ކުމުންދޫ ޓީމުން ކުޅުނު ދެވަނަ މެޗް އިން އެއްވަރުވިނަމަވެސް ނައިވާދޫ އާއި ނޮޅިވަރަމް އަށް ވުރެ އެއް މެޗް އިތުރަށް ކުޅެގެން ޕޮއިންޓް ތާވަލުގެ އެއްވަނަ ހިފަހައްޓައިފިއެވެ. ކުމުންދޫ ޓީމުގެ ގޯލް ކާމިޔާބު ކޮށްދިނީ ޝިނާން އިބްރާހިމެވެ. އެކެއް އެކަކުން އެއްވަރު ވުމުގެ ސަބަބުން 13 ޖަނަވަރީ ގައި ނައިވާދޫ އާއި ނޮޅިވަރަމް ކުޅެގެން މޮޅުވާ ޓީމެއް ޕޮއިންޓް ޓޭބަލް އިން އެއްވަނައަށް ދާނެއެވެ. އަދި އެއްވަރު ވީނަމަވެސް ނައިވާދޫ އެއްވަނަ އަށް ދާނެއެވެ. ވުމާއި އެކު މެޗް ކޮންމެ ގޮތަކަށް ނިމުނު ކަމުގައިވީނަމަވެސް ކުމުންދޫ ޓީމް އަށް ޕޮއިންޓް ޓޭބަލް އިން ދެވަނަ ލިބޭނެއެވެ. މީގެ އިތުރުން އެއްވަނަ އަދި ދެވަނަ އަކަށް ވައިކަރަދޫ އަދި ނެއްލައިދޫ ކުޅޭ މެޗް އިން އިތުރު ބަދަލެއް ނާންނާނެއެވެ. އެ މެޗްއިން ޓީމެއް މޮޅުވުމާއި އެކު ބޮޑު ތަފާތަކުން ނޮޅިވަރަމް ނުވަތަ ނައިވާދު މޮޅުވެއްޖެ ނަމަ 3 ވަނައަށް ބަދަލު އަންނާނެއެވެ. ނޫންނަމަ އެއްވެސް ބަދަލެއް ނާންނާނެއެވެ.