ކުމުންދޫގެ ޓީމް ގޯލްޑަން ފުޓްސެލް ޗެލެންޖްގެ ހދ އަތޮޅުގެ ސެމީއަށް

ކުމުންދޫ ޓީމް ސެމީގެ ޖާގައެއް އުނދަގޫ ކަމާއި އެކުގައި ހޯދައިފިއެވެ.

ކުމުންދޫގެ ޓީމް ގްރޫޕްގެ ފަހު މެޗްގައިި ބައްދަލު ކުރީ ގްރޫޕްގެ އެއްވަނައިގައި އޮތް ނައިވާދޫގެ ޓީމާއެވެ. އަދި ވައިކަރަދޫ ބައްދަލު ކުރީ މުބާރާތުގެ ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފައިވާ ނޮޅިވަރަން އާއެވެ.

މެޗްތައް ކުރިއަށް ދިއަގޮތް

 

ފުރަތަމަ ހާފްގެ ފުރަތަމަ ފަސްމިނެޓް

ކުމުންދޫ-ނައިވާދޫ : ދެ ޓީމު ވެސް 0-0 އިން އެއްވަރުވެފައި

ވައިކަރަދޫ-ނޮޅިވަރަން : މެޗްގެ ދެވަނަ މިނެޓުގައި ނޮޅިވަރަން އިން ލަނޑެއް ކާމިޔާބު ކުރިއެވެ. ސްކޯރ 0-1 ނޮޅިވަރަމް ކުރީގައެވެ.

ފުރަތަމަ ފަސް މިނެޓްގައި ކުމުންދޫގެ މެޗް އެއްވަރު ވެފައިވާތީ ސެމީ ފައިނަލްގެ ޖާގަ މިހާ ހިސާބުން ލިބެނީ ކުމުންދޫ އަށެވެ.

 

ފުރަތަމަ ހާފްގެ ދިހަ މިނެޓް ކުޅެވުނު އިރު

ކުމުންދޫ-ނައިވާދޫ : މެޗްގެ ފުރަތަމަ ހާފްގެ 6 ވަނަ މިނެޓުގައި ނައިވާދޫގެ ވިޝާމް ލަނޑެއް ކާމިޔާބު ކޮށް، މެޗްގެ ސްކޯރ 0-1 އަށް ބަދަލު ކޮށްލިއެވެ.

ވައިކަރަދޫ-ނޮޅިވަރަން : މެޗްގެ 5 ވަނަ މިނެޓުގައި ނޮޅިވަރަން އިން ޓީމުގެ ދެވަނަ ގޯލް ކާމިޔާބު ކުރިއެވެ. ވައިކަރަދޫ އަށް 8 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރިއެވެ.

ކުމުންދޫގެ މެޗްގެ މިހާ ހިސާބުގައި ކުމުންދޫ ބަލިވެފައިވާތީ ދެން ބަލަން ޖެހެނީ ވައިކަރަދޫގެ މެޗްއަށެވެ. ވައިކަރަދޫގެ މެޗް އިން ވައިކަރަދޫ ބަލިވެފައިވާތީ ކުމުންދޫ ސެމީއަށް ދާނެއެވެ.

 

ފުރަތަމަ ހާފް ނިމުމަށް ފަސްމިނެޓްއަށް ވި އިރު

ކުމުންދޫ-ނައިވާދޫ : މެޗްގެ ފުރަތަމަ ހާފްގެ 14 ވަނަ މިނެޓުގައި ނައިވާދޫގެ އައްމަޑޭ ލަނޑެއް ކާމިޔާބު ކޮށް، މެޗްގެ ނައިވާދޫގެ ލީޑް ފުޅާކޮށްދިނެވެ. އެހެންކަމުން ސްކޯ އަކީ 0-2 އެވެ.

ވައިކަރަދޫ-ނޮޅިވަރަން : މެޗްގެ ސްކޯރ 1-2 ގައި ނޮޅިވަރަން ކުރީގައި:

ވުމާއި އެކު ކުރިންވެސް އޮތް ގޮތަށް ކުމުންދޫ ސެމީއަށް ދާނެއެވެ.

 

ފުރަތަމަ ހާފް ނިމުނު އިރު

ކުމުންދޫ-ނައިވާދޫ : ސްކޯ އަކީ 0-2 އިން ނައިވާދޫ ކުރީގައި އެވެ.

ވައިކަރަދޫ-ނޮޅިވަރަން : މެޗްގެ ފުރަތަމަ ހާފްގެ 18 ވަނަ މިނެޓުގައި ނޮޅިވަރަން އިން ލަނޑެއް ކާމިޔާބު ކުރުމުން މެޗްގެ ސްކޯރ 1-3 އަށް ބަދަލު ވެގެން ދިޔައެވެ. ނަމަވެސް ޖެހިގެން އައި މިނެޓުގައި ވައިކަރަދޫ އިން ގޯލެއް ކާމިޔާބު ކޮށް ސްކޯރ 2-3 އަށް ބަދަލު ކޮށްލިއެވެ.

ކުމުންދޫގެ މެޗްގެ ފުރަތަމަ ހާފް ނިމުނު އިރުވެސް ކުމުންދޫ ބަލިވެފައިވާތީ އާއި ވައިކަރަދޫގެ މެޗް އިން ވައިކަރަދޫ ބަލިވެފައިވާތީ ކުމުންދޫ ސެމީއަށް ދާނެއެވެ.

 

ދެވަނަ ހާފްގެ ފުރަތަމަ ފަސްމިނެޓް

ކުމުންދޫ-ނައިވާދޫ : ދެވަނަ ހާފްގެ 2 ވަނަ މިނެޓުގައި ނައިވާދޫގެ ޝާއިފް ކާމިޔާބު ކުރި ލަނޑާއި އެކު މެޗްގެ ސްކޯރ 0-3 ބަދަލު ވިއެވެ.

ވައިކަރަދޫ-ނޮޅިވަރަން : ސްކޯރ 2-3 އިން ނޮޅިވަރަން ކުރީގައެވެ.

ވުމާއި އެކު ފުރަތަމަ ހާފް އެކޭ އެއްގޮތަށް ކުމުންދޫއަށް މެސީގެ ޖާގަ ލިބޭނެއެވެ.

 

ދެވަނަ ހާފްގެ ދިހަ މިނެޓު ކުޅެވުނު އިރު

ކުމުންދޫ-ނައިވާދޫ : ދެވަނަ ހާފްގެ 6 ވަނަ މިނެޓުގައި ނައިވާދޫގެ ޝާއިން ކާމިޔާބު ކުރި ލަނޑާއި އކު މެޗްގައި ނައިވާދޫއިން 4 ލަނޑުގެ ލީޑެއް ނެގިއެވެ.

ވައިކަރަދޫ-ނޮޅިވަރަން : ދެވަނަ ހާފްގެ 6 ވަނަ މިނެޓުގައި ވައިކަރަދޫ އިން ލަނޑެއް ކާމިޔާބު ކޮށް މެޗްގެ ނަތީޖާ އެއްވަރު ކުރިއެވެ. ސްކޯރ އަކީ 3-3 އެވެ. އަދި ނުވަވަނަ މިޓުގައި އިތުރު ލަނޑެއް ވައިކަރަދޫ އިން ކާމިޔާބު ކޮށް މެޗްގެ ސްކޯރ 4-3 އަށް ބަދަލު ކޮށްލިއެވެ.

ކުމުންދޫގެ މެޗް އިން 4 ލަނޑުން ބަލިވުމާއި އަދި ވައިކަރަދޫގެ މެޗް އިން ވައިކަރަދޫ 1 ލަނޑުގެ ތަފާތުން މޮޅުވެފައިވީ ނަމަވެސް 2 ފައިދާ ގޯލްގެ ތަފާތުން ކުމުންދޫ ސެމީއަށް ދާނެއެވެ. ވައިކަރަދޫ އިން އިތުރު 2 ލަނޑު ކާމިޔާބު ކުރުމުން ސެމީއަށް ދާނީ ވައިކަރަދޫ އެވެ.

 

ދެވަނަ ހާފް ނިމުމަށް ފަސްމިނެޓްއަށް ވި އިރު

ކުމުންދޫ-ނައިވާދޫ : ދެވަނަ ހާފްގެ 11 ވަނަ މިނެޓުގައި ކުމުންދޫގެ ފަހުމާނު ކާމިޔާބު ކޮށްދިން ލަނޑާއި އެކު މެޗްގެ ނައިވާދޫގެ ލީޑް ކުޑަކޮށް ދިނެވެ. މެޗްގެ ސްކޯރ 1-4 ބަދަލުވެފައި ވަނިކޮށް މެޗްގެ 14 ވަނަ މިނެޓުގައި ކުމުންދޫގެ ޝަރީފް ކާމިޔާބު ކޮށްދިން ލަނޑާއި އެކު ކުމުންދޫ-ނައިވާދޫ މެޗްގެ ސްކޯރ 2-4 އަށް ބަދަލު ވެގެން ދިއައެވެ.

ވައިކަރަދޫ – ނޮޅިވަރަން : މެޗްގެ އެގާރަ ވަނަ މިނެޓުގައި ވައިކަރަދޫ އިން އިތުރު ލަނޑެއް ކާމިޔާބު ކޮށް ސްކޯރ 5-3 އަށް ބަދަލު ކޮށްލިއެވެ.

މެޗްގެ ސްކޯތައް ބަދަލު ވީނަމަވެސް ސެމީގެ ޖާގަ ކުމުންދޫ އަށް 3 ގޯލްގެ ތަފާތުން ލިބިގެން ދެއެވެ.

 

މެޗް ނިމުނުއިރު

ކުމުންދޫ-ނައިވާދޫ : މެޗް ނިމުނީ ކުމުންދޫ – 2 އަދި ނައވާދޫ – 4 އެއްގެ ނަތީޖާ އަކުންނެވެ.

ވައިކަރަދޫ-ނޮޅިވަރަން : މެޗްގެ 16 ވަނަ މިނެޓުގައި ވައިކަރަދޫ އިން ކާމިޔާބު ކުރި ލަނޑާއި އެކު ސްކޯރ 6-3 އަށް ބަދަލުވެ 3 ގޯލުގެ ލީޑެއް ނެގިއެވެ. އަދި 19 ވަނަ މިނެޓުގައި ވައިކަރަދޫ އިން އިތުރު ލަނޑެއް ކާމިޔާބު ކޮށް ސްކޯރ 7-3 އަށް ބަދަލު ކޮށްލިއެވެ. ނަމަވެސް މެޗް ނިމެންދަނިކޮށް ނޮޅިވަރަން އިން ކާމިޔާބު ކުރި ލަނޑާއި އެކު މެޗް ނިމިގެން ދިޔައީ 7-4 އިން ވައިކަރަދޫ އިން މެޗް ކާމިޔާބު ކޮށްގެންނެވެ.

މެޗް ނިމުނު އިރު ވައިކަރަދޫ އިތުރު ދެ ލަނޑު ކާމިޔާބު ކުރިނަމަވެސް ނޮޅިވަރަމް އިން ލަނޑެއް ކާމިޔާބު ކޮށްފައިވާތީ ކުމުންދޫ ސެމީ އަށް ދިއައީ ފައިދާ ދެ ގޯލްގެ ތަފާތުން ވައިކަރަދޫ އަށްވުރެ އިތުރަށް ކާމިޔާބު ކޮށްފައިވާތީއެވެ.

 

ކުރިއަށް ހުރި މެޗްތައް

ހދ އަތޮޅުގެ ސެމީގެ ފުރަތަމަ މެޗް ގައި 27 ޖަނަވަރީގެ ރޭނގަޑު 10:30 ގައި ނޭކުރެންދޫ އިން ބައްދަލު ކުރާނީ ކުމުންދޫ އާއި އެވެ. އަދި ހަމަ އެގަޑީގައި ނައިވާދޫ އިން ބައްދަލު ކުރާނީ މަކުނުދޫ އާއި އެވެ. މި ދެމެޗް ކާމިޔާބު ކުރާ ދެ ޓީމް 1 ފެބްރުއަރީގެ ރޭނގަޑު 8:00 ގައި ހދ އަތޮޅުގެ ފައިނަލްގައި ބައްދަލު ކުރާނެއެވެ. ނަމަވެސް ފައިނަލް މެޗް ކާމިޔާބު ނުވިނަމަވެސް މުބާރާތުގައި ކުރިއަށް ދެވޭނެއެވެ. ދެ ޓީމް ޒޯން 1 ގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެއެވެ.

 

ގްރޫޕް 2 ގެ ޕޮއިންޓް ޓޭބަލް
ގްރޫޕް 1 ގެ ޕޮއިންޓް ޓޭބަލް
ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ