މިރޭ 10:30 ގައި ގޯލްޑަން ފުޓްސެލްގެ ހދ އަތޮޅުގެ ސެމީގެ ދެ މެޗް ކުރިއަށް ދާނެއެވެ. ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ނޭކުރެންދޫ އާއި ކުމުންދޫއެވެ. މި މެޗް އޮންނާނީ ގްރައުންޑް އެކެއްގައެވެ. އަދި ގްރައުންޑް ދެއެއްގައި ނެއްލައިދޫ ބައްދަލުކުރާނީ މަކުނުދޫ އާއިއެވެ. ކުމުންދޫ ޓީމް މުބާރާތުގައި ކުރިއަށް ދިއުމަށްޓަކައި މި މެޗަކީ ކާމިޔާބު ކުރަންޖެހޭ މެޗެކެވެ.
މެޗް ތަކުގެ މައުލޫމާތު
ނޭކުރެންދޫ – ކުމުންދޫ
ނޭކުރެންދޫ 1 – ކުމުންދޫ 1 ފުރަތަމަ ހާފް ނިމުނު އިރު
ފަސްވަނަ މިނެޓް ގައި ކުމުންދޫ ލިބުނު ޕެނަލްޓީ ފޮނުވާލީ ކުމުންދޫ ޓީމްގެ ކެޕްޓަން ފަހުމާނެވެ. ނަމަވެސް ނޭކުރެންދޫ ކީޕަރުވަނީ ދިފާއުކޮށްފައިވެއެވެ.
ދިހަ ވަނަ މިނެޓުގައި ނޭކުރެންދޫގެ އިފާޒް ފުރަތަމަ ގޯލް ކާމިޔާބު ކުރިއެވެ.
ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ކުމުންދޫގެ އަހްމަދު ޝަރީފް އިން މެޗްގެ ސްކޯރ އެއްވަރު ކުރިއެވެ.
ނޭކުރެންދޫ 2 – ކުމުންދޫ 1 މެޗް ނިމުނު އިރު
ނޭކުރެންދޫ ޓީމްއިން ދެވަނަ ހާފްގެ ތިންވަނަ މިނެޓްގައި ނޭކުރެންދޫގެ ވިލްފް ނޭކުރެންދޫއަށް 2 ވަނަ ގޯލު ކާމިޔާބު ކޮށްދިނެވެ.
މެޗްގެ އެންމެ ފަހު ސިކުންތު ކޮޅުގައި ނޭކުރެންދޫ ޓީމުންް ހަވަނަ ފައުލް ކުރުމުން ލިބުނު ދުރު ޕެނަލްޓީވެސް ވަނީ ނޭކުރެންދޫ ޓީމްގެ ކީޕަރ ދިފާއު ކޮށްފައެވެ.
ނެއްލައިދޫ – މަކުނުދޫ
ނެއްލައިދޫ 3 – މަކުނުދޫ 0 ފުރަތަމަ ހާފް ނިމުނު އިރު
ނެއްލައިދޫ 6 – މަކުނުދޫ 0 މެޗް ނިމުނު އިރު
ހދ އަތޮޅުގެ ފައިނަލްގައި ބައްދަލުކުރާނީ ނޭކުރެންދޫ އާއި ނައިވާދޫއެވެ.