މުޙައްމަދު ވަޙީދު، ގުރަހަލި / ހދ. ހިރިމަރަދޫ ހދ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިޚާބުވީ، ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ ހަމައެކަނި އެފަރާތުން ކަމުގައިވާތީއެވެ. މުޙައްމަދު ވަޙީދު އިންތިޚާބާއި ކުރިމަތިލީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ފަރާތުންނެވެ. މުޙައްމަދު ވަޙީދަކީ ހދ. ހިރިމަރަދޫ ކައުންސިލްގެ ރައީސްއެވެ.
ވުމާއިއެކު ހދ ހިރިމަރަދޫ ކައުންސިލްގެ ރައީސްގެ މަޤާމު ހުސްވީއެވެ. ހިރިމަރަދޫ ރައްޔިތުން ހިރިމަރަދޫ ކައުންސިލަށް ހޮވާފައިވާ ރައީސް އެހެން މަޤާމަކަށް ހޮވުމުން ހިރިމަރަދޫ ރައްޔިތުން އަނެއްކާ ހިރިމަރަދޫ ކައުންސިލްގެ ރައީސް ހޮވުމަށް އިންތިޚާބެއް ބާއްވަންވީއެވެ.
