ގޭ ދޮށޮށް ވެލި އެޅުމަށް ފުރުސަތެއް

ކުމުންދޫގެ މަގުތަކުގެ ތެރެއިން ވެލިގަނޑު ހަލާކުވުމުގެ ސަބަބުން މަގު ހިނގާ މީހުންނަށާއި ދުއްވާ އެއްޗިސްއަށް އުނދަގޫވެއެވެ. ހާއްސަކޮށް ވިއްސާރަ މޫސުމަށް ރަށުގެ މަގުތަކުން ފެން ނުހިނދުުމުގެ ސަބަބުން މަގުތައް ޗަކަވެ ވަޅުގަނޑު ހެދޭ ގޮތްވެއެވެ. މިކަންކަށް އަދި އިތުރަށް ގޯސްވެގެން ދަނީ މަގުތަކަށް ދާ ގޮތައް ގޭގޭގެ ދިޔަ ދޮއްވާއި އެހެނިހެން ތަކެތި ހުރުމުގެ ސަބަބުން ބައެއް މަގުތައް ބޭނުންކުރުމަށް އުނދަގޫވެގެން ދެއެވެ.

ވެލި ޕިކަޕެއް 500 ރުފިޔާ ގޭދޮށަށް ގެންގޮސް ދޭނެކަމުގައި ކުމުންދޫގެ އުތުރުއަވަށު މަގުހެދުމާއި ހަވާލުވެހުރި ކޮންޓްރެކްޓަރ ވަނީ ކުމުންދޫގެ ވައިބަރ ގުރޫޕެއްގައި ހިއްސާކޮށްފައެވެ. ވީމާ ގޭގެ މަގު ހަޑިވެފައިވެފައި ވެލި ނުގެނެވިފައިވާ ފަރާތްތަކަށް މިއީ ރަނގަޅު ފުރުސަތެކެވެ. ވެލި ގެނެސްދެނީ ހަމައެކަނި މިއަދު (20 ޖަނަވަރީ 2025) ގައެވެ.

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ