ކުމުންދޫ ސްކޫލުގެ ފަރާތުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ މުހިންމުކަމަށް ބަލައި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ދައުލަތުގެ މުވައްސަސާތަކާއި ގުޅިގެން ބާއްވައިފިއެވެ.
މި ޕްރޮގްރާމު ބާއްވައިފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސަސްގެ ފަރާތުންނެވެ. މި ޕްރޮގްރާމްގައި ކުމުންދޫ ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންވަނީ ބައިވެރިވެފައެވެ.
