22 ޖަނަވަރީ 2025 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ކޮށްފައިވާ ފޭސްބުކް ޕޯސްޓްއެއްގައި ހިއްސާކޮށްފައިވަނީ މިހާރު ގޭގޭގައި އަމިއްލައަށް ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތަކުން ދަފްތަރުގައި ރަޖިސްޓްރީ ވާންޖެހޭނެކަމުގައެވެ. ކުމުންދޫގެ އެއްވެސް ތަނެއް ޕޯޓަލްގައި ރަޖިސްޓްރީ ވެފައިނުވާއިރު ހދ އަތޮޅުގެވެސް ރަޖިސްޓްރީ ވެފައިވާ އެއްވެސް ތަނެއް ނެތީއެވެ. 23 ޖަނަވަރީ 2025 އާއި ހަމައަށް މުޅި ރާއްޖެއިން ރަޖިސްޓްރީވެފައިވަނީ 118 ފަރާތަކުންނެވެ.
ރަޖިސްޓްރީ ވާން ޖެހެނީ ކޮން ބައެއް؟
ގޭގައި އިތުރު މުވައްޒަފެއް ބޭނުން ނުކޮށް އަމިއްލަ ދިރިއުޅުމަށް ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތަކަށް އެކަނިއެވެ. ވުމާއި އެކު ކެފޭ ރެސްޓޯރެންޓްތައް މިކަމުން އިސްތިސްނާވާނެއެވެ. އަދި ފިހާރައިން އެތަކެތި ވިއްކާނަމަ ފިހާރައިން ރަޖިސްޓްރީ ނުވިނަމަވެސް ފިހާރައަށް އެތަކެތި ވިއްކި ނުވަތަ ގެނައި ފަރާތް ރަޖިސްޓްރީ ވާންވާނެއެވެ.
ނަމަވެސް ތިރީގައި މިވާ ފަރާތްތައް ހިމެނޭނެއެވެ. އަދި މިއީ ޕޯޓަލްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ނެގިފައިވާ މައުލޫމާތެވެ.
- ގޭގައި ޕިއްޒާ، ސަބްމެރިން، ހޮޓް ޑޯގް ފަދަ ތަކެތި އުފައްދައި ވިއްކާ ފަރާތްތައް
- ގޭގައި ކޭކް އަޅައި ވިއްކާ ފަރާތްތައް
- އަސާރަ، ރޮށި ، ހެދިކާ، ބަތް، ނޫޑުލިސް ފަދަ ތަކެތި ކައްކައި ވިއްކާ ފަރާތްތައް
- ތެލުލި ފަތް، ތެލުލި ކެޔޮ، ކިއްލި، ހުތް ޕެކެޓް، ޖަބުލާނީ، ފޯއް ޕެކެޓް ތައްޔާރުކޮށް ވިއްކާ ފަރާތްތައް
- ކަނަމަދު، ހަނޑޫމާ ފަދަ ތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތައް
- ރިހާކުރު، ރިހާކުރު ގުޅަ، މަސްމިރުސް ފަދަ ތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތައް
- ޕާނީ ޕުރީ ފަދަ ތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތައް
- ޖޫގޯ، މޮޖީޓޯ، މިލްކް ޝޭކް ފަދަ ތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތައް
- ހަވާދުގެ ބާވަތްތަކާއި ސޯސް ފަދަ ތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތައް
ރަޖިސްޓްރީ ވާން ކުރަންޖެހެނީ ކީއް؟
- ފުރަތަމަ އީފާސް އެކައުންޓެއް އޮންނަންޖެހޭނެ.
- ވުމާއި އެކު އިނގިރޭސިން ލިއަން ކިޔަން އެނގެން ޖެހޭ ނުވަތަ އެފަދަ ފަރާތެއްގެ އެހީތެރިކަން ބޭނުންވާނެ.
- އީފާސް އެކުންޓް މެދުވެރިކޮށް ދިރިތި ޕޯޓަލް މެދުވެރިކޮށް
- އިތުރު ތިން ފޯމެއް – ބޭސިކް ފުޑް ސޭފްޓީ ކޯސް ނިންމިކަމުގެ ލިއުމާއި ލޭބަލް ހުންނާނެ ގޮތުގެ ޗެކްލިސްޓާއި ތަނުގެ ޗެކްލިސްޓް
ރައްޔިތުންނަށް އިތުރު ތަކުުލީފެއް؟
އާން އެކެވެ. މިއީ ވަރަށް ތަކުލީފު ބޮޑުގޮތަކަށް ފަރުމާ ކުރެވިފައިވާ ކަމެކެވެ. ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ؛
- ބޭސިކް ފުޑް ސޭފްޓީ ކޯސް ނިންމަން ވާނެ ކަމުގައި ބުނެއެވެ. އަދި އެކަމާއި ގުޅޭ ލިއުންތަކާއި ފޯމު ޕޯޓަލް އަށް ހުށައަޅަން ބުނާއިރު އެ ބުނާ ފޯމެއް ފެނިފައެއް ނުވެއެވެ. ފަހަރުގައި ޕޯޓަލްގެ ސްޓެޕްތައް ނިންމުމުން ޑައުންލޯޑް ކުރަން ޖެހެނީއެވެ.
- ޕޯޓަލްގެ މައްސަލަތައް : މުޅި ޕޯޓަލް އުނދަގޫ ގޮތަަކަށް ފަރުމާ ކޮށްފައިވުމުން އެ ބޭނުންވާ ޚިދުމަތެއް އާންމު ފަރުދުންނަށް ލިބިގަތުމަށް ދަތިވެއެވެ. މި ޕޯޓަލް ބޭނުންކުރެވެނީ އިނގިރޭސި އެނގޭ އާންމު ފަރުދުންގެ ލެވެލް އަށް ވުރެ ބޮޑަށް ވިޔަފާރިތަކުގައި އުޅޭ މިފަދަ ޕޯޓަލްތައް ބޭނުން ކުރާފަރާތްތައް ކަމުގައިވާތީއެވެ. އަދި މި ޕޯޓަލްއިން ފޯމް ނުވަތަ އުސޫލުތައް އެކިފަހަރު ދިވެހިން ނުވަތަ އިނގިރޭސިން ހުރުމާއި ފުރަންޖެހޭ މައުލޫމާތު ތައް ފެނުމުން މީހަކު ބޮލުގައި ރިއްސާ ގޮތް ވާނެއެވެ. ދުރާލާ މިކަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނެ މައުލޫމާތު އެނގޭނެ ގޮތެއް ނެތެވެ.
- ކޮންމެ އަހަރަކު އެއްފަހަރު ފުރަންޖެހޭ ފޯމުތަކެއް ހުރެއެވެ. އެއީ ޗެކްލިސްޓްތަކާއި އިޤުރާރު ތަކެކެވެ. އެވެސް އެއީ ކޯއްޗެއްކަންވެސް ނޭނގެއެވެ.
- މިއީ ދިވެހިންނަށް ތައްޔާރު ކުރި ޕޯޓަލް އެއްނަމަވެސް ޕޯޓަލް އިނގިރޭސިން ހުރުން،