ރޯދައަށް ސާފު ކުރުމުގެ ހަރަކާތެއް ކުމުންދޫގައި

“ރޯދަ ސާފު” ނަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސަރުކާރުން ކުރިއަށް ގެންދިޔަ ޕްރޮގްރާމް ކުމުންދޫގައިވެސް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ދިއައީ ހޮނިހިރު ދުވަހުގެ ހެނދުނު 06:30 ގައެވެ. އެގޮތުގެ މަތީން ކުމުންދޫގެ ނެރުމަގުން 2 ރަށު ޕިކަޕްގެ ކުނި ވަނީ އުކާލާފާއެވެ.

ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެންމެހައި ރައްޔިތުންނާއި މުވައްސަސާތަކަށް ހުޅުވާލައިފައިވީނަމަވެސް ހަމައެކަނި ބައިވެރިވެފައިވަނީ ކުމުންދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުންނެވެ.

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ