ގޭގޭގައި ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތައް މިނިސްޓްރީ އޮފް ހެލްތްގައި ރަޖިސްޓްރީ ކުރަން އެންގުން

22 ޖަނަވަރީ 2025 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ކޮށްފައިވާ ފޭސްބުކް ޕޯސްޓްއެއްގައި ހިއްސާކޮށްފައިވަނީ މިހާރު ގޭގޭގައި އަމިއްލައަށް ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތަކުން ދަފްތަރުގައި ރަޖިސްޓްރީ ވާންޖެހޭނެކަމުގައެވެ.

“މާހިޔާ” ގޯތީގެ މިލްކުވެރިކަމާއި މެދު ދަޢުވާކުރާ ފަރާތެއް ވާނަމަ ހޯދުމަށް

ހދ. ކުމުންދޫ މެޖިސްޓްރޭޓް ކޯޓް 22 ޖަނަވަރީ 2025 އިން ކޮށްފައިވާ އިއުލާނުގައި ހދ.ކުމުންދޫ “މާހިޔާ” އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ނުއުފުލޭ މުދަލާއި ރުއްގަހުގެ މިލްކުވެރިކަމާއި މެދު ދަޢުވާކުރާ ފަރާތެއްވާނަމަ 07 (ހަތެއް) ދުވަހުގެ ތެރޭގައި ލިޔުމަކުން އެކަން ކޯޓަށް އެންގެވުން އެދިފައިވެއެވެ.

ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްކަމަށް ޢަބްދުﷲ އަސްލަމް އިންތިޚާބު ކުރައްވައިފި

ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ކުރަމުން އައި މުޙައްމަދު ވަޙީދު، އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިޚާބުވުމާ ގުޅިގެން ހުސްވެފައިވާ ނާއިބު ރައީސް އިންތިޚާބު ބާއްވާފައިވަނީ ހދ އަތޮޅު ކައުންސިލްގެ ރައީސްގެ ހުވާކުރުމަށްފަހު އެދުވަހު ބޭއްވުނު 159 ވަނަ ޢާންމު ބައްދަލު ވުމުގައެވެ. އަތޮޅު ކައުންސިލުގެ ރައީސްގެ ހުވައި ކުރުން އޮތީ 20 ޖަނަވަރީ 2024 ވަނަ ދުވަހުގައެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް ހުވާ ކުރައްވައިފި

ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު ހުސްވުމާއި ގުޅިގެން ބޭއްވުމަށް ހަމޖެހިފައިވާ 8 ފެބްރުއަރީ ގެ އިންތިޚާބަށް ކުރިމަތިލައިފައި ވަނީ ހަމައެކަނި މުޙައްމަދު ވަޙީދު، ގުރަހަލި / ހދ. ހިރިމަރަދޫ ކަމުގައިވާތީ އެ މަގާމަށް އިންތިޚާބު ވީއެވެ.

ވަޒީފާގެ ފުރުސަތު : ކައުންސިލް އެސިސްޓެންޓް (ވޭޖް ޕޫލް)

ކުމުންދޫ ކައުންސިލްގެ މިސްކިތްތަކުގައި މަސައްކަތުގެ ވަގުތުތަކުގައި މުވައްޒަފުންގެ ދަތިކަން ދިމާވާ ޙާލަތްތަކުގައި އެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވޭޖް ޕޫލް އެއް ކައުންސިލްގައި އެކުލަވާލުމުގެ ގޮތުން 2 މުވައްޒަފުން ނެގުމަށް އިއުލާން ކޮށްފިއެވެ.

ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ