ހދ. ކުމުންދޫ އީދު މިސްކިތް

އަޅުގަނޑާއި ރައްޔިތަކާއި ވާހަކަ ދެކެވުނު ވަގުތެކެވެ. ކަންދިމާ ކުރިގޮތަކީ އެތަނަކީ ކުމުންދޫ އީދު މިސްކިތް ކައިރިއެވެ. ދުވަހުގެ ގޮތުންނާއި ވެސް މެއެވެ. އަޅުގަނޑާާއި އެ ރައްޔިތުމީހާ ގެ ޝަކުވާއަކަށް ވީ:

ކޮބާހޭ ބޭނުމަކީ އީދުމިސްކިތުގެ ނަމުގައި މިތަން ހެދުމުގެ ބޭނުމެއް؟  މިތަން އުވިދާ ތަނެއް އުވެން ދޫކޮށްލާންވީނު! އެއިރުން ނިމުނީނު. އެހެން ރައްރަށުން އެކަމުން އާމްދަނީ ލިބޭ. މިރަށުން ލިބޭނީ ކޯއްޗެއް؟ ތި ހުރި ހއ.އުތީމު ގަނޑުވަރަށް  އަހަރެމެންނަށް ވަދެވެނީ 5 ރުފިޔާ ދީގެން. މިރަށަށް ކޮން ޓޫރިސްޓެއް އަންނާނީ. ކާކު ރުފިޔާ ދައްކާނީ ތިތަން ބަލަންށޭ ކިއާފަ؟

އެފަރާތުން އެގޮތައްވާހަކަ ދެއްކީ ކައުންސިލްގެ ފަރާތުން އީދު މިސްކިތުގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާތީވެއެވެ. ކައުންސިލުން އީދު މިސްކިތު މަރާމާތުގެ އިއުލާނު ކޮށްފައިވަނީ 12 ސެޕްޓެމްބަރ 2024 ގައެވެ. އެއިގައި ވަނީ ސަޤާފީ ތަރިކައިގެ ވަޤުތީ ލިސްޓުގައި ހިމެނިފައިވާ ކުމުންދޫ ޢީދު މިސްކިތް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމުގައެވެ. މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ތަކަކީ:

ކައުންސިލުންދޭ އީޓު ކުރެހުމާއި އެއްގޮތައް ފުރާޅުގައި ޖެހުމުގެ މަސައްކަތް ކުރުމާއި އެކުގައި އީދު މިސްކިތުގެ އެތެރޭގެ ރެނދުތަކުގެ މަރާމާތާއި ތަޅުން އެޅުމާއި އެކު ފުރާޅުގެ މައްޗައް ވާ ނިކަގަހުގެ އޮފިތައް ކޮށުމެވެ.

މިހާރުގެ އީދުމިސްކިތުގެ ހާލަތައް ބަލާކަމުގައި ވާނަމަ ވަނީ ވަރަށް ބޮޑަށް ވީރާނާވެ ނެތިދާން ގާތްވެފައެވެ. އީދު މިސްކިތާއި ޖެހިގެން ބޮޑު ނިކަގަހެއް ހުރި އިރު އެގަހުގެ ބޮޑެތި ގޮފިތައް ކޮށައި އީދު މިސްކިތް ކައިރީގައި އެބަހުއްޓެވެ. އަދި މީގެ އިތުރުން ކުމުންދޫ އީދު މިސްކިތް ހުރި ތަނުގެ ގޮތުން އީދު މިސްކިތް ވަނީ ސަހަރާގެ މެދައްވާކަހަލަ ގޮތަކަށެވެ. އީދު މިސްކިތުގެ ކުރިމަތީގައި ހުރި ފެންވަޅުވެސް ވަނީ ތަޅައިގެންގޮސް އަދި ސާފު ނުކޮށް ހުރުމުން ވީރާނާވެ ބޭނުން ނުކުރެވޭ ހިސާބުގައެވެ. މީގެ އިތުރުން އީދު މިސްކިތައް ވަންނަން އޮންނަ މަގުވެސް ވަނީ ވިނަ ފަޅައި ބިންމަތި އެކަށް ފޮރޮވޭވަރުވެފައެވެ. އަދި ވިނަ ގަސްފަޅައި ހެދެމުންދެއެވެ . އީދު މިސްކިތައް ބަލާއިރު މިސްކިތުގެ ފާރުތަކުގައި ރެނދުލުމާއި ލާފައި ހުރި އުވަގެ ކުލަ ފަނޑުވެގެން ދިއުމާއި ބިންމަތީގައިވާ ތަޅުމާއި އެހެނިހެން އެންމެހައި ތަކެތިވަނީ ހަލާކުވެގޮސް ނެތިފައެވެ. ހަމަ އެކަނި ހުރީ ހަތަރު ފާރާއި ކުޑަ ދޮރުތަކުގެ ލަކުޑިތަކެވެ

އީދު މިސްކިތް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުން
ކުމުންދޫ އީދުމިސްކިތު ފުރާޅުގެ ކުރެހުން
އީދު މިސްކިތު އުތުރު ފަރާތް
އީދު މިސްކިތު ދެކުނު ފަރާތް
އީދު މިސްކިތު ކުރިމަތީގައިވާ ފެންވަޅު
އީދު މިސްކިތުގެ މިހާރުގެ ހާލަތު
އީދު މިސްކިތު ހުޅަނގު އުތުރު ފަރާތުގައި ހުރި ނިކަގަހުން ކޮށާފައިވާ ގޮފިތައް
އީދު މިސްކިތު އުތުރު ފަރާތުގެ މަގުން އީދު މިސްކތް ފެންނަ ގޮތް

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ