ބަލައިގެން ކިޔެވުމުގެ ގޮފިން ކުމުންދޫ ސްކޫލުގެ ފަރާތުން ބައިވެރި ކުދިންގެ ތެރެއިން އެއް ކުއްޖަކު މުބާރާތުން ވަނައެއް ހޯދިއެވެ.
ކުމުންދޫ އަށް ވަނަ ހޯދައި ދިނީ ހަނޫފާ ޢަބްދުﷲ، ނަލަހަނދުވަރު، ހަނުފާ ބަލައިގެން ކިއެވުމުުގެ ގޮފީގައި ކީސްޓޭޖް 2 ގައި ބައިވެރި ވެގެން އެގޮފިން ވަނީ 2 ވަނަ ހާސިލް ކޮށްފައެވެ. ކީ ސްޓޭޖް 2 ގައި ހިމެނޭ މުގައްރަރަކީ ޖުމްލަ 7 ފޮތެވެ. ފެށޭ ކޮޅުންވިއަސް އަދި ނިމޭ ކޮޅުންވިއަސް އެކުއްޖަކަށް ފަސޭހަ ކޮޅަކުން މުގައްރަރު ނެގޭނެއެވެ. ހަނޫފާ އަކީ ގްރޭޑް 6 އެއްގައި ތަޢުލީމު ހާސިލް ކުރަމުންދާ ދަރިވަރެކެވެ.
މީގެ އިތުރުން އިތުރު 4 ދަރިވަރުން ކުމުންދޫގެ ސްކޫލްގެ ފަރާތުން މުބާރާތުގައި ވާދަ ކޮށްފައިވެއެވެ.