2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ކުމުންދޫ – 1

މިއީ އެކި ބައިތަކަށް ބަހާލައިގެން ދައުލަތުގެ ބަޖެޓާއި ކުމުންދޫގެ 2024 ތަސައްވުރާއި ގުޅޭ މައުލޫމާތު ހިމެނޭ ލިއުމެކެވެ. މިއީ ދައުލަތުން އެންމެނަށްވެސް ލިބެން ހުރި މައުލޫމާތުތަކަށް ބަލައިގެން ތައްޔާރު ކުރެވޭ ރިޕޯޓެއްގެ ފުރަތަމަ ބައެވެ.

ޚުލާސާ

ދައުލަތުގެ ބަޖެޓްގެ ގޮތުގައި 2024 ވަނަ އަހަރަށް މަޖިލީހުން ފާސްކޮށްދީފައިވަނީ 49.8 ބިލިއަން (49,855,823,653) ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އާއި ހިލޭ އެހީ އަކީ 33.5 ބިލިއަން (33,547,021,929) ރުފިއާއެވެ.  ސުވާލަކީ ލިބޭ އެއްޗަކަށް ވުރެ ޚަރަދު އިތުރު ވުމުން ފޫ ބައްދާނީ ކިހިނެއް ހެއްޔެވެ. އެއީ ދަރަނިންނެވެ. ވީމާ މިއަހަރު އެކަނިވެސް 14 ބިލިއަން (14,075,678,240) ރުފިޔާގެ ދަރަނި ދައުލަތުގެ ދަރަންޏަށް އިތުރުވާނެއެވެ.

ދަރަނި

މިއަހަރު އިތުރުވާ ދަރަނީގެ ޖުމުލަ 14 (14,075,678,240) ބިލިއަން މެނޭޖް ކުރަން ނިންމާފައިވަނީ ބޭރުގެ ފަރާތްތަކުން ލިބޭނެކަމަށް ބަލާ 12.3 (12,364,580,613) ބިލިއަން ރުފިޔާ އާއި ހަމައެގޮތަށް ބޭރުގެ ފަރާތްތަކަށް ދައްކާ 1.9 (1,968,591,000) ބިލައަން ރުފިޔާއެވެ. ޖުމްލަ 10.3 (10,395,989,613) ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ލިބޭނެ ކަމަށް އަންދާޒާ ކޮށްގެންނެވެ. މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ ލޯނުގެ ގޮތުގައި 5.1 ބިލިއަން (5,172,816,065) ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެއެވެ. ހަމަ އެހެންމެ 1.5 ބިލިއަން (1,493,127,438) ރުފިޔާ ދައްކަން ޖެހޭނެއެވެ.  ޖުމުލަ 3.6 ބިލިއަން (3,679,688,627) ރުފިޔާގެ ރާއްޖޭގެ ފަރާތްތަކުން ލިބޭނެ ކަމަށް ބަލައިގެންނެވެ.
މިއަހަރުގެ ދަރަނި މެނޭޖް ކުރެވިއްޖެއެވެ. ދެން މި އަހަރު މި އިތުރުވާ ދަރަނީގެ ކުރިން ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވި އަހަރު 2023 ނިމުނު އިރު ރާއްޖޭގެ ޖުމުލަ ދަރަނި ހުރީ 119.9 ބިލިއަން (119,969,507,315) ރުފިޔާގައެވެ. ދެން މިއަހަރު މުއިއްޒުގެ ސަރުކާރުން އިތުރުވާ ދަރަނިއާއި އެކު ރާއްޖޭގެ ދަރަނި 131.3 (131,367,028,107) ބިލިންއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ.

2023 ވަނަ އަހަރު ނިމުނު އިރު ރިވައިޒް ކުރި ބަޖެޓް ދައްކާގޮތުން ރާއްޖޭގެ ސަރުކާރުން ބޭރުގެ ފަރާތްތަކަށް 41.2 ބިލިއަން (41,262,901,315) ރުފިޔާ ދަރާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ ދަރަނި ހުރީ 63.4 ބިލިއަން (63,409,106,000) ރުފިޔާގައެވެ. މީގެ އިތުރުން ރާއްޖޭގެ ސަރުކާރުން 13.2 ބިލިއަން (13,227,100,000) ރުފިޔާގެ ދަރަންޏަން ވަނީ ގެރެންޓީ ދީފައެވެ. ވުމާއިއެކު މި ދަރަނިތައް ނަގާފައިވާ ފަރާތްތަކުން ދަރަނި ނުދައްކައިފިނަމަ ނުވަތަ ބަނގުރޫޓް ވެއްޖެނަމަ މިފައިސާ އަކީވެސް ސަރުކާރުން ދައްކަން ޖެހޭ ފައިސާއެކެވެ.

އިޤްތިޞާދީ ކުރިއެރުމާއި ދަރަނި

ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 2023 ނިމުނު އިރު ހުރީ 106 ބިލިއަން (106,375,372,000) ރުފިޔާގައެވެ. ވުމާއި އެކު 2023 ގެ ދަރަނި ރާއްޖޭގެ އުފެއްދުންތެރިކަމަށް ވުރެވެސް މަތިވެފައިވެއެވެ. 2024 ވަނަ އަހަރުވެސް ޖީޑިޕީގެ އިންސައްތައިން ބަލާނަމަ ދަރަނި ހުންނާނީ %114.6 ގައެވެ.

އެކި ދައުލަތުގެ ހިސާބުތަކުގައި އެކި އަދަދުތަށް ހިމަނާފައިވާތީ ބައެއް އަދުތަކުގައި ފުށޫ އެރުން އުޅޭނެއެވެ

ދަރަނީގެ ގޮތުގައި ފައިސާ ހޯދާ ގޮތްތައް

މިއީވެސް މާބޮޑު ތަފްސީލެއް ދިނުމެއް ނެތި އެކިއެކި ގައުމުތަކުން ހޯދުމަށް 7.6 ބިލިއަން ރުފިޔާއާއި އަރަބި ތިން ޤައުމަކުން ނަގާ އިތުރު 729 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އިންޑިއާގެ އެގްޒިމް ބެންކް އިން 2.3 ބިލިއަން ރުފިޔާގެ ލޯނު ނެގުމާއި 771 މިލިއަން ރުފިޔާގެ ބޮންޑް ބޭރުގެ ފަރާތްތަކަށް ވިއްކުމާއި ވޯލްޑް ބޭންކް އިން 78 މިލިއަން ރުފިޔާގެ ލޯނު އެހީ ފާހަގަ ކޮށްލެވެއވެ.

8,334,638,528   5,262,195,698 ޤައުމު
7,605,111,9954,626,000,000އެކިއެކި ގައުމުތަކުން ހޯދުމަށް
318,280,868213,418,568ސައުދީ އަރަބިއާ
229,798,295278,516,745ކުވެއިތު
181,447,370144,260,385އަބޫދާބީ ފަންޑް
9,192,426,647 13,977,681,565 ފަރާތްތައް
5,162,484,5629,083,127,184ރާއްޖޭގެ ފަރާތްތަކުން
2,388,125,3752,985,690,464އިންޑިއާ އެގްޒިމް ބޭންކް
771,000,000–  ބޭރުގެ ފަރާތްތަކަށް ވިއްކާ ބޮންޑް
253,857,475940,765,821އައި.އެން.ޖީ ބޭންކް
158,485,664331,413,962އީ.އައި.ބީ
132,479,490351,084,119އޯފިޑް
123,158,36866,563,470އައި.ޑީ.ބީ
78,939,38153,877,799ވޯލްޑް ބޭންކް
69,612,15661,541,790އޭ.އައި.އައި.ބީ
32,348,84896,520,880އޭ.ޑީ.ބީ
8,028,165–  ސީ.ޑީ.ޕީ
5,372,890–  ޑޮއިޗަ ބޭންކް
4,285,419–  ކްލީން ޓެކްނޮލޮޖީ ފަންޑް
4,248,8547,096,076އިފާޑް

Shopping Cart
Scroll to Top