ގޯލްޑަން ފްޓެސްލެގެ ޓީމްތަކުގެ ތިންވަނަ ފަހަރަށް ބައްދަލު ކުރި މެޗްތައް ނިމި ޕޮއިންޓް ތާވަލަށް ބަދަލު އައިސްފި

ކުރިންވެސް އަންދާޒާ ކުރެވުނު ގޮތަށް ހދ އަތޮޅުގެ ދެވަނަ ގްރޫޕްގެ އެއްވަނަ ޓީމަކަށް ނައިވާދޫ އައިސް ފައިވާ އިރު، ކުމުންދޫ އިން އެއް ރޭންކް ފަހަތައް ޖެހި ޕޮއިންޓް ތާވަލްގެ ދެވަނަ އަށް ޖެހިއްޖެ އެވެ. ކުރިން ޕޮއިންޓް ތާވަލްގެ 4 ވަނައިގައި އޮތް ވައިކަރަދޫ މޮޅުވެ 3 ވަނަ އަށް ޖެހިލި އިރު، އަދި ބޮޑު ތަފާތަކުން ބަލިވުމާއި އެކު ނޮޅިވަރަމް 4 ވަނައަށް ވެއްޓިއްޖެއެވެ.

17 ޖަނަވަރީ ގައި މިގްރޫޕް އިން ކުޅޭ މެޗްތަކަށް ބަލާއިރު ނައިވާދޫ އާއި ނައްލައިދޫ އާއި ކުޅޭ މެޗްއާއި ކުމުންދޫ އާއި ނޮޅިވަރަމް އާއި ބައްދަލު ކުރާނެއެވެ.

މީގެ ތެރެއިން ނައިވާދޫ އަކީ ކުޅުނު ދެ މެޗް ކާމިޔާބު ކޮށް ތާވަލުގެ އެއްވަނައިގައި އޮތް ޓީމެވެ. އަދި ނެއްލައިދޫ އަކީ ކުޅުނު ތިން މެޗްއިން ވެސް ބަލިވެ ހދ ގެ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލިފައިވާ ހަމަ އެކަނި ޓީމެވެ. ކަޅާފައިވުމާއި އެކު ނެއްލައިދޫ އިން ޓީމްގެ ބެންޗް ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ވިސްނުން ހުރިނަމަ ނައިވާދޫ އަށް ފަސޭހަ މޮޅެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

ދެވަނަ މެޗްގައި ކުމުންދޫ އާއި ނޮޅިވަރަމް ބައްދަލު ކުރާ މެޗް އަށް ބަލާއިރު ދެ ޓީމުންވެސް މީގެ ކުރިން ނެއްލައިދޫ އަތުން މޮޅުވެފައިވެއެވެ. ވުމާއި އެކު މި މެޗް ވާނީ ދެ ޓީމަށްވެސް ފޯރިގަދަ އަދި މުބާރާތުގައި ކުރިއަށް ދިއުމަށް މުހިންމު މެޗްއަކަށެވެ.

މިހާރުގެ ޕޮއިންޓް ތާވަލް

17 ވަނަ ދުވަހުގެ މެޗް އަށް ފަހު ޕޮއިންޓް ތާވަލް އަންދާޒާ ކުރެވޭގޮތް

1 ވަނައިގައި ނައިވާދޫ 9 ޕޮއިންޓާއިއެކު

2 ވަނަ އަށް ކުމުންދޫ-ނޮޅިވަރަމް އިން މޮޅުވާ ޓީމެއް އަދި އެއްވަރު ވެއްޖެނަމަ ކުމުންދޫ

3 ވަނަ އަށް ކުމުންދޫ-ނޮޅިވަރަމް މެޗް އިން އެއްވަރު ވެއްޖެ ނަމަ ނޮޅިވަރަމް، ކުމުންދޫ މޮޅުވެއްޖެނަމަ ވައިކަރަދޫ، ނޮޅިވަރަމް 4 ލަނޑަށް ވުރެ މަދުން ޖަހައި މޮޅު ވެއްޖެ ނަމަ ކުމުންދޫ 5 ލަނޑަށް ވުރެ ގިނަ ނަމަ ވައިކަރަދޫ

4 ވަނަ އަށް ކުމުންދޫ-ނޮޅިވަރަމް މެޗް އިން އެއްވަރު ވެއްޖެ ނަމަ ވައިކަރަދޫ، ވަނަ އަށް ކުމުންދޫ-ނޮޅިވަރަމް މެޗް އިން ނޮޅިވަރަމް 5 ލަނޑަށް ވުރެެ ގިނަ ގޯލްގެ ތަފާތުބް ނޮޅިވަރަމް މޮޅުވެއްޖެ ނަމަ ކުމުންދޫ، ކުމުންދޫ މޮޅު ވެއްޖެ ނަމަ ނޮޅިވަރަމް

5 ވަނައިގައި ނެއްލައިދޫ އެއްވެސް ޕޮއިންޓެއް ނުލިބި

 

ކުމުންދޫ އަށް ޕޮއިންޓް ތާވަލްގެ އެއްވަނަ ލިބެން އަންނަނީ ވަރަށް ނާދިރު ގޮތަކަށެވެ. އެއީ؛

  • ނައިވާދޫ-ނެއްލައިދޫ މެޗް އިން ނެއްލައިދޫ ބަލިވެ ކުމުންދޫ މެޗް ކާމިޔާބުކުރުން. ނުވަތަ،
  • ނައިވާދޫ-ނެއްލައިދޫ މެޗް އެއްވަރުވެ 7 ގޯލްގެ ތަފާތުން ކުމުންދޫ މޮޅުވުން
ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ