ކުމުންދޫގެ އަންހެން ކަނބަލުންނަށް މިއަހަރުވެސް ރަމަޟާން މަހުގައި ޤުރުއާން މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައިއެވެ. އެންމެ ފަހުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން ބޭއްވި މުބާރާތުގެ ވަނަ ތަކަށް ހުށަހަޅާފައިވާ ފައިސާގެ އިނާމަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި މިއަހަރުވެސް ކުރީ އަހަރެކޭ އެއްފަދައިން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މުބާރާތް ޚާއްސަ ކުރެވިފައިވަނީ 18 އަހަރުން މަތީގެ އަންހެން ކަނބަލުުންނަށެވެ. އެހެންނަމަވެސް ބައިވެރިވުމުގެ ސުންގަޑި އަކީ 12 ފެބްރުއަރީ ކަމަށްވާއިރު މުބާރާތުގެ ގަވައިދުވެސް އާންމު ކޮށްފައިނުވެއެވެ. ރަމަޟާން 1 ވަނީ މާރިޗް އެކެއްކަމުގައި ވުމުން ފެބްރުއަރީ 12 އިން ފެށިގެން ރަމަޟާން މަހާއި ދެމެދު އިތުރު ދެހަފްތާ ވާކަންވެސް ފާހަގަ ކޮށްލެވެއެވެ. ބައިވެރިވުމަށް ރަސްމީ 5 ދުވަސް ދިނުމުން ބައިވެރިވާން ބޭނުންވާ އެންމެހައި ކަނބަލުންނަށާއި ރަމަޟާން މަހަށް ރަށަށް ނުވަތަ ރަށުން ބޭރަށް ދިއުމަށް ބޭނުންވާ ފަރާތްތަކުން ރަށުގައި އެމުއްދަތުގައި ރަށުގައި ތިބޭނެތޯ ފައިނަލް ކޮށްފައި ނުވާނަމަ އެ ފުރުސަތު ވަނީ ހަނިވެފައެވެ. އަދި ފޯމާއި ގަވައިދު އޮންލައިން ނުވުމުން އެކަމަށްވެސް މިވަގުތު ރަށުން ބޭރުގައި ތިބި ފަރާތްތަކަށް އުނދަގޫ ކުރިމަތިވާނެއެވެ.
މީގެ އިތުރުން މުބާރާތް ފަށާ ދުވަހަކީ ފެބްރުއަރީ 25 ވަނަ ދުވަސް ކަމުގައިވާތީ މިއީ ރަމަޟާން މަހުގައި ބޭއްވޭ މުބާރާތެއް ނޫނެވެ. ނަމަވެސް ރަމަޟާން މަހަށް ތައްޔާރުމަށްޓަކައި ބޭއްވޭ މުބާރާތެއް ނޫންހެއްޔެވެ. 25 ފެބްރުއަރީ ވަނީ ރަމަޝާން މަހުގެ ކުރީ ހަފްތާގެ އަންގާރަ ދުވަހެވެ. ވުމާއި އެކުގައި ރަމަޟާން މަހަށް އެންމެން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ވިޔަފާރި ކުރުމަށާއި އެހެނިހެން ކަންކަމުގައި އަވަދިނެތި އުޅެމުންދާ ދުވަސްވަރެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
