އިއުލާނު ކުރީ ދާއިމީ ވަޒީފާއަކަށް ސްކްރީނިން ނިމުނު އިރު ބަދަލުވީ ކޮންޓްރެކްޓަށް؟؟

ކުމުންދޫ ސްކޫލުގެ ފަރާތުން ޕްރައިމަރީ ޓީޗަރ (ކޮންޓްރެކްޓް) މަޤާމަށް ކުރިމަތިލީ ފަރާތުގެ ސްކްރީނިންގ ނަތީޖާ ޝީޓް އިއުލާނު ކޮށްފައިވެއެވެ. އެ ޝީޓްގައި ޝަރުތު ހަމަވާ އެއްފަރާތެއް ކުރިމަތިލާފައިވާ ކަމުގައިވެސް ވެއެވެ. އެހެންނަމަވެސް GS96/IUL/2024/23 އިއުލާނު 22 ޑިސެންބަރުގައި ކޮށްފައިވަނީ ދާއިމީ ވަޒީފާއެއްގެ ގޮތުގައެވެ. އެއްވެސް ފަރާތަކުން 18 ޑިސެންބަރ 2024 ވީ އިރުވެސް ޝަކުވާއެއް ހުށައަޅާފައެއްވެސް ނުވަނީތާއެވެ. އެ އިއުލާންތަކުގެ ތެރެއިން އެއްވެސް އިއުލާނެއް ބާތިލުވެސް ނުކުރަނީއެވެ.

ވަޒީފާއަށް އިއުލާނު ކުރީ 05 ޑިސެންބަރު 2024 ގައެވެ. އަދި މުއްދަތު ހަމަވީ 15 ޑިސެމްބަރަށެވެ. ޖެހިގެން އައި ދުވަހު ޝަރުތު ހަމަވާ ފަރާތްތައް ގެޒެޓް ކުރިއިރު ދާއިމީ ކޮންޓްރެކްޓްޓައް ބަދަލު ވެއްޖެއެވެ. އިއުލާނުގައިވާ ގޮތުން 19 ޑިސެންބަރުގެ ކުރިން އިންޓަވިއު އޮންނާން ވާނެއެވެ. އެއިގެ ފަހުން 25 ޑިސެންބަރުގައާއި 15 ޖަނަވަރީ ގައިވެސް ހަމަ އެ ވަޒީފާއަށް އިއުލާނު ކޮށްފައިވެއެވެ. ވުމާއި އެކު އިއުލާނަށް ކުރިމަތި ފަރާތައް ވީ ކިހިނެއް ހެއްޔެވެ؟ ޝަރުތު ހަމަވިފަރާތުގެ އޭ.2 ޝީޓް އާންމު ކުރުމުގެ ބަދަލުގައި އަލުން އިއުލާނު ކޮށްފައިވަނީ ކީއްވެ ހެއްޔެވެ. 3 ފަހަރަށް ކައިރި ކައިރީގައި އިއުލާނު ކޮށްވަފައިވަނީ ކީއްވެ؟

މީގެ އިތުރުން މިއާއި އެކު އިއުލާނު ކުރި ޕްރީސްކޫލް ޓީޗަރުގެ މަޤާމަށް 5 ޑިސެންބަރުގައި ކޮށްފައިވާ އިއުލާނަށް ޝަރުތު ހަމަވާ ތިން ފަރާތުން ކުރިމަތި ލާފައިވާ ކަމުގައި 16 ޑިސެންބަރުގައި އިއުލާނު ކޮށްފައިވެއެވެ. ނަމަވެސް އެއީވެސް ކޮންޓްރެކްޓް ވަޒީފާގެ ގޮތުގައެވެ. އަދި 22 ޑިސެންބަރުގައި އޭ.2 ޝީޓް އިއުލާނުގައި ކުރިމަތިލި ދެފަރާތުގެ ތެރެއިން 1 ފަރާތުން އިންޓަވިއު އަށް އައިސް ފައި ނުވާކަމުގައި ވެއެވެ. ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިންޓަވިއު އަށް ހާޒިރުވި ދެފަރާރާތުގެ އެންމެ މަތީ ސަނަދަކީ ގްރޭޑް 10 އެއްގެ އޯލެވެލް ގައިި ދެމާއްދާއިން ޑީ ގްރޭޑް އިން މަތި ލިބިފައިވުމެވެ. އޭ ލެވެލް ނުވަތަ ލެވެލް 4 އަކަށްވުރެ މަތީ ސެޓްފިކެޓް އެއް ނެތެވެ.

މި މަޤާމަށް ކުރިމަތި ލި ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ދިޔަފަރާތުގެ އިންޓަވިއު ޕެނަލްގައި ތިބި 4 ފަރާތުގެ ތެރެއިން އެއްފަރާތް ފިޔަވައި ދެންތިބި 3 މީހުންނަށް އެއްވަނައަށް ދިޔަފަރާތުގެ އިންޓަވިއު އެހައި ކަމަކު ނުދިޔައެވެ. އިންޓަވިއު ޕެނަލިސްޓބް 100 އަކުން ދިނީ 58 އެކެވެ. އިމްތިޚާނު ޕްރެކްޓިކަލްއިންވެސް 100 އަކުން ލިބުނީ 66 އެކެވެ. ކުރިއަށް އޮތް އަހަރު އަޅުގަނޑުމެން ދަރީންގެ ކުރިމަގު ބިނާކުރަން ވަޒީފާއަށް ނަގައި ޓީޗަރުންގެ ކޮލެޓީ ހިފެހެއްޓޭނެ މިއައްވުރެ ރަނގަޅު ގޮތެއް ބޭނުމެވެ. ދެން އޮތީ 2 ވަނަ އަށް ދިޔަ ފަރާތުގެ ވާހަައެވެ. އިންޓަވިއުން އާއި އިމްތިޚާނުން ދެބައި ކޮށްފައި އެއްބައިވެސް ނުލިބި 2 ބައިވެސް ލިބުނީ 100 އަކުން 29 އެވެ.

ކޮންޓްރެކްޓް އަށް ބަދަލުވީ ކީއްވެ؟

އިޢުލާނުގެޝަރުތު ހަމަވާ ފަރާތެއް ދާއިމީ މަޤާމަށް ނުލިބިއްޖެނަމަ، ޝަރުތު ދައްކޮށްފައި ކޮންޓްރެކްޓް ޓީޗަރެއްގެ ގޮތުގައި 1 އަހަރު ދުވަހަށް ނެގުމަށް ހަމަޖެހިފައިވާކަމުގައި ދެ އިއުލާނުގައިވެސް ހިމަނާފައިވާތީއެވެ.

ޕްރައިމަރީ ޓީޗަރު އޭ.2 ޝީޓް ކޮބާ؟

ލިބުނު މައުލާތަށް ބަލާއިރު އޭ.2 ޝީޓް އާންމު ކުރުމުގެ ބޭނުމެއް ސްކޫލަށް ނެތުމުންނެވެ. ޝަރުތު ހަމަވާ ކަމުގައިވާ 1 ފަރާތުގެ އިންޓަވިއު ކުރި ކަމަށްވެސް ވެއެވެ. ނަމަވެސް 3 ދުވަސް ތެރޭގައި އިއުލާނު ކުރަން ޖެހުނުނަމަވެސް އެވަޒީފާ އެފަރާތުން ބޭނުން ނުވީއެވެ. ކޮންޓްރެކްޓް ވަޒީފާ އަކަށްވުމުންނެވެ. އެހެންނަމަވެސް އޭ.2 ޝީޓް އިއުލާނު ކުރަންޖެހޭނެއެވެ. އެކަމަކު އެއިގެ ބޭނުންވަނީ ވަޒީފާ ހަމަޖެއްސުމަށެވެ.

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ