ބޭބީ ނާސަރީ އަދި ނާސަރީ އަށް ކުދިން ވެއްދުމުގެ ފުރުސަތުގެ ސުންގަޑި 30 ޖަނަވަރީ 2025 އާއި ހަމައަށް އިތުރުކޮށްފިއެވެ.
14 ޖަނަވަރީ 2025 ގައި ކޮށްފައިވާ އިއުލާނަށް މުއްދަތު ހަމަވެފައިވަނީ 23 ޖަނަވަރީ 2025 އަށެވެ. އެހެންނަމަވެސް މިއަދު (26 ޖަނަވަރީ 2025) އިތުރު 4 ދުވަހަށް ވަނީ އިތުރު ކޮށްދީފައެވެ. ބޭބީ ނާސަރީ އަދި ނާސަރީއަށް ކުދިން ވައްދަން އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން 8:15 އިން ފެށިގެން 12:00 އާއި ހަމައަށް ކުރިއަށް ދާނެއެވެ.