ހދ ކުމުންދޫގައި އުމުރުން ދުވަސްވީ މީހުންގެ ހަވީރެއް ބާއްވައިފި

ހދ.ކުމުންދޫ ސޯމާ، ޢާދަމް އިސްމާއިލް (އާދަމްބެ) އަށް 100 އަހަރު ފުރުމާއި ގުޅިގެން ބޭއްވި އުމުރުން ދުވަސްވީ މީހުންގެ ހަވީރު، މި ހަފްލާގައި އުމުރުން ދުވަސްވީ މީހުންގެ މެޑިކަލް ޗެކަޕް އެއްވެސް ކުރިޔައް ގެންގޮސްފައިވެއެވެ.

4 ފެބްރުއަރީ 2025 ގައި ބޭއްވުނު އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މީޑިއާގެ ގޮތުން އިވެންޓް ކަވަރ ކުރަމުންދިޔަ ކުޅުދުއްފުށީ އޮންލައިންގެ ފަރާތުން ކޮށްފައިވާ ޚަބަރު ތިރީގައި އެވެނީއެވެ.

ކައުންސިލްގެ ހޯލު އޮތީ އިސްރަށްވެހިންނަށްޓަކާ ވަރަށް ފުރިހަމަ ތައްޔާރުކޮށް ޒީނަތްތެރިކޮށްފަ އެވެ. ރަންކުލަ އާއި ކަޅު ކުލައިގެ ޒީނަތުން މުޅި ހޯލަށް ފުރިހަމަކަން ގެނުއަ އެވެ.

މިއީ ކުމުންދޫ ކައުންސިލުން އިސްރަށްވެހިންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް މިގޮތަށް ބޭއްވި ފުރަތަމަ ހަފުލާ އެވެ. އެހެންވުމުންވެސް މި ހަފުލާ ވެގެންދިޔައީ ހުރިހާ ގޮތަކުންވެސް ވަރަށް ހާއްސަ ހަފުލާއަކަށެވެ.

ހަފުލާގެ އެންމެ ހާއްސަ މެހެމާނަކީ އެރަށު ސޯމާގެ، އާދަމް އިސްމާއިލް (އާދަމްބެ) އެވެ. އާދަމްބެއަށް 100 އަހަރުފުރުމާ ދިމާކޮށް ބޭއްވި މި އިސްރަށްވެހިންގެ ހަވީރަށް އާދަމްގެ އާއިލާގެ މެންބަރުންނާއި ރަށުގެ ހުރިހާ އިސްރަށްވެހިން ބައިވެރިކުރުވި އެވެ.

އާދަމްބެއަކީ ކުމުންދޫގެ ފަހުގެ ތާރީހެއްގައި 100 އަހަރު ވަންދެން ދުނިޔޭގައި ހުރި ހަމައެކަނި މީހައެވެ. މީހުންނާއި ގުޅޭ އެކުވެރި މަޖާ މިޒާޖެއްގެ އާދަމް މިހާރު ހިނގައި ބިނގައިވެ އުޅެނީ އަސާގަނޑެއްގެ އެހީގަ އެވެ. އާދަމްގެ ކައިވެންޏަށް 7 ދަރިން ލިބިފައިވާއިރު އަނބިމީހާއާއެކު އުޅެމުންދަނީ އުފާވެރި ދިރިއުޅުމެކެވެ.

އާދަމްގެ ހުރި ހަމައެކަނި ސިއްހީ މައްސަލައަކީ ލޭމައްޗަށް ދިޔުމެވެ. އިތުރު އެއްވެސް ސިއްހީ މައްސަލައެއް އިރާދަކުރެއްވީތީ ނެތެވެ. އާދަމްބެ ގެ އަމިއްލަކަންކަން މިހާރުވެސް ކުރަނީ އެކަންޏެވެ. ބޭރަށް ނުކުމެލައި ހިނގައި ހަދަ އެވެ.
އިސްރަށްވެހިންގެ މި ހަވީރުގައި އާދަމްބެ ވަނީ 100 އަހަރުފުރުމާ ގުޅިގެން ކޭކު ފަޅައި ފިލައެއްވެސް ހަދިޔާކުރި އެވެ. މި ފިލާ އާދަމްބެއާ ހަވާލުކޮށްދެއްވީ ކައުންސިލް ރައީސް އަމީން މުހަންމަދެވެ. މި ހަވީރު ކުރިއަށްދިޔައީ މެޑިކަލް ޗެކަޕް ހެދުމާއެކު އެވެ. އަދި ކައުންސިލުން ވަނީ އިސްރަށްވެހިންނަށް ސަޔާއި ހަދިޔާ ދީފަ އެވެ. މިހަވީރުގައި އެރަށުގެ އިސްރަށްވެހިންގެ ފަރާތުން މުނިފޫހިފިލުވުމުގެ ހަރަކާތެއްވެސް ފެނިގެންދިޔަ އެވެ.
މި ހަވީރުގައި ބައިވެރިވި އިސްރަށްވެހިން ބުނީ، އިސްރަށްވެހިންނަށް ހާއްސަކޮށް މިފަދަ ހަވީރެއް ބޭއްވީތީ އުފާކުރާ ކަމަށާއި އިސްރަށްވެހިންނަށް ހާއްސަކޮށް މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ.

 

ކައުންސިލްގެ ނައިބު ރައީސް އާދަމްބެ
ކައުންސިލްގެ ރައީށް އިސްރައްވެހިންނާއި ވާހަކަ ދައްކަނީ
ކުޅުދުއްފުށީ ހޮސްޕިޓަލްގެ ފަރާތުން އިސްރައްވެހިންނަށް މައުލޫމާތު ދެނީ
އިސްރައްވެހީންގެ ފަރާތުން ހުށަހެޅި އައިޓަމް
އާދަމްބެއަށް 100 އަހަރު ފުރުމުގެ ގޮތުން ކޭކް ފެޅުމުގެ ތެރެއިން
އިސްރަށްވެހީންގެ ފަރާތުން ޖަލްސާ ފެށުމުގެ ގޮތުން ކިއެވުން
އިސްރަށްވެހީން
ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ