ބީޗް ސިޓީގެ ފަރާތުން ފުޓްސަލް މުބާރާތެއް ބާއްވަނީ

ބީޗް ސިޓީ ސްޕޯޓްސް ކްލަބްގެ ފަރާތުން މިއަހަރުގެ ރޯދަ މަހަށް ޚާއްސަކޮށްގެ 3v3 ފޯމެޓްގެ ފުޓްސެލް މުބާރާތެއް ބޭއްވުމަށް ހުޅުވައިލައިފިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 25 ފެބްރުވަރީ 2025 އެވެ. މުބާރާތުގައި ބައިވެރިވެވެނީ 150 ރުފިޔާގެ ފީ އެއް ދައްކައިގެންނެވެ. ކުޅެން ދަނޑަށް އެރެނީ 3 ކުޅުންތެރިން ކަމުގައިވީ ނަމަވެސް ޓީމްގައި ގިނަވެގެން 5 ކުޅުންތެރިން ހިމެނެއެވެ. އަދި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާރިޗް މަހުގެ 3 ގައި ކުމުންދޫ ފުޓްސަލް ދަނޑުގައެވެ.

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ