ކުމުންދޫ ކައުންސިލް އިން މި އަހަރު އިންތިޒާމް ކޮށްގެން ބާއްވާ މަސްރޭސް ފެށުމުގެ ރަސްމިއްޔާތު 10 ޑިސެމްބަރ 2024 ވީ އަންގާރަ ދުވަހުގެ 14:45 ގައި ބާއްވައިފިއެވެ. މަސްރޭސް ފެށުމުގެ ގޮތުން ކައުންސިލް ރައީސް ވާހަކަ ދެއްކެވިއެވެ. މަސްކިރުމަށާއި ނިންމުމަށް ދޯނިތައް ބަނދަރަށް 21:30 ގެ ކުރިން ވަންނަން ޖެހޭނެއެވެ. ޖުމުލަ 9 ޓީމަކުން މި ހަރާކާތުގައި ބައިވެރިވެފައި ވެއެވެ.
މިއީ ހދ އަތޮޅު ކައުންސިލާއި ކުމުންދޫ ކައުންސިލް ގުޅިގެން ބާއްވާ ހަރަކަތެކެވެ.
21:30 ގައި ޓީމްތައް އައުމުން މަސް ކިރުމުން އެންމެ ބަރު މަހެއް ބާނާފައިވަނީ ބެޔސް ނުބެޔަސް އިން 16.85 ކިލޯގެ މަހެކެވެ. އެންމެ ބަރު މަހަށް 1000 ރުފިޔާގެ އިނާމުގެ ހަނދާނީ ލިއުން ހަވާލު ކޮށްފައެވެ.
1 ވަނަ ޓީމް : ދަނބު ( 5000 ރުފިޔާ )
2 ވަނަ ޓީމް : ބެޔަސް ނުބެޔަސް ( 3000 ރުފިޔާ )
3 ވަނަ ޓީމް : ފްލައިން ފިޝް ( 1500 ރުފިޔާ )
އެންމެ ބަރުމަސް ބަރުމިން (ކިލޯ އިން) | ޖުމްލަ ބަރުމިން (ކިލޯ އިން) | ޓީމްގެ ނަން |
5.65 | 85.45 | ދަނބު |
16.85 | 60.75 | ބެޔަސް ނުބެޔަސް |
5.35 | 59.35 | ފްލައިން ފިޝް |
3.65 | 55.35 | ބްލޫ މާރްލިން |
2.30 | 47.85 | އަންނަ މަސް |
5.85 | 47.05 | ކޯބިޔާ |
2.50 | 22.15 | ޗާގަރާ |
0.65 | 19.50 | ރިންމަސް |
1.35 | 14.00 | ޑޮލްފިން |