ އަހަރަކު 2 މިލިއަން ރުފިޔާ އެވެ. ވުމާއި އެކު މިއީ ދިގު ދެމިގެން ދާނެ ޕްރެޖެކްޓެކެވެ.
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އަލަށް ފަށާ ޕްރެކްޖެކްޓް ތަކުގެ ތެރެއިން ހދ.ކުމުންދޫ މަގުހެދުމުގެ މަސައްކަތައް ވަނީ 1.5 މިލިއަން ރުފިޔާ މިއަހަރު ބަޖެޓް ކުރެވިފައެވެ.
    • އަންނަ އަހަރަށް 6 މިލިއަން އަދި 2026 އަށް 4 މިލިއަން ހިމަނާފައިވުމުން މިއީ 2025 ގައި ބޮޑަށް މަސައްކަތް ފެށިގެން ގޮސްދާނެ މަސެއްކަތެއް ކަމާއި މިއަހަރު އިއުލާން ކުރުމުގެ މަސައްކަތް ކުރެވިދާނެކަމަށް ބެލެވެއެވެ.
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އަލަށް ފަށާ ޕްރެކްޖެކްޓް ތަކުގެ ތެރެއިން ދެވަނައަށް ހދ.ކުމުންދޫ މޫދަށްއެރޭ ސަރަހައްދު ގާއިމުކުރުމުގެ މަސައްކަތައް ވަނީ 5 ލައްކަ ރުފިޔާ މިއަހަރު ބަޖެޓް ކުރެވިފައެވެ. އަންނަ އަހަރޔ 3.3 މިލިއަން ރުފިޔާގެ ބަޖެޓް އެއް އަދި 2026 އަށް 1.1 މިލިއަން ރުފިޔާގެ ބަޖެޓް އެއް އޮތުމުން ދޭހަވަނީ މި އީ ވެސް މިއަހަރު ފަހު ކޮޅު ނުވަތަ އަންނަ އަހަރު ކުރީ ކޮޅުގައި ނޫނީ ނުފެށޭނެ މަސައްކަތެއްގެ ގޮތުގައެވެ.
  • މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ހދ.ކުމުންދޫ ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ބަޖެޓް ކުރެވިފައިވައެވެ. ވުމާއި އެކު މިއީ އަލަށް ފަށަން ނިންމާފައިވާ ކަމެކެވެ. މި ޕްރޮޖެކްޓް އަށް 2024 ވަނަ އަހަރަށް ބަޖެޓް ކޮށްފައިވަނީ 1.5 މިލިއަން ރުފިޔާއެވެ.
    • 2025 ވަނަ އަހަރަށް އޮތީ 5 މިލިއަން ރުފިޔާއެވެ. 2026 ވަނަ އަހަރަށް 43 މިލިއަން ރުފިޔާ އޮތުމުން ދޭހަވަނީ މި މަސައްކަތަކީވެސް އަންނަ އަހަރު ފެށި ބޮޑެތީ މަސައްކަތްތައް 2026 ވަނަ އަހަރު ނޫނީ ނުކުރެވޭނެ މަސައްކަތެއް ކަމަށެވެ.

އެހެނިހެން

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކި ރަށްތަކުގެ ދަށުން ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ނަމުގައި އާރ.ޓީ.އެލް ފެރީ އަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަނަށް އެރުމަށް ފަސޭހަވާނެ ފަދަ ސިޑި ބަރިއެއް ހެދުން އެބައޮތެވެ. އެއްވެސް ބަޖެޓް އެއް އެންގެން ނެތް. ކޮންޓްރެކްޓް ކުރެވިފައިވާ ކަމުގައި ބަޖެޓްގައި ހިމެނިފައިވެއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ ފަރާތުން ކުނި މެނޭޖް ކުރުމަށް ޒޯން 1 ގެ ސަރަޙައްދީ ކުނި މެނޭޖު ކުރުން (އޮފިޑް ފޭސް 2) ނަމުގައި ޕްރޮޖެކްޓް އެއް ހިންގަމުން ދެއެވެ. ކައުންސިލް އިން މައުލޫމާތު ދިން ގޮތުގައި ޕްރޮޖެޓްގެ ކޮންޓްރެކްޓްގައި ސޮއި ކުރެވި ސަރަޙައްދު އެފަރާތާއި ހަވާލު ކުރެވިފައިވެއެވެ. އެއްވެސް ބަޖެޓް އެއް އެންގެން ނެތެވެ.

ކުމުންދޫ

ކުމުންދޫއަށް ޕީއެސް.އައި.ޕީ ޕްރޮޖެކްޓްސް ތެރެއިން މިއަހަރުގެ ބަޖެޓްއަކަށް ދީފައިވަނީ 23.8 މިލިއަން ރުފިޔާއެވެ. މިއީ 12 ޕްރޮޖެކްޓަކަށް ސަރުކާރުން ދޭން ނިންމާފައިވާ އަދަދުތަކެކެވެ. މީގެ އިތުރު ގިނަ ރަށްރަށުގައި ހިންގާ 3 ޕްރޮޖެކްޓްގެ އަގު ސަރުކާރުން ހާމަ ކޮށްފައެއް ނުވެއެވެ.  މި ހުރިހާ ޕްރޮޖެކްޓް ތަކަކީވެސް ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓް އިން ހިންގާ ޕްރޮޖެކްޓް ތަކެކެވެ.

ނިމިފައިވާ މަސައްކަތްތައް

  • މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ކުރިއަށް ގެންދިޔަ ހދ.ކުމުންދޫ ވޮލީކޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި މި އަހަރު ރިޓެންޝަން ފައިސާގެ 99 ހާސް ފައިސާ ދޫކުރުމަށް ނިންމާފައިވެއެވެ.ރިޓެންޝަން ފައިސާ މަސައްކަތުގެ އަގުގެ %5 ހިފެހެއްޓުމަށްފަހު މަސައްކަތް ނިމި ހަ މަސް ވުމުން ދެވޭ ފައިސާއެވެ. މިއީ ދިވެހި ރާއްޖޭގެ މާލިއްޔަތުގެ ޤާނޫނުން ވަކި އަދަދަކަށްވުރެ މަތީ ކޮންޓްރެކްޓް ތަކުގެ އަގުން އުނިކޮށް ފަހުން ޖަމާ ކުރުމަށް ލާޒިމް ކުރާ ފައިސާއެކެވެ.ކުމުންދޫ ކައުންސިލްގެ ފަރާތުން ފުރަތަމަ ކޮށްފައިވާ އިއުލާނެއް ފެންނަން އޮތީ 26 ފެބުރުވަރީ 2023 ގައެވެ. އެއީ ހދ.ކުމުންދޫގައި ތަރައްޤީކުރާ އައުޓްޑޯ ވޮލީކޯޓްގައި ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުމަށެވެ
    • . ވުމާއި އެކު މިއީ މިނިސްޓްރީގެ ކޮންޓްރެކްޓް ބާތިލު ކޮށް ކައުންސިލް މެދުވެރިކޮށް މަސައްކަތް ހަވާލު ކުރެވި ކައުންސިލްގެ ބެލުމުގެ ދަށުން ދެވަނަ ފަހަރަށް މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނެވެ. އެހެން ނަމަވެސް އެންމެ ފަރާތެއް ކުރިމަތި ލާފައިވާތީ އިއުލާން ބާތިލު ކޮށް 20 މާރިޗު 2023 ގައި އިއުލާނު ކުރެވި މަސައްކަތް ނިމިފައިވެއެވެ.މި ތަނުގެ ބޭނުން މިހާރުވެސް ކުމުންދޫގެ ރައްޔިތުން ބޭނުންކުރާކަމުގައި ވީނަމަވެސް ރަސްމީ ކޮށް ހުޅުވި ކަމުގެ ޚަބަރެއް ފެންނާކަށް ނެތެވެ.
    • މިނިސްޓްރީގެ ފަރާތުން ކޮށްފައިވާ އިއުލާނެއް ގެޒެޓް، ވެބްސައިޓްއިން ފެނިފައެއް ނުވެއެވެ.
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ކުރިއަށް ގެންދާ ހދ.ކުމުންދޫ ނެރު ހެދުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމުގައި ދޭހަވާ ބީދައިން ރިޓެންޝަން ފައިސާގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ނަމަވެސް އަދވެސް ކުރިން ބޭނުން ކުރަމުން އައި ނެރު ބެއްދުމަށްޓަކައި ހިލަ ޖެހިފައި ނުވެއެވެ. ރޭނގަޑު އައު ކަނޑިންމައިން ވަނުމަކީވެސް ނުރައްކާތެރި ކަމެއް ކަމުގައި ދެކެވެއެވެ. އެއީ އެސަރަޙައްދުގައި އަދިވެސް އެއްވެސް އަލިކަމެއް ނެތުމާއި އެކު ނެރުން ވަންނަން އަންނަން ޖެހެނީ ވަށާލާފައި ކަމުގައި ވާތީ ކުރިއަށް ވުރެ ސަމާލުވާން ޖެހެއެވެ. މިހާރުވެސް މަސައްކަތް ކުރަމުންދާ އިރު ރިޓެންޝަން އަށް ޖެހުމަކީ އެންމެ އެދެވޭ ކަމެއް ނޫނެއްނުންތޯއެވެ. ރިޓެންޝަންގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.
    • އިއުލާނެއް ފެނިފައެއް ނުވެއެވެ.

ހިނގަމުންދާ މަސައްކަތްތައް

  • މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ހދ.ކުމުންދޫ ސްކޫލް 12 ކްލާސްރޫމް އިމާރާތުގެ ބަޖެޓް އަކީ 3.4 މިލިއަން ރުފިޔާއެވެ. މަސައްކަތް ގާތް ގަނޑަކަށް ނިމިފައި ވުމުން އަންނަ އަހަރަށް ބަޖެޓް ކޮށްފައިވާ 3.9 މިލިއަން ރުފިޔާ އަކީ ރިޓެންޝަން ފައިސާގެ ގޮތުގައި ބެލެވެއެވެ. މި މަސައްކަތައް އިއުލާން ކުރެވުނީ 30 އޮގަސްޓް 2021 ގައެވެ.
  • މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ހދ.ކުމުންދޫ ޒުވާނުންގެ މަރުކަޒު ގާއިމުކުރުމުގެ މަސައްކަތަކީ ހިނގަމުންދާ މަސެއްކަތެއް ކަމާއި އެމަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް ލަފާކޮށްފައި މިއަހަރުގެ ބަޖެޓް ކޮށްފައިވެއެވެ. މަސައްކަތާއި ގުޅޭގޮތުން އެހުމުން ސަރަޙައްދެއް ކަމުގައި ކައުންސިލް އިން މިހާރުގެ އައުޓްޑޯ ޖިމް ކައިރި ދީފައިވާނެކަމުގައި ދެންނެވިއެވެ. މިއީ 1.1 މިލިއަން މިއަހަރުގެ ބަޖެޓް އިން ހޭދަ ކުރާ ޕްރޮޖެކްޓެކެވެ. އަންނަ އަހަރު 2 ލައްކަ ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 70 ހާސް ރުފިޔާ ޚަރަދު ވާނެކަމަށް ލަފާ ކުރާތީ މިއީ 2026 ވަނަ އަހުރު އެންމެ ލަސްވެގެން ހުޅުވޭނެ ކަމަށް ލަފާ ކޮށް އަދި 2025 ވަނައަހަރު ކުރީ ކޮޅުގައި ނިމޭނެ ކަމަށް އަންދާޒާ ޕްރޮޖެކްޓް އެއްކަމަށް ހިސާބުތަކުން ދައްކައެވެ. މި ޕްރޮޖެކްޓް އަށް ފުރަތަމަ އިއުލާން ކޮށްފައިވަނީ 11 ޖަނަވަރީ 2023 ގައެވެ.
  • މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދެވަނަ ޕްރޮޖެކްޓް އެއްގެ ގޮތުގައި އޮތީ ހދ.ކުމުންދޫ ޓާރފް ދަނޑު ތަރައްގީކުރުމެވެ. މިއީ މިއަހަރު 1.2 މިލިއަން ޚަރަދު ކުރެވޭ މަސައްކަތެކެވެ. އަންނަ އަހަރު 9 ލައްކަ އަދި 2026 ގައި 2 ލައްކަ ރުފިޔާ ބަޖެޓް ކުރެވުމުން މިއީ 2025 ވަނަ އަހަރަށް ނިންމަށް އޮތް މަސައްކަތެކެވެ. ނަމަވެސް މަސައްކަތުގެ ދުވެލި ހުރި ސްޕީޑް އިން މިއަހަރު ނިމޭނީ ހަމައެކަނި ސަބްބޭސް އެކަނި އެވެ. އަދި ޓާފް ގަތުމާއި ޓާފް އެޅުން އެއީ ވަކި މަސައްކަތެކެވެ.
    • މިއީ 344 ފޫޓް 6 އިންޗީގެ ބޮޑު ދަނޑެއްގެ މިނައް ދަނޑު ކުރުހޭ ވަރަށް ކުރާ މަސައްކަތެކެވެ. މި މަސައްކަތައް އިއުލާނު ކުރެވުނީ 25 ޖަނަވަރީ 2023 ގައެވެ.
    • މި މަސައްކަތް ހަވާލު ކުރިކަމަށް މިނިސްޓްރީ އޮފް ސްޕޯޓް ވެބްސައިޓްގައި ވަނީ 23 މެއި 2023 ގައި އާރު.ޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް 2.8 މިލިއަން (2,843,113) ރުފިޔާއަށެވެ. މިއީ މަސައްކަތް ފަށާތާ ދުވަސް 60 ދުވަސް ތެރޭ ނިންމުމަށް ހަވާލުކުރެވުނު ޕްރޮޖެކްޓެކެވެ. ވުމާއި އެކު މިނިސްޓްރީގެ ވެބްސައިޓް އިން ދައްކާ ގޮތުގައޮ 14 ޖުލައި 2023 އަށް މުއްދަތު ހަމަވެފައިވާ ޕްރޮޖެކްޓެކެވެ. އެއިގެ ފަހުން 9 މަހާއި ގާތް ވީއިރުވެސް މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ.
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ގޮތުގައި ހދ.ކުމުންދޫ ބަނދަރު ތަރައްގީކުރުން – ފޭސް 2 ގެ މަސަކަތް ކުރިއަށް އެބަދެއެވެ. އެއީ 3.7 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.
    • 2025 އަށް އޮތީ 2.8 މިލިއަން ރުފިޔާ އަދި 2026 އަށް 5 ލައްކަ ރުފިޔާ އެވެ.
    • ވުމާއި އެކު ޖުމްލަ މިތިން އަހަރު ދައްކާން ނިންމާފައިވާ ފައިސާއަކީ 7.1 މިލިއަން ރުފިޔާއެވެ.
    • ޑިޒައިން ކުރުމާއި ގުޅޭ ލިއުމެއް ފިނޭންސްގެ ޕްރޮކިއުމެންޓް އިން ފެނިފައިވަނީ 19 ޑިސެމްބަރ 2023 ގައި ސީދާ ވަކި ބަޔަކަށް ދީފައިވާ ކަމެވެ.
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ހދ.ކުމުންދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މިއަހަރުވެސް 7.8 މިލިއަން ރުފިޔާ ޚަރަދުވެގެން ދާނެއެވެ.
    • ޖެހިގެން އަންނަ އަހަރު 6 މިލިއަން އަދި 2026 ގައި 10 މިލިއަން ރުފިޔާގެ ބަޖެޓެއް އޮތް ޕްރޮޖެކްޓެކެވެ.
    • މިކަމާއި ގުޅޭ މައުލޫމާތެއް މިނިސްޓްރީ ވެބްސައިޓްއިން ނުފެނުނެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ ފަރާތުން އާރޯ ޕްލާންޓް އަފި ސްޓޯރޭޖް ޓޭންކް ޤާއިމް ކުރުމުގެ މަސައްކަތުގެ އިއުލާނެއް 2 މެއި 2017 ގައި ކޮށްފައިވެއެވެ އަދި 27 ފެބްރުއަރީ 2018 ގައި ކޮށްފައިވެއެވެ. ގެޒެޓް އިންވެސް ފެންނަށް އެބަ ހުއްޓެވެ. 19 ނޮވެމްބަރ 2015 ގައި ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތެއްގެ އިއުލާނެއްވެސް ކޮށްފައިވެއެވެ.

ޕްރީ ޓެންޑަރިންގ މަސައްކަތްތައް

  • ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ހދ.ކުމުންދޫ ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. ނަމަވެސް މިއީ މިއަހަރަށް 3 ލައްކަ ރުފިޔާ ބަޖެޓް ކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތުގެ ފުރަތަމަ އިއުލާން ކުރެވުނީ 20 އޭޕްރިލް 2023 ގައެވެ. އެއީ އައު އިމާރާތް ޑިޒައިންކޮށް، އިމާރާތުގެ ކުރެހުމާއި ބީ.އޯ.ކިއު ތައްޔާރުކުރުމަށެވެ. ނަމަވެސް ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑު ކަމަށް ބަލައި އެ އިއުލާން ބާތިލު ކޮށް އަލުން 17 މޭ 2023 ގައި ވަނީ އިއުލާން ކޮށްފައެވެ. އެއިގެ ފަހުން އިއުލާނެއް ގެޒެޓް އިން ފެންނާން ނެތެވެ. އެހެންކަމުން އަދި އިމާރާތް ކުރުމަށް އިއުލާން ކުރެވޭނެ ދުވަހެއް ނޭންގެއެވެ.
    • މި މަސައްކަތުގައި ކުމުންދޫ ސިއްޙީ މަރުކަޒަށް 10 އެނދު އިތުރުވެގެން ދާއިރު އިތުރު އެމަރޖެންސީ ރޫމްގައި އިތުރު ދެ އެނދު ބެހެއްޓޭނެއެވެ. ރިސެޕްޝަނަކާއި އެއް ޑޮކްޓަރ ރޫމް އިތުރު ވާނެއެވެ. އަދި ޑްރެސިން ރޫމް އަކާއި ދެ ނަރުހުންގެ ސްޓޭޝަން އޯޕީޑީގައި ހިމެނޭނެއެވެ. ފީޑިން ރޫމް އަކާއި އެއް ޕްރައިވެޓް ރޫމް އެއްވެސް އިތުރުވެގެން ދެއެވެ. ވެހިކަލް ގަރާޖް އަކާއި ސްޓާފް ރޫމް އަކާއި ޕްރޭޔަރ ރޫމް އަކާއި ކޮންފަރެންސް ހޯލަކާއި މެއިންޓެނެންސް ވޯކްޝޮޕަކާއި ކުޑަ ކުދިން ކުޅޭ އޭރިއާއެއްވެސް ހިމެނެއެވެ. މި ހުރިހާ ތަނެއްވެސް މިހާރު ހުސްކޮށް އޮތް ބިމާއި މިހާރު ހުރި ގަރާޖް ހުރި ސަރައްޙައްދުގައި އެޅުމަށް ވަނީ ނިންމާފައެވެ.

އަލަށް ފަށާ

  • މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ހދ.ކުމުންދޫ މަލްޓި ޕާޕަސް ހޯލް އިމާރާތް ގާއިމުކުރުމަށް މިއަހަރު 1 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ނަމަވެސް މިއީ މިއަހަރު ނުވަތަ ކުރިއަށް އޮތް ދެ އަހަރުވެސް ނިމިދާނެ މަސައްކަތެއް ކަމާއި މެދު ޝައްކު އުފެދެއެވެ. އިމާރާތެއް އެޅުމަށް 1 މިލިއަން ރުފިޔާއިން ވާނެތޯއެވެ. ފަރުނީޗަރ ކޮބައި ބާއެވެ. ފިނިޝިން ނެތީ ބާއެވެ. މީގެ އިތުރުން އިއުލާނު ކުރެވި ކޮންޓްރެކްޓް ކުރެވިފައި ނުވާތީއެވެ. ޖެހިގެން އޮތް ދެ އަހަރަށްވެސް ބަޖެޓް ކޮށްފައި އޮތީ ކޮންމެ އަހަރަކު 2 މިލިއަން ރުފިޔާ އެވެ. ވުމާއި އެކު މިއީ ދިގު ދެމިގެން ދާނެ ޕްރެޖެކްޓެކެވެ.
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އަލަށް ފަށާ ޕްރެކްޖެކްޓް ތަކުގެ ތެރެއިން ހދ.ކުމުންދޫ މަގުހެދުމުގެ މަސައްކަތައް ވަނީ 1.5 މިލިއަން ރުފިޔާ މިއަހަރު ބަޖެޓް ކުރެވިފައެވެ.
    • އަންނަ އަހަރަށް 6 މިލިއަން އަދި 2026 އަށް 4 މިލިއަން ހިމަނާފައިވުމުން މިއީ 2025 ގައި ބޮޑަށް މަސައްކަތް ފެށިގެން ގޮސްދާނެ މަސެއްކަތެއް ކަމާއި މިއަހަރު އިއުލާން ކުރުމުގެ މަސައްކަތް ކުރެވިދާނެކަމަށް ބެލެވެއެވެ.
  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އަލަށް ފަށާ ޕްރެކްޖެކްޓް ތަކުގެ ތެރެއިން ދެވަނައަށް ހދ.ކުމުންދޫ މޫދަށްއެރޭ ސަރަހައްދު ގާއިމުކުރުމުގެ މަސައްކަތައް ވަނީ 5 ލައްކަ ރުފިޔާ މިއަހަރު ބަޖެޓް ކުރެވިފައެވެ. އަންނަ އަހަރޔ 3.3 މިލިއަން ރުފިޔާގެ ބަޖެޓް އެއް އަދި 2026 އަށް 1.1 މިލިއަން ރުފިޔާގެ ބަޖެޓް އެއް އޮތުމުން ދޭހަވަނީ މި އީ ވެސް މިއަހަރު ފަހު ކޮޅު ނުވަތަ އަންނަ އަހަރު ކުރީ ކޮޅުގައި ނޫނީ ނުފެށޭނެ މަސައްކަތެއްގެ ގޮތުގައެވެ.
  • މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ހދ.ކުމުންދޫ ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް ބަޖެޓް ކުރެވިފައިވައެވެ. ވުމާއި އެކު މިއީ އަލަށް ފަށަން ނިންމާފައިވާ ކަމެކެވެ. މި ޕްރޮޖެކްޓް އަށް 2024 ވަނަ އަހަރަށް ބަޖެޓް ކޮށްފައިވަނީ 1.5 މިލިއަން ރުފިޔާއެވެ.
    • 2025 ވަނަ އަހަރަށް އޮތީ 5 މިލިއަން ރުފިޔާއެވެ. 2026 ވަނަ އަހަރަށް 43 މިލިއަން ރުފިޔާ އޮތުމުން ދޭހަވަނީ މި މަސައްކަތަކީވެސް އަންނަ އަހަރު ފެށި ބޮޑެތީ މަސައްކަތްތައް 2026 ވަނަ އަހަރު ނޫނީ ނުކުރެވޭނެ މަސައްކަތެއް ކަމަށެވެ.

އެހެނިހެން

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކި ރަށްތަކުގެ ދަށުން ހައިސްޕީޑް ފެރީ ނެޓްވާކްގެ އެކްސެސް އިމްޕްރޫވްމަންޓް ޕްލެޓްފޯމް ނަމުގައި އާރ.ޓީ.އެލް ފެރީ އަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަނަށް އެރުމަށް ފަސޭހަވާނެ ފަދަ ސިޑި ބަރިއެއް ހެދުން އެބައޮތެވެ. އެއްވެސް ބަޖެޓް އެއް އެންގެން ނެތް. ކޮންޓްރެކްޓް ކުރެވިފައިވާ ކަމުގައި ބަޖެޓްގައި ހިމެނިފައިވެއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ ފަރާތުން ކުނި މެނޭޖް ކުރުމަށް ޒޯން 1 ގެ ސަރަޙައްދީ ކުނި މެނޭޖު ކުރުން (އޮފިޑް ފޭސް 2) ނަމުގައި ޕްރޮޖެކްޓް އެއް ހިންގަމުން ދެއެވެ. ކައުންސިލް އިން މައުލޫމާތު ދިން ގޮތުގައި ޕްރޮޖެޓްގެ ކޮންޓްރެކްޓްގައި ސޮއި ކުރެވި ސަރަޙައްދު އެފަރާތާއި ހަވާލު ކުރެވިފައިވެއެވެ. އެއްވެސް ބަޖެޓް އެއް އެންގެން ނެތެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ ގެ ފަރާތުން ޕްރިޕެއަރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނެބަލް އެނާރޖީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް ހިނގުމުންދެއެވެ. އެއްވެސް ބަޖެޓް އެއް އެންގެން ނެތެވެ.

Shopping Cart
Scroll to Top