ކުމުންދޫ ކައުންސިލާއި އަދި މީގެ ކުރިން ކުމުންދޫ އޮފީހުން ދޫކޮށްފައިވާ ގޯތި ތަކުގެ ތެރެއިން މީހުން އުޅެ އެ ގޭގެ ވެރިން ނިޔާވުމާއި ގުޅިގެން އެ ގޯތިތައް ފަޅުވެފައިވެއެވެ. ބައެއް ގޯތިތަކަކީ ރަށުގެ މެދުތެރޭގައި ނުވަތަ ރަށުގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުގައިވާ ގޯތިތަކަށް ވުމުން އެ ގޯތިތައް ފަޅުވެ ވީރާނާވުމުން އެ ސަރަޙައްދުގެ މީހުންނަށް އުނދަގޫވެއެވެ. އެހިސާބުގެ ރީތިކަން ގެއްލި ވާގަނޑެއް ގެ ކައިރީގައި އުފެދި ބަލިތައް ފަތުރާ ދިރޭތަކެތި އާލާވާ ސަރަޙައްދަކަށް އެ ގޯތިތައް ވެއެެވެ. އަދި ހިނގާ ބިނގާވާ މީހުން ނާއި ދުއްވާ މީހުންނަށް މަގު ބޭނުން ކުރަން އުނދަގޫވެެއެވެ. ކުމުންދޫ ކައުންސިލްގެ ވިސްނުން އެ ގޯތިކަށް ހައްލެއް ހޯދައިދިނުމަށެވެ.
