ހދ އަތޮޅު ކައުންސިލުން ކޮށްފައިވާ ފޭސްބުކް ޕޯސްޓްއަކުން އެނގޭ ގޮތުގައި 2025 ވަނަ އަހަރު ހދ އަތޮޅު ޒުވާނުންނަށް މިއަހަރު ވޮލީ ބޯޅަ މުބާރާތެއް ފިރިހެން އަދި އަންހެން ވަކިން ބާއްވައި ދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އަތޮޅު ޤުރްއާން މުބާރާތް ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ފިރިހެނުންނަށް ބޭއްވި ތިލަދެކުނު ފުޓްބޯޅަ މުބާރާާތާއި އަންހެނުންނަށް ބޭއްވި ތިލަދެކުނު ފުޓްސެލް މުބާރާތް ބާއްވާނެ ކަމުގެ އުންމީދެއް މި ޕޯސްޓްއިން ނެތެވެ. ވުމާއި އެކު ފުޓްބޯޅަ/ފުޓްސެލްގެ ބަދަލުގައި މިއަހަރު އޮތީ ވޮލީއެވެ.
