2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ކުމުންދޫ – 4

ޚާއްސަ ބަޖެޓް

ޚާއްސަ ބަޖެޓްގެ ނަމުގައި 13.5 ބިލިއަން ރުފިޔާ އޮފީސް ތަކުގެ ބަޖެޓްގެ އިތުރުން އެކި އެކި އޮފީސްތަކަށް ދެވިގެން ދެއެވެ.

އޮފީސް

މަޖިލިސް

މަޖިލީހުން ޕޭހާމަނައިޒޭޝަންގެ ނަމުގައި ރައްޔިތުންގެ މެދުގައި އެޅުވީ އަނދުނެކެވެ. ޚާއްސަ ބަޖެޓްގައި 500 މިލިއަން ރުފިޔާ ހިމަނައި މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދިނުމަށޭ އަޑުތައް ފެތުރުނެވެ. އެހެންނަމަވެސް މީގެ ފައިދާ ސިވިލް ސާރވިސް މުވައްޒަފުންނަށް ނުކުރެއެވެ. މިނިމަމް ވޭޖް އާއި ސްޕެޝަލް ޑިއުޓީ އެލަވަންސް ސިވިލްސާރވިސް މުވައްޒަފުންނަށް ލިބުމުން އަވަސް އަވަހައް ސިޔާސީ މީހުންގެ މުސާރަ މަޖިލީހުން ފާސްކޮށްލީއެވެ. އެހިސާބުން މުވައްޒަފުންގެ މުސާރަ ބޮޑު ވީ ތޯއެވެ. ސިވިލް ސާރވިސް މުވައްޒަފުންގެ ތެރެއިން އޮނިގަނޑު ނެތް އެޑްމިން މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންވެސް ނުލިބެއެވެ. މި މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ތައްޔާރު ކުރަން ޤާނޫނުން މަތިކޮށްފައި އޮތް މުވައްސަސާ އޮތީ ނިދާފައެވެ.

މާލެ

މާލޭގެ ހިޔާ ފްލެޓަށް ލިފްޓް ހަރުކުރުމަށް 200 މިލިއަން ރުފިޔާ ޚަރަދު ކުރަން މުއިއްޒު ނިންމުމުން އެއީ އާއްމު ރަށެއްގެ ކައުންސިލް ބަޖެޓްގެ 20 އަހަރު ދުވަހުގެ ބަޖެޓާއިވެސް ނުބައްދަލު އަދަދެކެވެ. ރާއްޖޭގެ ހަމައެކަނި ބޮޑެތި ޕްރޮޖެކްޓްތައް ބާރުމިނުގައި ގެންދަންވީ މާލޭގައިތޯއެވެ. ހިޔާ ފްލެޓް ތަކުގެ ކުލި ކުޑަ ކޮށްގެން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން ސަބްސިޑީ އެޗްޑީސީ އަށް ދޭއިރުވެސް އަދިވެސް ނުބައްދަލު ޚަރަދުތައް ކުރަނީއެވެ.

ސިޔާސީ ފަރާތްތައް

ރައީސް

ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް އަހަރަކު 19.7 މިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް ލަފާކުރާއިރު ވިސްނާލަން ޖެހޭ ކަމަކީ މިއީ ހަމަ ދައުލަތުން މުޅި އުމުރަށް ބަލަޙައްޓަން ޖެހޭ ބައެއްކަމެވެ. ކޮންމެ ފަސް އަހަރަކުން ވެރިއަކު އިތުރުވާއިރު:

މައުމޫނަށް ލިބޭ 3.6 މިލިއަން ރުފިޔާ އިން 3.3 މިލިއަން ރުފިޔާ މައުމޫން ވަނީ 2022 ގައި ނަގާފައެވެ. މީގެ އިތުރުން ބޭސްފަރުވާއަށް އިތުރު 8 ލައްކަ ރުފިޔާ ޚަރަދު ކުރިއެވެ. ނަޝީދަށް ލިބޭ 3.3 މިލިއަން ރުފިޔާއިން 2.1 މިލިއަން ރުފިޔާ 2022 ވަނަ އަހަރު ނަގާފައިވާއިރު ނަޝީދު ވެރިކަން ކުރީމައި ލިބޭ ފައިސާ އާއި ލިވިންގް އެލަވަންސް ނުނަގައެވެ. ނަގަނީ އޮފީސް ހިންގުމުގެ ޚަރަދެވެ. ނަޝިދު ވަނީ 6 ލައްކަ ރުފިޔާގެ ބޭސްފަރުވާވެސް ކޮށްފައެވެ. މީގެ އިތުރުން ޔާމީން އަށްވެސް ލިބޭ 3.3 މިލިއަން ރުފިޔާއިން ނަންގަވަނީ 1.1 މިލިއަން ރުފިޔާއެވެ. އެއީ ލިވިން އެލަވަންސްއާއި ވެރިކަން ކުރުމުން ލިބޭ އެލަވެންސްއެވެ. އޮފީސް ހިންގުމުގެ އެލަވެންސް ނުނަގައެވެ.

މީގެ އިތުރުން މިއަހަރު ސޯލިހު އަށްވެސް 3.3 މިލިއަން ރުފިޔާ ލިބިލައްވާނެއެވެ.

ވަހީދު ދައުރު މެދުތެރެއިން ވެރިކަމާއި ހަވާލުވީ ނަމަވެސް ނަޝީދު އަދި ޔާމިން ނަންގަވާ ވަރަށް ވުރެ އިތުރަށް ނަންގަވައެވެ. އޭނާއަށް ލިބޭ 2.7 މިލިއަން ރުފިޔާ އެއްކޮށް ނަންގަވާކަން ފާހަގަ ކޮށްލެވެއެވެ.

މިނިސްޓަރުން

މިނިސްޓަރުންގެ އިންޝިއުރެންސް ދައްކަދޭންވެސް ޖެހެއެވެ. އަމިއްލަ ނުވަތަ ސިވިލް މުވައްޒަފުންނަށް މި އިންޝިއުރެންސް ސްކީމް ނުލިބޭއިރު މި ސްކީމަށް މިނިސްޓަރުންނަށް 2.2 މިލިއަން ރުފިޔާ ހަރަދު ކުރެއެވެ. ބައެއް މުވައްސަސާތަކުގައި މުވައްޒަފުންނަށް އާސަންދަ ފިޔަވައި އިންޝިއުރެންސް ލިބެއެވެ.

ޕާޓީތައް

ޕާޓީތަކަށް 44 މިލިއަން ރުފިޔާ ދޭން ޖެހެއެވެ. ޕާޓީތައްވެސް ހިންގަންވަނީ ސަރުކާރުންނެވެ. އެއީ ބަޖެޓްގެ 0.1 ޕަސެންޓްއެވެ. ވުމާއި އެކު އެއީވެސް ސަރުކާރުގެ އިދާރާއެއް ކަމުގައި ބެލެވިދާނެއެވެ. އެގޮތުގެ މަތީން ސަރުކާރުން ފައިސާ ދެމުން ގެންދާތީ މައުލޫމާތު ހާމަކުރުމުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނުންވެސް އެމް.ޑީ.ޕީ އަށް ބައެއް މައުލޫމާތު ހާމަކުރަން ވަނީ އަންގާފައެވެ.

ކުންފުނި

ބައެއް ކުންފުނި ތަކަކީ ސަރުކާރަށް ފައިދާ ނުލިބޭ އިރު އެކުންފުނިތަކުގެ ހިންގުމަށްޓަކައި އެތަކެއް ހޭދައެއް ކުރަންޖެހޭ ކުންފުނިތަކެކެވެ. މިގޮތުގެ މަތީން ފިއުލް ހެޖިންގެ ނަމުގައި 300 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ވަނީ ނިންމާފައެވެ. މިއީ ސަރުކާރުން ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކުން ޤައުމަށް ދިމާވާ ގެއްލުންތައް ކުޑަކޮށް އަގު ހިފެހެއްޓުމަށްޓަކައި ކުރާ މަސައްކަތެކެވެ.

ފެނަކަ

ކުންފުނި އަކަށް ނުވިނަމަވެސް ފެނަކަ ކޯޕަރޭޝަނަކީ ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކުރާ ކުންފުންޏެކެވެ.

ފެނަކައަށް އަދިވެސް ސަބްސިޑީގެ ގޮތުގައި 158 މިލިއަން ރުފިޔާ ދެވިގެން ދެއެވެ. މީގެ އިތުރުން ކަރަންޓް އަގު ހެޔޮކުރުމުގެ ނަމުގައި އަދި 453 މިލިއަން ރުފިޔާ ފެނަކައަށް ދޭންޖެހެއެވެ. އަދި ރައްޔިތުންނަށް ފޯރުކޮށްދޭ ނަރުދަމާގެ ހިދުމަތުން ލިބޭ ގެއްލުން ކުޑަކުރުމަށް 139 މިލިއަން ރުފިޔާ ސަބްސިޑީއެއްގެ ގޮތުގައި ދެވިގެން ދެއެވެ. އެކި އެކި ކެޕިޓަލް ހޯދުމަށް 16.5 މިލިއަން ރުފިޔާ ވެސް ދެއެވެ.

766 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ އެކި އެކި ނަންނަމުގައ ފެނަކަ އަށް ދެވިގެން ދާއިރު ރައްޔިތުންގެ އަތުން ނެގޭ ކަރަންޓާއި ފެނާއި ނަރުދަމާގެ ބިލު މަހުން މަހުން ބޮޑުވެގެން އަންނަ އިރު ފެނަކަ އަށް މިގޮތަށް ވަންނަ ފައިސާއިން ފައިދާ އެއް ނުވަނީ ބާއެވެ.

އެމް.ޓީ.ސީ.ސީ

އެމް.ޓީ.ސީ.ސީ އިން ބަހާއި ފެރީ ނިޒާމު އަގު ހެޔޮކުރަން 545 މިލިއަން ރުފިޔާ ޚަރަދު ކުރަންޖެހެއެވެ. ވުމާއި އެކު ކޮށްލަންޖެހޭ ސުވާލަކީ ސަރުކާރު ދަރައިގެންވެސް އެހާ އަގު ހެޔޮކޮށް ބަހާއި ފެރީ ދުއްވަން އެބަޖެހޭބާއެވެ. މި އަކީ ރައްރަށުގެ ތަރައްޤީއަށް ކުރެވެން ހުރި އެތަކެއް ޕްރޮޖެކްޓް ތަކެއްގެ ފައިސާއެވެ. އެހާ ބޮޑަށް ކުންފުނި އަށް ގެއްލުމުގައި ރައްޔިތު މީހާ އަށް ސަރުކާރާއި ނުލައި ޚިދުމަތް ފޯރު ނުކޮށްދެވޭ އިރުވެސް މިކަން ކަން ކުރަން ޖެހޭ ހެއްޔެވެ.

ސްޓެލްކޯ

ކަރަންޓް އަގު ހެޔޮކުރުމުގެ ނަމުގައި އަދި 114 މިލިއަން ރުފިޔާ ދޭންޖެހޭ ކުންފުންޏެކެވެ. މިއީ ވެސް ހަމަ ސަރުކާރުން ކަރަންޓް އަގު ހެޔޮ ކުރުމަށް ފެނަކައަށް ދިނުމަށް ފަހު އަދި ފިއުލް ހެޖިންގެ ޕްރޮޖެކްޓް އަށް ފަހު ދޭންޖެހޭ ފައިސާއެވެ.

އެސް.ޓީ.އޯ

މިއީވެސް ފޫނެއް ފަޔަށް ފެންފުރާން ޖެހޭ ކުންފުންޏެކެވެ. ކާޑުގެ އަގު ހެޔޮކުރުމަށް 171 މިލިއަން ރުފިޔާ ދީގެންވެސް ކާޑުގެ އަގު އަންނަނީ ދުވަހުން ދުވަހަށް ބޮޑުވަމުންނެވެ.  މިއީ ރާއްޖޭގެ 2022 ގެ އާބާދީ އަށް ބަލާނަމަ ބޮލަކަށް 37.24 ރުފިޔާގެ ސަބްބިޑީއެކެވެ. ރާއްޖޭގެ ރައްޔިގުންގެ އެންމެން އަށް މީގެން އަގު ހެޔޮވަނީ މިހާކަށްވަރަށެވެ

އެހެން ކުންފުނިތަކަށް ތެޔޮ ވިއްކައި ރަށްރަށުގައި ކަރަންޓް ދިނުމަށް ތެޔޮ އެތެރެ ކުރާ އެސް.ޓީ.އޯ އަށް ތެޔޮ އަގު ހެޔޮކުރުމަށް 772 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ. މިއީ ކުރިން ބުނެވިދިޔަ ކަންކަން ކުރުމުގެ ކުރީންނެވެ.

މިފްކޯ

ދެން ވެސް އޮތީ ހަމަ އެފަދަ ކުންފުންޏެކެވެ. މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ ކަނޑުމަހުގެ އަގު ހިފެހެއްޓުމަށް 413 މިލިއަން ރުފިޔާ ދޭންޖެހެވެ. މިފައިސާ މިފްކޯއަށް ނުދޭ ނަމަ މަހުގެ އަގު ދައްވާނެ ވާހަކަ ގަދައަށް ދެކެވެއެވެ. ނަމަވެސް މަސް އޮޑިތަކަށް އަޅާނެ ތެލަކީވެސް ސަރުކާރުން އެސްޓީއޯއަށް ސަބްސިޑައިޒް ކޮށްފައިވާ ތެލެކެވެ. މިއީ އަނެއްކާވެސް ރާއްޖޭގެ މަސްވެރިންނަށް ސަރުކާރުން ދޭ ފައިސާއެވެ. އެހެން ކަމުން ކުރަންޖެހޭ ސުވާލަކީ ދަނޑުވެރިކަމުގެ ސިނާއަތް ކޮބައި ތޯއެވެ. އެ ސަބްސިޑީ ދޭނެ ކުންފުންޏެއް ނެތީ ތޯއެވެ.

އެޗްޑީސީ

ރާއްޖޭގެ ޚާއްސަކޮށް ހުޅުމާލެ ބަރޯސާވަނީ އެޗް.ޑީ.ސީ އަށެވެ. ނަމަވެސް މިއީވެސް ސަރުކާރުން އަދިވެސް ބަލަހައްޓަން ޖެހޭ ބައެކެވެ. ޚާއްސަ އިނާޔަތުގެ ތެރެއިން އިޖުތިމާޢީ ބޯހިޔާވަހިކަމުގެ އަގު ހެޔޮކުރުމަށް 177 މިލިއަންރުފިޔާ ނުދީ އަގު ހެޔޮ ނުކުރެވެއެވެ. ވުމާއި އެކު ކޮންމެ އަހަރަކު ސަރުކާރުން އަގު ހެޔޮ ކުރަން ވައުދުވާ ވަރަކަށް ސަރުކާރުން ލޯނު ނަގައިގެންވެސް މި ޚަރަދު އެޗް.ޑީ.ސީ އަށް ދޭން މަޖުބޫރުވާނެއެވެ. އަދި ނިމުނީ ކީ ނޫނެވެ. ކެޕިޓަލް ހޯދުމަށް 401 މިލިއަން ރުފިޔާ ވެސް ދޭންޖެހެއެވެ.

މިނިސްޓްރީ

މިނިސްޓްރީ ތަކުގައި ބޭނުންކުރާ އެކައުންޓިން ސޮފްޓްވެއަރ ހޯދުމަށް 100 މިލިއަން ރުފިޔާ ޚަރަދު ކުރަން ނިންމާފައިވެއެވެ. ސޮފްޓްވެއަރ އެއް ތަރައްޤީ ކޮށްލުމަށް ބޭނުންވާ ފައިސާ އަކީ ރަށެއްގެ ކައުންސިލެއްގެ 11 އަހަރުގެ ބަޖެޓެވެ.

20242023ޚާއްސަ ބަޖެޓުގެ ތަފުސީލު
14,580,526,80813,700,286,910ޖުމުލަ
730,840,000ސަރުކާރުގެ އައު ސިޔާސަތުތައް
500,000,000ޕޭ ހާރމަނައިޒުކުރުމަށާއި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔާތްތަކުގެ މުރާޖަޢާކުރުން
200,000,000ހިޔާ ފްލެޓް ޓަވަރުތަކުގައި ލިފްޓް ހަރުކުރުން
30,840,000ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ކޮންސަލްޓަންސީ
19,700,00010,465,593ކުރީގެ ރައީސުންނަށް ދޭ އިނާޔަތް
2,700,0001,125,000ކުރީގެ ރައީސުންނަށް ލިބޭ ފައިސާގެ އިނާޔަތް
900,000900,000ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބުދުލް ޤައްޔޫމް
600,000ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު
600,000225,000ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް
600,000ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު
3,000,0001,350,000ކުރީގެ ރައީސުންނަށް ލިބޭ ލިވިންގ އެލަވަންސް
600,000600,000ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބުދުލް ޤައްޔޫމް
600,000ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު
600,000600,000ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ވަހީދު ޙަސަން މަނިކު
600,000150,000ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް
600,000ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު
10,500,0006,825,000ކުރީގެ ރައީސުންނަށް އޮފީސް ހިންގުމަށް ދޭ ފައިސާ
2,100,0002,100,000ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބުދުލް ޤައްޔޫމް
2,100,0002,100,000ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު
2,100,0002,100,000ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ވަހީދު ޙަސަން މަނިކު
2,100,000525,000ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް
2,100,000ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު
3,500,0001,165,593ކުރީގެ ރައީސުންނަށް ބޭސްފަރުވާ ކުރުމަށް ދޭ ފައިސާ
700,0001,165,593ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބުދުލް ޤައްޔޫމް
700,000ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު
700,000ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ވަހީދު ޙަސަން މަނިކު
700,000ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް
700,000ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު
617,033,908217,903,889ދައުލަތުގެ މުއައްސަސާތަކުގެ ޔޫޓިލިޓީ އަދި އާންމު ޚަރަދު
9,000,0008,930,426ދައުލަތުގެ މުއައްސަސާތަކުގެ ކަރަންޓު ބިލު ދެއްކުން
250,000250,000ދައުލަތުގެ މުއައްސަސާތަކުގެ ފެން ބިލު ދެއްކުން
2,200,0002,200,000ދައުލަތުގެ މިނިސްޓަރުންގެ ހެލްތް އިންޝުއަރެންސް
300,000,000ފިއުލް ހެޖިންގ
10,000,0005,000,000ދައުލަތުގެ ފަރާތުން ހަޔަރކުރެވޭ ލޯޔަރުންގެ ޚަރަދުތަށް ހަމަޖެއްސުމަށް
2,842,0002,842,000ޕީ.އޯ.އެސް ޓާރމިނަލް ފީ އަދި ޕޭމަންޓް ގޭޓްވޭ ފީ
20,000,0007,230,008ބޭންކްޗާރޖާއި ކޮމިޝަން
5,752,6485,752,648އެސް.އޭ.ޕީ ސިސްޓަމުގެ ލައިސަންސް ގަތުން
2,359,2602,359,260ކްރެޑިޓް ރޭޓިންގ ފިސްކަލް އެޖެންޓް ފީ
430,000429,815ބްލޫމްބަރގް ޕޯޓަލް އަހަރީ ފީ
154,200,000154,200,000މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
100,000,000ޕަބްލިކް އެކައުންޓިންގ ސިސްޓަމް SAP S/4 HANA އަށް ބަދަލުކުރުން
10,000,000709,732ދައުލަތަށް ބޭނުންވާ ވެހިކަލްސް ހޯދުން
27,000,000ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ބިން ގަތުން
1,000,000އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
85,099,90526,844,949ބަޖެޓުގެ ބޭރުން ހިންގާ މުއައްސަސާތަކަށް ފައިސާ ދޫކުރުން
20,000,000މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ
15,000,00015,000,000ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
3,000,0007,000,000މޯލްޑިވްސް ބާ ކައުންސިލް
3,000,0004,844,949އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
44,099,905ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީ ތަކަށް ދައްކަންޖެހޭ 0.1 %
238,170,28682,059,207އެސްއޯއީތައް މެދުވެރިކޮށް ޕަބްލިކް ސަރވިސް ދިނުން
80,000,00082,059,207ޕީ.އެސް.އެމް ހިންގުމުގެ ޚަރަދު
މިފްކޯ – އައިސް ޕްލާންޓް އެޅުން
158,170,286ސަބްސިޑީ ކުރަމުންދާ މުއްދަތުގައި ކޭޝްފްލޯ ހަމަޖެއްސުން
ސަބްސިޑީ ކުރަމުންދާ މުއްދަތުގައި ކޭޝްފްލޯ ހަމަޖެއްސުން
7,446,465,1046,958,100,566އިންޓަރެސްޓް ޚަރަދުތަކާއި ދަރަނި އަނބުރާ ދެއްކުން
320,020,000432,000,000ޓްރެޜަރީ ބޮންޑް (އެމް.އެމް.އޭ)
1,300,00014,700,000ޑޮމެސްޓިކް
854,056,000852,844,000ބޭރުގެ ބޮންޑް ހޯލްޑަރ
992,662,500456,817,500ޕައިޕްލައިން ސެކިއުރިޓީޒް
199,475,000162,206,000މަލްޓިލެޓްރަލް
66,155,00054,237,000ބައިލެޓްރަލް
315,827,000240,683,000ބަޔަރސް ކްރެޑިޓް
31,263,542ޕައިޕްލައިން ލޯނު
128,169,000154,126,000ޕްރައިވެޓް
އެހެނިހެން މާލީ ކޯޕަރޭޝަންތައް
536,410,000510,700,000ފިކްސްޑް ކޫޕަން ބޮންޑް
35,579,000107,269,000ޕެންޝަން އެކްރޫޑް ރައިޓްސް ބޮންޑް
1,272,421,9621,362,961,766ދިވެހި ރުފިޔާ ޓީ-ބިލް
132,917,100132,917,100ޔޫ.އެސް ޑޮލަރ ޓީ-ބިލް (ދިވެހި ރުފިޔާއިން)
272,988,000235,801,200އިސްލާމިކް އިންސްޓްރޫމަންޓްސް
84,790,00084,700,000ވޭރިއެބަލް ކޫޕަން ބޮންޑު
182,540,000246,760,000ޓްރެޜަރީ ބޮންޑް (އެމް.އެމް.އޭ)
ފިކްސްޑް ކޫޕަން ބޮންޑް
51,300,000195,300,000ޑޮމެސްޓިކް
22,530,000ޕެންޝަން އެކްރޫޑް ރައިޓްސް ބޮންޑް
431,371,000411,272,000މަލްޓި ލެޓްރަލް
490,860,000409,454,000ބައިލެޓްރަލް
1,046,360,000870,822,000ބަޔަރސް ކްރެޑިޓް
ބޭރުގެ ބޮންޑް ހޯލްޑަރ
ޕްރައިވެޓް
ވޭރިއެބަލް ކޫޕަން ބޮންޑު
2,841,265,3074,174,183,686ސަބްސިޑީޒް، ވެލްފެއަރ ޚަރަދު އަދި ޓްރާންސްފާ
545,363,440300,562,528އެމް.ޓީ.ސީ.ސީ އިން ފޯރުކޮށްދޭ ފެރީ އާއި ބަހުގެ ހިދުމަތުގެ އަގުހެޔޮކުރުމަށް
114,897,828114,286,904ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓު އަގުހެޔޮ ކުރުމަށް (ސްޓެލްކޯ)
453,338,3731,015,802,176ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓު އަގުހެޔޮ ކުރުމަށް (ފެނަކަ)
3,352,06714,857,028ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓު އަގުހެޔޮ ކުރުމަށް (އެމް.ޑަބްލިއު.އެސް.ސީ)
5,000,000ރައްޔިތުންނަށް ފޯރުކޮށްދޭ ކަރަންޓު އަގުހެޔޮ ކުރުމަށް (ރ.އުނގޫފާރު ކައުންސިލް)
772,483,4351,913,875,050އެސް.ޓި.އޯ އިން ވިއްކާ ތެޔޮ އަގުހެޔޮ ކުރުމަށް
171,421,082330,800,000އެސް.ޓި.އޯ އިން ވިއްކާ ކާޑު އަގުހެޔޮ ކުރުމަށް
16,740,00015,000,000ވެމްކޯ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގުހެޔޮ ކުރުމަށް
34,000,00034,000,000ދައުލަތުގެ އާމްދަނީއިން އެކި ފަރާތްތަކަށް ދިނުމަށް ކަނޑައަޅާ ފައިސާ
413,261,082250,000,000މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ ކަނޑުމަހުގެ އަގު ހިފެހެއްޓުމަށް
139,000,000180,000,000ރައްޔިތުންނަށް ފޯރުކޮށްދޭ ނަރުދަމާގެ ހިދުމަތުން ލިބޭ ގެއްލުން ކުޑަކުރުން (ފެނަކަ)
177,408,000އިޖުތިމާޢީ ބޯހިޔާވަހިކަމުގެ އަގު ހެޔޮކުރުން (އެޗް.ޑީ.ސީ)
1,491,823,8761,351,460,321ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމަށް
6,000,0003,000,000މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް
5,000,0005,000,000މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން ލިމިޓެޑް
3,000,0003,000,000މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
12,000,00012,000,000ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
18,000,00018,000,000ކައްދޫ އެއާރޕޯރޓް ކޮމްޕެނީ ލިމިޓެޑް
49,374,57744,288,116އާސަންދަ ޕްރައިވެޓް ލިމިޓެޑް
20,000,000349,232,770މޯލްޑިވްސް ފަންޑްސް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
61,700,00079,070,018ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
200,000,000250,000,000އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން
271,120,45969,931,968އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް
26,000,00026,000,000ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
401,776,286280,197,004ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
75,000,00072,000,000ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ
9,500,0009,500,000ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން
218,762,554100,000,000ރީޖަނަލް އެއަރޕޯޓްސް
40,000,00011,400,000އެގްރޯ ނޭޝަނަލް ކޯޕަރޭޝަން
3,000,000އޯޝަން ކަނެކްޓް މޯލްޑިވްސް
5,000,00010,000,000މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
8,840,445މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)
50,000,000ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން
16,590,000ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
30,692,48432,739,527ބައިނަލް އަޤްވާމީ އިދާރާތަކަށް ދޭ ރައުސުލްމާލު
6,447,5316,447,531އައި.ޑީ.ބީ
677,622އައި.ސީ.އައި.އީ.ސީ
88,47788,477އައި.ޑީ.އޭ
4,573,2564,157,505ޔޫ.އެން.ޑީ.ޕީ
އައި.ސީ.ޑީ
2,158,8002,158,800އޭ.އައި.އައި.ބީ
12,216,0003,064,000އައި.އެސް.އެފް.ޑީ
3,521,5893,663,161އައި.ޓީ.އެފް.ސީ
369,27995,881ސީ.އެފް.ޓީ.ސީ
8,854,512އައި.ބީ.އާރު.ޑީ
639,9304,209,660އައި.އެފް.ސީ
1,079,435,938397,673,879ކޮންޓިންޖެންސީ އަދި ޕްރޮވިޜަން
100,000,000397,673,879ޤަޟިއްޔާތަކާއި ގުޅިގެން ނުވަތަ ސެޓްލްމަންޓްގެ ގޮތުގައި ދޫކުރާ ފައިސާ
979,435,938ބަޖެޓު ކޮންޓިންޖެންސީ
423,646,960ޓްރެޜަރީ ލޯނު ދޫކުރުން
104,503,574ސިފްކޯ – ހައުސިންގ މަޝްރޫއު
އެއާޕޯޓް އިންވެސްޓް މޯލްޑިވްސް – ޑަބްލިއު.އެލްޓީ.އަށް ބަދަލު ދިނުން
ޕީ.އެސް.އެމް – ވޯލްޑް ކަޕް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ގަތުމަށް
231,300,000އެސް.ޓީ.އޯގެ ފިއުލް ބިލް ދެއްކުމަށް
60,000,000މެޝިނަރީޒް، އިކުއިޕްމަންޓްސް އެންޑް ވެހިކަލްސް ހޯދުމަށް
27,843,386ޕޮލްކޯ – ހައުސިންގ މަޝްރޫއު
25,208,333ހިލޭ އެހީ ދޫކުރުން
15,208,333ތުރުކީ-ސީރިއާ ބިންހެލުމުގެ އަސަރުކޮށްފައިވާ ފަރާތްތަކަށް 1 މިލިއަން ދަޅުމަސް ހަދިޔާކުރުން
10,000,000ކޮންޑިޝަނަލް ގްރާންޓް
Shopping Cart
Scroll to Top