ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވާ ކުމުންދޫ ޓީމް މެނޭޖްކޮށްދޭނެ ކުލަބު/ޖަމްޢިއްޔާ އެއް ހޯދުމަށް ހދ ކުމުންދޫ ކައުންސިލުން 24 ނޮވެންބަރު 2024 ގައި ކުރިި ދެވަނަ އިއުލާނުގައި ފުރަތަމަ އިއުލާނަށް އެއްވެސް ޕްރޮޕޯސަލެއް ހުށަހަޅާފައި ނުވާތީވެ އަލުން ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފައެވެ. ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި ކުރެވި ޖަމިއްޔާއިން ޕްރޮޕޯސަލް ހުށައަޅައިފައިވެއެވެ.
ކުމުންދޫ ކައުންސިލުން ކޮށްފައިވާ ފޭސްބުކް ޕޯސްޓްގައި ވަނީ :
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވާ ކުމުންދޫ ޓީމް މެނޭޖްކޮށްދޭނެ ކުލަބު/ޖަމްޢިއްޔާ އެއް ހޯދުމައް ކުރެވުނު ޢިއުލާނާއި ގުޅިގެން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހެޅި ކުރެވި ޖަމިއްޔާއާއި އެކު އެމްއޯޔޫގައި މިއަދު ވަނީ ސޮއިކުރެވިފައި، މިމުބާރާތުގައި ބައިވެރިވާ ޓީމްގެ 90 ޕަސެންޓް ޚަރަދުތަކެއް ހަމަޖެއްސުމައް ހަމަޖެހިފައިވަނީ ކުމުންދޫ ކައުންސިލުންނެވެ.


