ކުމުންދޫ ކައުންސިލުން ރޯދަމަހަށް ހާފިޒުން ހޯދަނީ

1446 ވަނަ އަހަރުގެ ރަމަޟާން މަސް ފެށެނީ މާރިޗް 1 ކަމަށް ލަފާކުރެވެއެވެ. ވުމާއި އެކު މަސްޖިދުއްފިރުދައުސް އަދި މަސްޖިދުއް އަންވާރު ގައި އިމާމްވެ ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘަކު ހޯދުމަށް ކުމުންދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. ކުރަންޖެހޭ މައިގަނޑު މަސައްކަތަކީ:

1.     ހާފިޘުންގެ ދެކޮޅު ޓިކެޓް (ރާއްޖެއިން ބޭރުން ގެނައުމާއި،އެބުރި ޤައުމަށް ފޮނުވުމުގެ ޢަދަދު)

2.     މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދުއާއި އަދި ރަށަށް ފޮނުވުމާއި އެބުރި މާލެ ދިއުމުގެ ޚަރަދު

3.     ވިސާ ދެއްކުމާއި އިންޝުއަރެންސް ފީ ދެއްކުމުގެ ޚަރަދު އަދި ދަޢުލަތުގެ އެހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ލިޔުންތައް ފުރިހަމަކުރުން

1445 ވަނަ އަހަރު (މިދިޔަ އަހަރު) ގައިވެސް ކުމުންދޫ ކައުންސިލްގެ ފަރާތުން ޙިފްޘުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޘުން ދެ މިސްކިތައްވެސް ގެނައެވެ.

ޝައުގުވެރިކަން ހުރި ފަރާތްތަކުން ޖެނުއަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 12.00ގެ ކުރިން ސިޓީއާއިއެކު މަސައްކަތް ކޮށްދެއްވިދާނެ ކޯޓޭޝަން އީމެއިލް އިން ނުވަތަ އޮފީހަށް ވަޑައިގެން ހުށައެޅުމަށް ކުމުންދޫ ކައުންސިލުން އެދެއެވެ.

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ