ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު ހުސްވުމާއި ގުޅިގެން ބޭއްވުމަށް ހަމޖެހިފައިވާ 8 ފެބްރުއަރީ ގެ އިންތިޚާބަށް ކުރިމަތިލައިފައި ވަނީ ހަމައެކަނި މުޙައްމަދު ވަޙީދު، ގުރަހަލި / ހދ. ހިރިމަރަދޫ ކަމުގައިވާތީ އެ މަގާމަށް އިންތިޚާބު ވީއެވެ.
މުޙައްމަދު ވަޙީދު އަކީ ހދ ހިރިމަރަދޫ ކައުންސިލްގެ ރައީސްއެވެ. އަދި ހަމައެހެންމެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ކަންވެސް އިންތިޚާބުވުމާއި ހަމައަށް ފުރަމުން އައި އަދި ހަމަ އެގޮތަށް ކައުންސިލްގެ ހިންގުންވެސްއަތޮޅު ކައުންސިލްގެ ރައީސް ނެތުމުން ފުރަމުން އައި ބޭފުޅެކެވެ.
ހުވާ ކުރުން އޮތީ އިއްޔެ (21 ޑިސެމްބަރ 2025) ގައި ހދ. ކުޅުދުއްފުށީގައެވެ.
ރައްޔިތުންގެ މަޢުލޫމާތު
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް މުޙައްމަދު ވަޙީދު އިންތިޚާބުވެފައިވާކަން އަތޮޅު ކައުންސިލުގެ ފަރާތުން ގެޒެޓްވެސް އަދި ފޭސްބުކް މެދުވެރިކޮށްވެސް އަދި ވެބްސައިޓް މެދުވެރިކޮށްވެސް ހިއްސާ ކޮށްފައެއް ނުވެއެވެ. ހަމައެކަނި އިލެކްޝަން ކޮމިޝަނުން ކޮށްފައިވާ ބައި އިލެކްޝަންތަކުގެ އެތައް އިއުލާނެއް ތެރެއިން އެއް އިއުލާނުގައި ވެއެވެ.
އަތޮޅު ކައުންސިލްގެ ފަރާތުން ހުވައި ކުރުގެ ރަސްމިއްޔާތުގައި ރައްރަށުން ހަމައެކަނި ބައިވެރިކޮށްފައިވަނީ އެ ރަށެއްގެ ކައުންސިލްގެ ރައީސް އެކަނިއެވެ. ދެން ވީޑިއޯއިން ފެންނަން ތިބީ އަތޮޅު ކައުންސިލްގެ މުވައްޒަފުންނެވެ. އެއްވެސް ގޮތަކަށް ރަށްރަށުގެ ރައްޔިތުންނަށް އަތޮޅު ކައުންސިލްގެ ރައީސް ހުވައި ކުރަން އުޅޭކަންވެސް ނާންގައެވެ. ހުވައި ކުރުމަށްފަހު ކޮށްފައިވާ ފޭސްބުކް ޕޯސްޓް ތަކުން އެއްބައި ރައްޔިތުންނަށް އިންތިޚާބު ނޯންނާނެކަންވެސް އެނގުނީ އިއްޔެއެވެ.
އަތޮޅު ކައުންސިލްގެ ރައީސް ވޯޓަށް ރަށްރަށަށް ދާންނުޖެހުމުން އިންތިޚާބު ވުމުންވެސް ރަށްރަށަށް ޒިޔާރަތެއް ނުކޮށްލިއެވެ. ހުވައި ކުރުމަށްފަހުވެސް ޒިޔާރަތެއް ކުރިއަށް އޮތް ކައިރި މުސްތަގުބަލުގައި ކުރުމަކީ ނާދިރު ކަމެކެވެ.

