މަސްޖިދުލް ފިރުދައުސް އަދި މަސްޖިދުލް އަންވާރުގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ކުމުންދޫ ކައުންސިލުން ބޭނުންވާތީ ކައުންސިލުން ވަނީ އިއުލާނެއް ކޮށްފައެވެ.
އިއުލާން ކޮށްފައިވަނީ 26 ޖަނަވަރީ 2025 ގައެވެ. ޝައުޤުވެރިކަން ހުރި ފަރާތްތަކުން 30 ޖަނަވަރީ 2025 (ބުރާސްފަތި) ގެ 10:00 ގެ ކުރިން ރަޖިސްޓްރީ ވުމަށާއި އަދި އެފަރާތްތަކަށް ޚާއްސަ ބައްދަލުވުމެއް އެދުވަހުގެ 13:00 ގައި އޮންނާނެއެވެ.
އަދި އަންދާސީ ހިސާބު ހުށައެޅުމުގެ ސުންގަޑިއަކީ 5 ފެބުރުއަރީ 2025 (އަންގާރަ) ވަނަ ދުވަހެވެ.
