ލާމަރުކަޒީ ޤާނޫނުން ލާޒިމް ކުރާ ފެބްރުވަރީ މަހުގެ ބައްދަލުވުން ކައުންސިލުން ބާއްވައިފިއެވެ. މިއީ އަހަރުގެ ތެރޭގައި ލާޒިމް ކުރާ ފުރަތަމަ ބައްދަލުވުމެވެ. ރައްޔިތުންގެ ބައްދަލުވުމުގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތަކާއި 2025 ވަނަ އަހަރަށް ރޭވިފައިވާ މަސައްކަތަކުގެ މަޢުލޫމާތާއި އަދި ރައްޔިތުންގެ ސުވާލުތަކަށް ކައުންސިލުންވަނީ ޖަވާބު ދީފައެވެ.