ހުރިހާ ކައުންސިލަކުންނާއި ދިވެހި ސަރުކާރުން ރޯދަމަހަށް ތައްޔާރުވަމުން އަންނަ އިރު، ކުމުންދޫ ކައުންސިލުންވެސް ރޯދަމަހަށް ތައްޔާރުވާން ފަށައިފިއެވެ.
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މަސްޖިދުލް އަންވާރުގެ ހަލާކުވެފައިވާ އެއާރކޮންޑިޝަންތައް ބަދަލުކުރުމުގެ މަސައްކަތް
ރޯދަ މަހަށް ތައްޔާރު ވުމަށް އިތުރު މަރާމާތުތައް މަސްޖިދުލް ފިރުދައުސް އަދި މަސްޖިދުލް އަންވާރުގައި ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެ ކަމަށް ބެލެވެއެވެ. މިއަހަރު ރޯދަ މަހަށް ސައުދީ އަރަބިއްޔާ ދޭ ކަދުރު މިއަހަރު ސަރުކާރުން ބެހުމަށް ހަމަޖެހިފައިވަނީ ކޮންމެ 4 ގެއަކަށް 1 ކަދުރު ޕެކެޓްގެ މަގުންނެވެ.
މީގެ އިތުރުން 1446 ވަނަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި މިއަހަރު ބެހުމަށް ހަމަޖެހިފައިވަނީ މަސްދަޅު ކޭހެވެ. 48 ދަޅުގެ ކޭސް ކޮންމެ ގޭބިސީއަކަށް ލިބިގެން ދާނެއެވެ. މަސް ދަޅުގައި ބަރުދަން މަދުކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ދަނީ ކުރަމުންނެވެ.