ދެ ކްލަބަކުންނާއި ދެ ފިހާރައަކުން ރޯދަ މަހަށް ޕްރޮމޯޝަން ކުރިއަށް ގެންދެއެވެ.
ކުމުންދޫ ޔޫތް ސްޕޯޓްސް އިން ފޭސްބްކްގައި ރޯދަ ސުވާލު މުބާރާތެއް ކުރިއަށް ގެންދެއެވެ. ކޮންމެ ދުވަހަކު ފޭސްބުކް ޕޭޖްގައި ކުރާ ސުވާލަށް ރަނގަޅު ޖަވާބު ދޭ ފަރާތްތައް އެ ހަފްތާގެ ތެރޭގައި ނެގޭ ގުރުއަތުން އިނާމެއް ދޭގޮތައް ވަނީ ހަމަޖެހިފައެވެ.
ބީޗް ސިޓީ ސްޕޯސްޓްސް ކްލަބްގެ ފަރާތުން ފޮޓޯ މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ހަފްތާއަކު ހުށަހެޅޭ އެންމެ ރީތި 3 ފޮޓޯ އަކަށް ވޯޓް ލުމަށްފަހު އެންމެ ގިނަ ވޯޓް ލިބޭ ފަރާތަކަށް އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފުޓްސެލް މުބާރާތެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 3 ކުޅުންތެރިންގެ ޓީމް އެއްގެ މުބާރާތެކެވެ. މިހާރު ސުންގަޑި ހަމަވެއްޖެއެވެ. 25 ފެބްރުވަރީ ގައި ސުންގަޑި ހަމަވި ނަމަވެސް 26 ފެބްރުވަރީގައި ސުންގަޑި 28 ފެބްރުވަރީގެ ނިޔަލަށް އިތުރުކޮށްފައިވެއެވެ.
މީގެ އިތުރުން ފިހާރަތަކުގައިވެސް ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދެއެވެ. އެއިގެ ތެރޭގައި ނެވި މާރޓް އަދި އެމް.އެޗް.ޑީ މާރޓް ފާހަގަ ކޮށްލެވެއެވެ.