ކުމުންދޫ ސިއްހީ މަރުކަޒުން ހެލްތް މިނިސްޓްރީގެ އިސްވެރިންނާއި އާއި ބައްދަލުކޮށްފި

މިނިސްޓްރީ އިން ކޮށްފައިވާ ޕޯސްޓް އެއްގައި :

މަކުނުދޫ ދާއިރާގެ މެމްބަރު އާދަމް ޝަފީޤު އާއި ހދ. ކުމުންދޫ ޞިއްޙީ މަރުކަޒުގެ ވެރިން އަދި މިނިސްޓްރީގެ ސީނިއަރ މެނޭޖްމަންޓާއި ބައްދަލުކޮށް އެދާއިރާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ދެމުންގެންދާ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއިގުޅޭ ގޮތުން މަޝްވަރާކޮށްފި

24 ގަޑިއިރަށް ކުމުންދޫ ސިއްހީ މަރުކަޒު ބަދަލުކުރުމަށް މަޝްވަރާ ކުރެވިފައިވާނެ ކަމައް ލަފާ ކުރެވެއެވެ. ނަމަވެސް 24 ގަޑިއިރަށް ބަދަލު ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. ނަމަކަށް ބަދަލު ކުރުމުން ތަނަށް ލިބޭނެ ކުރިއެރުމެއް ނެތެވެ.

މިހާރުވެސް 16 ގަޑިއިރު ޚިދުމަތް ދެމުން ގެންދެއެވެ. އެއީ ހެނދުނު 8 އިން ރޭގނޑު 12 އަށެވެ. އެހެން ނަމަވެސް ހުންނަނީ އެންމެ ޑޮކްޓަރެކެވެ. ހުންނަ ޑޮކްޓަރގެ ޚިދުމަތް ވެސް ލިބޭނީ ވަކި ގަޑިތަކެއްގައެވެ. ހަވީރުން ފެށިގެން ރޭނގަޑު 8 ދޭތެރޭގައި ޑޮކްޓަރ ނުހުންނާނެއެވެ. އަދި 11 ގެ ފަހުންވެސް ޑޮކްޓަރ ނުހުރެއެވެ. ވުމާއެކު 24 ގަޑިއިރަށް ބަދަލު ކުރުމުންވެސް އެ ޑޮކްޓަރަށް ޖެހޭނީ ގުޅައިގެން ގެންނަންށެވެ. މިހާރުވެސް އެމަޖެންސީކޮށް ބަލިމީހުން ބަލާ ގޮތާއި މާބޮޑު ތަފާތެއް ނެތެވެ.

ދެން، މުވައްޒަފުންގެ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ބައެއް ޔުނިޓްތަކުގެ މުވައްޒަފުން މަދުވުމުގެ ސަބަބުން އެތައް މުވައްޒަފުންނަށް ޝިފްޓް ޑިއުޓީ ކުރުން ވަނީ އުނދަގޫ ހުރި ކަމަކަށެވެ. ތަނަށް އެކަށީގެންވާ މުވައްޒަފުން މިހާރުން މިހާރަށްވެސް ބޭނުމެވެ.

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ