އަކުއަ ފީޑް ސިސްޓަމް އެއް ކުރެވި ޖަމިއްޔާ އިން ހދ ކުމުންދޫގައި ބަހައްޓައިފި

ކުރެވި ޖަމިއްޔާއިން ބޭންކް އޮފް މޯލްޑިވްސްގެ ސްމޯލް ގްރާންޓް ސްކީމްގެ ހިލޭ އެހީގެ ދަށުން އަކުއާފީޑް ސިސްޓަމް އެއް ހދ. ކުމުންދޫގައި ބަހައްޓައިފިއެވެ.

މި އަކުއަފީޑް ސިސްޓަމް އަކީ ކުނީގެ ތެރެއިން މަސް މަހާމެހީގެ ކުނި ބޭނުން ކޮށްގެން މަސްކާނާ އުފައްދައިދޭނެ ސިސްޓަމެކެެވެ.

މިމަސައްކަތާއި ގުޅިގެން ކުރެވި ޖަމިއްޔާއިން ކޮށްފައިވާ ޕޯސްޓްގައި

ބޭންކް އޮފް މޯލްޑިވްސް އިން މިފަދަ ޕްރޮޖެކްޓް އެއް މިޖަމިއްޔާއަށް ދެއްވިކަމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ނުހަނު އިޚްލާސްތެރި ޝުކުރު ދަންނަވަމެވެ. އަދި ބޭންކް އޮފް މޯލްޑިވްސް ގެ ސްމޯލްގްރާންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވުނު މިޕްރޮޖެކްޓް މިޖަމިއްޔާއަށް ހޯއްދަވައިދެއްވުމަށް ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވި އަލްފާޟިލް އަޙްމަދު ނާޝިދުއަށް އަށާއި , އެކިގޮތްގޮތުން އެހީތެރިކަންދެއްވިކަމަށްޓަކައި ކުމުންދޫ ކައުންސިލަށާއި އަދި ޕްރޮޖެކްޓް ކުރިއަށް ގެންގޮސް ނިންމާލަދިނުމުގައި ބުރަކޮށް މަސައްކަތްކޮށްދެއްވި ޖަމިއްޔާގެ އެންމެހާމެންބަރުން އިޚްލާސްތެރި ޝުކުރުދަންނަަމެވެ.
NashidHussain Fikree

ހދ ކުމުންދޫ ކައުންސިލުން ކޮށްފައިވާ ޕޯސްޓެއްގައިވަނީ

ކުރެވި ޖަމިއްޔާއިން އިސްނަގައިގެން ބޭންކް އޮފް މޯލްޑިވްސް ގެ އެހީތެރި ކަމާއިއެކު މިފަދަ ކަމެއް ރަށުގައި ކުރެވިގެން ދިޔުމަކީ ރަށުގެ ވޭސްޓް މެނޭޖްމަންޓައް ލިބުނު ކުރިއެރުމެއް، ޖަމިއްޔާތަކުގެ ދައުރު ރަށުފެންވަރުގައި މުހިންމުވެގެންދާ ސަބަބަކީ މިއީ

އަދި ހަމަ އެހެންމެ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ކޮށްފައިވާ ޕޯސްޓްގައި

Through BML Small Grants, we’re happy to support Kurevi- Kumundhoo Revival Initiative to install a fishmeal plant on the island!
With this, the islanders can now effectively manage fish waste and produce fishmeal fertilizer from daily catch discards in H. Dh. Kumundhoo.
އިމާރާތުގެ އެތރޭގައި ބެހެއްޓިފަވާ ސިސްޓަމް
ކުރެވި ޖަމިއްޔާގެ އިސްވެރިން ސިސްޓަމް ބައްލަވާލައްވަނީ
ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ