ހދ ކުމުންދޫ ކައުންސިލް ވަށާފާރު މަސައްކަތް ނިމުމަކަށް އައިސްފި

ހދ ކުމުންދޫ ކައުންސިލްގެ ވަށާ ފާރުގެ އިއުލާން ކޮށްފައިވަނީ  15 އޮކްޓޫބަރު 2024 އެވެ. އަދި ވަށާ ފާރުގެ މަސައްކަތުގައި

ވަށާފާރު ރޭނުމާއި އެގޮތަށް ރޭނުމަށް ވަށާފާރުގެ ތަނބާއި ބެރި އެޅުމާއި ބުޑު އެޅުން ވެސް ހިމެނެއެވެ. މަސައްކަތް ނިންމުމުގެ ގޮތުން ވަށާފާރުގައި ކުލަ ލުންވެސް ހިމެނެއެވެ. ވަށާފާރު ރާނައި ނިމުމުން ކައުންސިލްގައި ގޭޓް ލުމާއި އަދި ދިދަ ޕޯސްޓްެއެއް ތައްޔާރު ކުރުންވެސް ހިމެނެއެވެ. އެހެންނަމަވެސް ކައުންސިލްގެ ވަށާފާރުވެ ބައެއް މަސައްކަތްތައް ތަފާތުވެފައި ވެއެވެ. އެއިގެ ތެރޭގައި ކައުންސިލްގެ ބިއްދޮތް ފަރާތުގެ ކައުންސިލް އަށް ވަދެވޭނެ ގޮތައް ހަދަމުންދާ ގޭޓަކާއި ކުމުންދޫ ސިއްޙީ މަރުކަޒާއި ދިމާލުގެ ފާރުގެ އުސްމިން ތިރި ކުރުން ހިމެނެއެވެ. އަދި ހަމަ އެހެންމެ އެއް ދިދަ ޕޯސްޓްއިން ދެ ދިދަ ޕޯސްޓް އަށްވެސް ވަނީ އިތުރު ކުރެވިފައެވެ.

 

ވަށާފާރުގެ މިންތަކާއި ކުރެހުންތައް
ދިދަ ޕޯސްޓްގެ މަސައްކަތް ކުރިއަށް ދަނީ
ކައުންސިލްގެ އިރުމަތި ފަރާތުގެ ފާރު
ކައުންސިލްގެ އިރުމަތި ފަރާތުގެ ފާރުގެ 2 ވަނަ ފޮޓޯ
ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ