ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެފައިވާ ކުމުންދޫގެ ރައްޔިތުންގެ މަޢުލޫމާތު އާންމު ކޮށްފި

އިލެކްޝަން ކޮމިޝަނުން އިއްޔެ (23 ޖަނަވަރީ 2025) ގައި ނެރެފައިވާ އިއުލާނެއްގައި ކުމުންދޫގެ ރައްވެހިންގެ ތެރެއިން ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ މައުލޫމާތު އާންމު ކޮށްފިއެވެ. މިއީ 2024 ޑިސެމްބަރު 31 އާއި ހަމައަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރު ކުރެވިފައިވާ ފަރާތްތަކުގެ މައުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި މެންބަރުންގެ މަޢުލޫމާތު ހިމެނޭ ލިސްޓު އާންމު ކުރުމުގެ ތެރެއިން ލިބިފައިވާ މައުލޫމާތެވެ.

ކުމުންދޫގެ ރައްވެހީންގެ ގޮތުގައި އާންމުގޮތެއްގައި ވަނީ 1500 އެއްހައި މީހުންގެ ތެރެއިން 703 މީހުން ވަނީ ޕާޓީތަކުގައި ރަޖިސްޓްރީވެފައެވެ. ވުމާއި އެކު ރަށުގެ އާބާދީގެ 47 އިންސައްތަ މީހުން ވަނީ ޕާޓީތަކަށް ރަޖިސްޓްރީ ކޮށްފައެވެ. އަދި ކުމުންދޫގައި އެންމެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވަނީ އިދިކޮޅު އެމް،ޑީ،ޕީ ގައެވެ. އެއީ 256 މީހުންނެވެ. 180 މީހުންނާއި އެކު ދެވަނަ އަށް އެންމެ ގިނަ މީހުން ރަޖިސްޓްރީ ވެފައިވަނީ ޕީ.އެން.ސީގައެވެ. ކުމުންދޫގައި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީގެ މެމްބަރުންގެ ގޮތުގައި 80 އެއްހައި މެމްބަރުން ކޮންމެ ޕާޓީއެއްގައި ތިބި އިރު ގިނަ ބަޔަކު މި ދެ ޕާޓީއަށް ވައްދަނީ އެފަރާތްތަކަށް ނޭނގި އައިޑީކާޑުގެ މައުލޫމާތު ބޭނުންކޮށްގެންނެވެ.

އަދި ފާހަގަ ކުރެވުނީ ކުމުންދޫގައި އިލެކަޝަނުން ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދީފައިވާ 11 ޕާޓީގެވެސް މެމްބަރުން ތިބި ކަމެވެ. އެންމެ މެމްބަރުން މަދީ 6 މެމްބަރުންނަާއި އެކު އެމް.އާރ.އެމް ގައެވެ. އަދި ޕީ.އެން.އެފް، އެމް.ޓީ.ޑީ، އަދި ޑިމޮކްރެޓްސްގައި 10 މެމްބަރުން ހަމަނުވެއެވެ.

ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވޭތޯ އެސް.އެމް.އެސް އަކުން ނުވަތަ އިލެކްޝަންގެ ވެބްސައިޓް ނުވަތަ އީފާސް އެކައުންޓް މެދުވެރިކޮށް އިލެކްޝަންގެ ޕޯޓަލްއިން ބެލޭނެއެވެ. އަދި ހަމަ އެޕޯޓަލް އިން ޕާޓީން އިން ވަކިކުރުމަށްވެސް އެދެވޭނެއެވެ. އެކެއް ނުވަތަ ދެ ދުވަހެއްގެ ތެރޭގައި ޕާޓީން އިން ވަކިވެސް ކޮށްދޭނެއެވެ.

ކުމުންދޫގެ ޕާޓީއަށް ރަޖިސްޓްރީ ވެފައިވާ މިންވަރު
ކުމުންދޫގެ ޕާޓީތަކުގެ ދަފްތަރު
ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ