2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ކުމުންދޫ – 2

އާމްދަނީ

ޓެކްސްގެ ގޮތުގައި ލިބޭ 24.4 ބިލިއަން (24,417,064,470) ރުފިޔާ މިއަހަރު ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. އެއީ މިދިޔަ އަހަރަށްވުރެ 1.5 ބިލިއަން (1,550,015,555) ރުފިޔާގެ އިތުރު ވުމެކެވެ. ދެން ޓެކްސް ނޫންގޮތްގޮތުން ލިބޭ އާމްދަނީގެ ގޮތުގައި 7.8 ބިލިއަން (7,855,641,757) ރުފިޔާ އަންދާޒާ ކުރިނަމަވެސް މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 1.2 ބިލިއަން (1,223,538,153) ރުފިޔާގެ ދަށްވުމެކެވެ. ހިލޭ އެހީގެ ގޮތުގައި 1.2 ބިލިއަން (1,270,000,028) ރުފިޔާ އަންދާޒާ ކޮށްފައިވެއެވެ.

ޖުމްލަ އާމްދަނީގެ ގޮތުގައި 33.5 (33,547,021,929) ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެއެވެ. 2023  ގައި ލިބިފައި ވަނީ 32.4 (32,456,146,928) ބިލިއަން ރުފިޔާއެވެ.

އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ޓޫރިޒަމް ގުޑްސް އަދި ސަރވިސަސް ޓެކްސް އިން ލިބޭ 9 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ޖީއެސްޓީގެ 4.7 ބިލިއަން ރުފިޔާއެވެ. ދެން ވިޔަފާރިވެރިން ދައްކާ އިމްޕޯޓް ޑިއުޓީގެ 3.5 ބިލިއަން ރުފިޔާއާއި ވިޔާރީގެ ފައިދާއިން ނެގޭ 2.8 ބިލިއަން ރުފިޔާއާއި ރިސޯޓް ތަކުން ނެގޭ ކުލީގެ 1.8 ބިލިއަން ރުފިޔާވެސް ހިމެނެއެވެ. ބޭރުގެ ފަރާތް ތަކުން ނެގޭ ނޮން ރެސިޑެންޓް ވިތުހޯލްޑިންގް ޓެކްސްގެ 1 ބިލިއަން ހިމެނެއެވެ.

އާމްދަނީގެ ޗާޓް

ހިލޭ އެހީ

ހިލޭ އެހީގެ ގޮތުގައި މިއަހަރު އިންޑިއާއިން 176 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރިނަމަވެސް މިދަޔަ 2023 ވަނަ އަހަރު ޖުމްލަ ލިބިފައިވާ ކަމަށް ރިވައިޒް ކޮށްފައިވާ ބަޖެޓް އިން ފެންނަ ހިލޭ އެހީއަކީ 94 މިލިއަން ރުފިޔާއެވެ. އިންޑިޔާ ފިޔަވައި ހިލޭ އެހީ ލިބޭނެ ކަމަށް ވަނީ ނެދަލަންޑްސް އިން 26 މިލިއަން ރުފިޔާއެވެ. ޑރ. މުޙައްމަދު މުއިއްޒާއި ގާތް ގުޅުމެއް އޮންނަ ކަމަށް މީޑިޔާ ތަކުން ރިޕޯޓް ކުރާ ޗައިނާއިން އެއްވެސް ހިލޭ އެހީ އެއް ލިބޭނެ ކަމަށް ނެތެވެ.

މީގެ އިތުރު އެކި އެކި ފަރާތް ތަކުން ދެއްވާ 771 މިލިއަން ރުފިޔާ ބަޔާން ކޮށްފައިވާއިރު މިއީ ކޮންފަރާތް ތަކެއް ކަމެއް ނޭނގެއެވެ. ވޯލްޑް ބޭންކް އިން 142 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެއެވެ.

ޕަސެންޓް 2024 އައިޓަމް
    27.03    9,068,395,404ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސް
    14.11    4,734,190,719ޖެނެރަލް ގުޑްސް އެންޑް ސަރވިސަސް ޓެކްސް
    11.99    4,021,559,686 އަމިއްލަ ފަރާތްތަކުން ދައްކާ އިމްޕޯޓް ޑިއުޓީ
     9.03    3,029,663,972ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް
     6.03    2,023,708,124ރިސޯޓުތަކުގެ ކުލި
     3.25    1,089,405,890ނޮން-ރެސިޑެންޓް ވިތުހޯލްޑިންގ ޓެކްސް
     3.23    1,083,179,078ގްރީން ޓެކްސް
     3.07    1,028,594,954އެއަރޕޯޓް ސަރވިސް ޗާޖް / ޑިޕާޗަރ ޓެކްސް
     3.07    1,028,594,954އެއަރޕޯޓް ތަރައްގީކުރުމަށް ނެގޭފީ
     2.96     993,130,607ބޭންކް ޕްރޮފިޓް ޓެކްސް
     2.30     771,100,000ފައިސާގެ ހިލޭ އެހީ – ބައިލެޓްރަލް
     1.73     581,637,240ރެވެނިއު ފީ
     1.65     552,760,107ވާރކް ޕާމިޓް ފީ
     1.18     395,024,947ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް
     0.87     293,208,708ހިއްސާގެ ފައިދާ – މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑް
     0.83     278,198,032ކެޕިޓަލް ޕްރޮޖެކްޓް ހިލޭއެހީ – މަލްޓިލެޓްރަލް
     0.73     243,370,870ސަބްސިޑިއަރީ ލޯންތަކުން ލިބޭ އިންޓަރެސްޓް ފައިސާ
     0.65     217,451,996ކެޕިޓަލް ޕްރޮޖެކްޓް ހިލޭއެހީ – ބައިލެޓްރަލް
     0.64     214,865,641ޓެލެކޮމިއުނިކޭޝަން ލައިސަންސް ފީ
     0.63     210,607,286ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީ
     0.62     207,602,045ހިއްސާގެ ފައިދާ – ދިވެހިރާއްޖޭގެ ގުޅުން ޕލކ
     0.60     200,000,000އިންވެސްޓްމަންޓްތަކުން ލިބޭ އިންޓަރެސްޓް ފައިސާ
     0.36     120,000,000ހިއްސާގެ ފައިދާ – އެމް.ޑަބްލިއު.އެސް.ސީ
     0.33     109,400,000ހިއްސާގެ ފައިދާ – ބޭންކް އޮފް މޯލްޑިވްސް
2024 2023ޤައުމު
   176,638,616   54,321,837އިންޑިއާ
    26,321,029         –  ނެދަލަންޑްސް
     8,939,918   17,493,724ޖަޕާން
     6,050,000    6,949,192ސަރުކާރުގެ އިދާރާތަކުން
     2,800,000    1,624,013ސައުދީ އަރަބިއާ
     1,752,433    1,772,847ޕާކިސްތާން
     1,000,000   12,083,247އިޓަލީ ވިލާތް
          –        51,600ޗައިނާ
2024 2023ފަރާތްތައް
    771,000,000          –  އެކި ފަރާތްތަކުން
    142,288,046   299,606,454ވޯލްޑް ބޭންކް
     99,591,029    42,579,932އޭ.ޑީ.ބީ
     11,635,903    10,966,028ޔޫ.އެން.އީ.ޕީ
     10,087,084     7,740,629ޖީ.އީ.އެފް
      7,970,810     8,216,328ގްރީން ކްލައިމެޓް ފަންޑް
      5,227,745    12,664,507ޔުނިސެފް
      1,578,856      441,703އައި.ޑީ.ބީ
      1,000,000     4,601,073ޑަބްލިއު.އެޗް.އޯ
        792,103     1,118,058ޔޫ.އެން.ޑީ.ޕީ
        630,247     1,934,432އެން.ޖީ.އޯ ތަކުން
        446,801        5,616ޔޫރަޕިއަން ޔޫނިއަން
        199,408     5,651,543އިފާޑް
        100,000      806,136އެލް.ބީ.އޯ
            –            –  އިންޓަރޕޮލް
            –          3,241އެފް.އޭ.އޯ
            –            –  ޔޫ.އެސް.އޭ.އައި.ޑީ
            –        182,867އޯ.އީ.ސީ.ޑީ
            –       1,013,472ސާރކް
            –         50,000ޔުނިޓާރ
            –        320,618ޔުނެސްކެޕް
            –        631,204ޔުނެސްކޯ
            –        391,133ޔޫ.އެން.އެފް.ޕީ.އޭ
            –        402,708ޔޫ.އެން.އޯ.ޑީ.ސީ
            –      18,595,018ޔޫ.އެން.އެފް.ސީ.ސީ.ސީ
Shopping Cart
Scroll to Top