ކުރެވި ޖަމިއްޔާއިން މިހާރުވެސް ސްކޫލް ކުދިންނަށް ފުޓްބޯޅަ/ފުޓްސެލް ދަސްކޮށްދިނުމަށް ފިރިހެން ކުދިންނަށް ހާއްސަކޮށް ހިންގޭ އެކަޑެމީއެއް އޮވެއެވެ. އެކަޑެމީ ހިންގަނީ ކުރެވި ޖަމިއްޔާގެ ސްޕޯޓް ވިންގް ކަމުގައިވާ ޒީރު ސްޕޯޓްސް އިން ޒީރު ސްޕޯޓް އެކަޑެމީގެ ނަމުގައެވެ.

މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެކަޑެމީއަށް ކުދިން ވެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.