ކުމުންދޫ ކައުންސިލުން ނީލަން ކިއައިފި

ކުމުންދޫ ކައުންސިލްގެ ފަރާތުން 2 ތަނެއްގައި ކައުންސިލްގެ ފަރާތުން މިއަދު (26 ޖަނަވަރީ 2025) ނީލަން ކިއައިފިއެވެ.

ކުމުންދޫ ކައުންސިލުން އެންމެ ފުރަތަމަ ނީލަން ކިއައިފައިވަނީ ކުމުންދޫ ކައުންސިލްގެ ފަރާތުން ހަދަމުންދާ މަގުގައި މިއަދުގެ 09:00 ގައެވެ. ޖުމުލަ 21 ބަޔަށް ބަހާފައިވާއިރު ނީލަމުގައި ހިމަނާފައިވަނީ އެ ސަރަޙައްދުން ނަގާފައިވާ ރުއްގަހެވެ. އަންދާޒާ ގޮތެއްގައި 30 ހާސް ރުފިޔާ އެއްހައި ނީލަމުން ކުމުންދޫ ކައުންސިލަށް ލިބޭނެ ކަމުގައި އަންދާޒާ ކުރެވެއެވެ. 09:00 ޖަހާއިރު ފެށިއިރު ގާތްގަނޑަކަށް 50 އެއްހައި މިނެޓް ހޭދަވެފައިވެއެވެ.

ދެވަނަ އަށް ކުމުންދޫ ކައުންސިލްގެ ފަރާތުން ނީލަން ކިޔައިފައިވަނީ ކުމުންދޫ މަސްޖިދުލް ފިރުދައުސްގައެވެ. އެހެންނަމަވެސް އެއީ ހަމައެކަނި ކުމުންދޫ ކައުންސިލުން މަސްޖިދުލް ފިރުދައުސްގައި ކޮށްފައިވާ މަރާމާތުން ނަގައިފައިވާ ދިޔަދޮވިތަކާއި ފެންހޮޅިތަކަކާއި 2 ދޮރެވެ. ޖުމުލަ 24 ބަޔަކަށް ބަހާފައިވާއިރު ގާތްގަނޑަކަށް 7000 އެއްހައި ރުފިޔާ ކުމުންދޫ ކައުންސިލަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ނީލަން ކިއުމުގެ ތެރެއިން
ނީލަން ކިއުމުގެ ތެރެއިން

 

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ