ހދ. އަތޮޅު ކައުންސިލްގެ ރައީސް ކަމުގެ މަޤާމް ހުސްވެފައި އެކު އިލެކްޝަން ކޮމިޝަނުގެ ފަރާތުން މިއިންތިޚާބައްވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކޮށްފައެވެ. އެގޮތުގެ މަތީން ހދ އަތޮޅުގައި ވޯޓް ދިނުމުގެ ހައްގު އޮތް 20009 މީހަކު އެބަ ތިއްބެވެ. އެއިގެ ތެރެއިން ހދ ކުމުންދޫގެ 1141 ފަރާތެއް ހިމެނެއެވެ. އާބާދީގެ ގޮތުން 1500 އެއްހާ ރައްޔިތުންގެ ތެރެއިން މިފަހަރުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްޤު އޮތް ފަރާތްތަކަކީ މިއެވެ. މިލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު 4 ޖަނަވަރީ 2025 އާއި ހަމައަށް އޮންނާނެއެވެ ޝަކުވާ ހުށައެޅުމަށް އިލެކްޝަންސްގެregistration@elections.gov.mv އީމެއިލްއަށް އީމެއިލް ފޮނުވާށެވެ.
އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ 08 ފެބްރުއަރީ 2025 ގައެވެ. އެއީ ހޮނިހިރު ދުވަހެކެވެ. ޖެހިގެން އޮތް އާދިއްތަ ދުވަހަކީ ސަރުކާރު ބަންދުދުވަހެއް ނޫން ކަމުން ވޯޓުލުމަށްފަހު ޖެހިގެން އަންނަ ދުވަހު އޮފީސްތައް ހުޅުވޭނެއެވެ. ވަކި ގޮތަކަށް ސަރުކާރުން ނުނިންމާހާ ހިނދަކުއެވެ. ވޯޓް ލުމާއި މެދު އޮތީ ބާކީ މަސްދުވަހަކާއި 13 ދުވަހެވެ. ވުމާއިއެކު މިއީ ވަރަށް ވަގުތު ކުޑަކޮށް ބޭއްވޭ އިންތިޚާބެކެވެ.
މިއިންތިޚާބުގައި ބައިވެރި ވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. ސުންގަޑިއަކީ ޖަނަވަރީ 06 ވާ ހޯމަ ދުވަހުގެ 14:00 އެވެ.އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު މެއިލްކުރާނީ ކޮމިޝަނުގެ candidacy@elections.gov.mv މެއިލަށެވެ. ބައިވެރިވުމަށް 1500.00 ރުފިޔާ ދައްކަން ޖެހޭނެއެވެ.
މީގެ އިތުރުން މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2025 ފެބުރުވަރީ 09 ވާ އާދީއްތަ ދުވަހުއެވެ.