ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްކަމަށް ޢަބްދުﷲ އަސްލަމް އިންތިޚާބު ކުރައްވައިފި

ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސްކަން ކުރަމުން އައި މުޙައްމަދު ވަޙީދު، އަތޮޅު ކައުންސިލްގެ ރައީސަކަށް އިންތިޚާބުވުމާ ގުޅިގެން ހުސްވެފައިވާ ނާއިބު ރައީސް އިންތިޚާބު ބާއްވާފައިވަނީ ހދ އަތޮޅު ކައުންސިލްގެ ރައީސްގެ ހުވާކުރުމަށްފަހު އެދުވަހު ބޭއްވުނު 159 ވަނަ ޢާންމު ބައްދަލު ވުމުގައެވެ. އަތޮޅު ކައުންސިލުގެ ރައީސްގެ ހުވައި ކުރުން އޮތީ 20 ޖަނަވަރީ 2024 ވަނަ ދުވަހުގައެވެ.

މި ބައްދަލުވުމުގައި ނާއިބު ރައީސްގެ މަޤާމަށް ކުރިމަތިލެއްވުމަށް ފުރުޞަތު ހުޅުވާލެއްވުމުން މިމަޤާމަށް ކުރިމަތި ލައްވާފައިވަނީ ޢަބްދުﷲ އަސްލަމް އެކަނި ކަމުގައި އަތޮޅު ކައުންސިލުން މައުލޫމާތު ދެއެވެ. މި މަޤާމަށް ޢަބްދުﷲ އަސްލަމް އިންތީޚާބު ކުރައްވާފައި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 11 މެންބަރުންގެ އިއްތިފާޤުންނެވެ. ބައްދަލުވުމުގައި ބައިވެރި ނުވަނީ ހަނިމާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަނާއި ވައިކަރަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޒާމިރެވެ.

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ