ކުމުންދޫ ކައުންސިލްގެ މިސްކިތްތަކުގައި މަސައްކަތުގެ ވަގުތުތަކުގައި މުވައްޒަފުންގެ ދަތިކަން ދިމާވާ ޙާލަތްތަކުގައި އެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވޭޖް ޕޫލް އެއް ކައުންސިލްގައި އެކުލަވާލުމުގެ ގޮތުން 2 މުވައްޒަފުން ނެގުމަށް އިއުލާން ކޮށްފިއެވެ.
މިއީ ދާއިމީ ނުވަތަ ކޮންޓްރެކްޓް ވަޒީފާއެއްވެސް ނޫނެވެ. މިއީ ވަގުތީ ގޮތުން މުވައްޒަފުންގެ ދަތިކަން ކުރިމަތިވަމުންދާތީ ކައުންސިލްތަކުގައި ކުރާ މަސައްކަތަކެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 27 ޖަނަވަރީ 2025 ގެ 13:00 ކައުންސިލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ފޯމު ހުށައަޅުއްވަންވީއެވެ.
ކުރަންޖެހެނީ ކީއް؟
މިސްކިތުގެ މަސައްކަތައް ދަތިވުމުން ކައުންސިލުން އަންގާގޮތެއްގެ މަތީން މިސްކިތު މަސައްކަތު މުވައްޒަފެއްގެ މަސްއޫލިއްޔަތު ކައުންސިލުން އަންގާ ދުވަސްތަކެއްގެ ގަޑިތަކުގައި އަދާކުރަންވީއެވެ. މިސްކިތުގެ މަސައްކަތައް ދަތިނުވާ ކަމުގައިވާނަމަ މަސްދުވަސް ނުވަތަ ދެމަސްދުވަސް ތެރޭގައިވެސް އެންމެ ނަމާދު ވަގުތަކަށް ނިކުންނަން ނުވެސް ޖެހިދާނެއެވެ.
ބައިވެރިވުމުން ލިބެނީ ކޯއްޗެއް؟
މަސައްކަތައް ކައުންސިލުން އެންގުމުން ނިކުންނަ ކޮންމެ ގަޑިއިރަކަށް 47 ރުފިޔާގެ މަގުން މުސާރަ ދެވިގެން ދާނެއެވެ. ނަމަވެސް ޕޫލްގައި ރަޖިސްޓްރީ ވުމަކުން އެއްވެސް ފައިސާ އެއް ނުލިބޭނެއެވެ. ނަމަވެސް ލިބޭނީ މަސައްކަތު ގަޑިއަށެވެ.