އައި.އެފް.އެފްގެ މެމްބަރުންގެ މެދުގައި 27 ޖަނަވަރީ 2025 ވަނަ ދުވަހުގައި ބޭއްވި ބައްދަލުވުމުން އައި.އެފް.އެފްގެ ބޯޑްގެ މެމްބަރުން ހޮވައިފިއެވެ.
އައި.އެފް.އެފް އަކީ ކޮބާ؟
އައި.އެފް.އެފް – އައިލެންޑް ފާރމާރސް ފޯރަމް އަކީ ރާއްޖޭގޭ ކޮންމެ ރަށެއްގައިވެސް ރަޖިސްޓްރީކޮށްފައިވާ ފޯރަމް އެކެވެ. ކުރުގޮތަކަށް ބުނާނަމަ ދަނޑުވެރިކަމާއިބެހޭ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެކެވެ. މީގެ ބޭނުމަކީ އެރަށެއްގައި ދަނޑުވެރިކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރުމެވެ. ހިންގާގަވައިދަކާއި ބޯޑެއްވެސް އެކުލަވާލެވިފައިވާ ތަނެކެވެ.
އައި.އެފް.އެފްގެ މެމްބަރުންނާއި ބޯޑް ކޮބާ؟
އައި.އެފް.އެފް ގެ މެމްބަރަކަށް ވުމުގެ ފުރުސަތު ކުމުންދޫގެ ކޮންމެ ރައްވެއްސަކަށްވެސް ލިބިގެންދެއެވެ. އެހެންނަމަވެސް މިއީ ދަނޑުވެރިކަމުގެ ދަފްތަރެކެވެ. މިވަގުތު 50 އެއްހައި މެމްބަރުން ތިބި އިރު އެންމެ ފުރަތަމަ އެކުލަވާލި ބޯޑަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.
2023 ވަނަ އަހަރުގެ މެއި މަހުގައި 31 ފަރާތަކުން އައި.އެފް.އެފްގެ ބޯޑުގެ މެމްބަރުންގެ ގޮތުގައި ތިބީ؛
- ޗެއާޕާސަން : ހަސަން މުޙައްމަދު
- ސެކްރެޓަރީ : ހަފްސާ ޤާސިމް
- ކައުންސިލް ފޯކަލް ޕޮއިންޓް : އަލީ ޤާސިމް
- ޒުވާނުން ތަމްސީލު ކުރާ މެމްބަރު : އަބޫބަކުރު ހުސައިން
- އަންހެނުން ތަމްސީލު ކުރާ މެމްބަރު : ހޮވާފައި ނުވޭ
- އެކްޓެންޝަން ލިންކް ފާރމަރ : ހޮވާފައި ނުވޭ
ބޯޑަށް އައި ބަދަލަކީ ކޮބާ؟
ބޯޑްގެ ކައުންސިލްގެ ފޯކަލް ޕޮއިންޓް ފިޔަވައި އެހެން ހުރިހާ މަޤާމެއްގެ މެމްބަރުން ބަދަލުކޮށްފައިވެއެވެ. ފުރަތަމަ ޗެއަރޕާސަން އަށް ބަދަލު ނުގެނެސް އެކްޓެންޝަން ފާރމަރގެ މަޤާމް އުވާލައި ލީޑް ދެ ފާމަރ ހޮވިއެވެ. އަދި ޔޫތް ރެޕްރެޒެންޓޭޓިވް މަޤާމުން ވަކިކުރުމަށްފަހު އައު މެމްބަރެއް ހޮވިއެވެ. އަދި ހަމައެހެންމެ އަންހެނުން ތަމްސީލު ކުރާ މެމްބަރަކާއި ސެކްރެޓަރީގެ މަޤާމުގައި ހުރި ފަރާތުން މަޤާމަށް އެހެން ފަރާތަކުން ކުރިމަތިލުމުން ސެކްރެޓަރީ އިސްތިއުފާ ދެއްވައި އައު ސެކްރެޓަރީ އެއްވެސް ހޮވިއެވެ. އެހެންނަމަވެސް މެމްބަރުންގެ މެދުގައި އިތުރަށް މަޝްވަރާކުރުމަށްފަހު ޗެއަރޕާސަން އާއި އެއް ލީޑް ފާމަރ އިސްތިއުފާ ދިނެވެ. އަދި އައު މެމްބަރުންތަކެއް އައްޔަނު ކުރެވުނެވެ. ހާޒިރުވި މެމްބަރުންގެ އަދަދަކީ 25 އެވެ. މިހުރިހާ މެމްބަރުން އައްޔަނު ކުރެވުނީ ހާޒިރުވި މެމްބަރުންގެ އަޣުލަބިއްޔަތުނެވެ. މިހާރުގެ ބޯޑުގެ މެމްބަރުންނަކީ،
- ޗެއާޕާސަން : ހަފްސާ ޤާސިލް
- ސެކްރެޓަރީ : މާރިޔަތު ހަސަން
- ލީޑް ފާރމަރ 1 : އަައިމިނަތު ވަހީދާ
- ލީޑް ފާރމަރ 2 : ހަސަން މުޙައްމަދު
- އަންހެނުން ތަމްސީލުކުރާ : އައިޝަތު ވަހީދާ
- ޒުވާނުން ތަމްސީލުކުރާ : ސަޢުދުﷲ ޙުސައިން
މީގެ އިތުރުން ކައުންސިލްގެ ފޯކަލް ޕޮއިންޓް : އަލީ ޤާސިމް