2025 ވަނަ އަހަރު ކުމުންދޫ ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ކުމުންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓަން ބޭނުންވާ ފަރާތްތަކުގެ ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. އަދި 2025 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓާން ތިބޭ ފަރާތްތަކުން ތިބެންވާނީ ޔުނީފޯމަކާއި އެކުގައި ކަމަށްވެސް ވެއެވެ. އަދި ހަމައެހެންމެ އެއީ ސެކިއުރިޓީ ބަލަހައްޓާ މީހެއްގެ ކާޑު ނުވަތަ ޖީބުގައި ހަރުކުރަންޖެހެއެވެ. ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުން ކުރަންޖެހޭ ކަމެއްކަމުގައި މަގު ބަންދު ބޯޑް ޖެހުންވެސް ހިމެނެއެވެ. ހެނދުނު ދިދަ ނެގުމާއި އިރު އޮއްސި ދިދަ ތިރިކުރުންވެސް ހިމެނެއެވެ. ޑިއުޓީގައި ތިބެންވާނީ 18 އަހަރުން މަތި އަދި 65 އަހަރުން ދަށުގެ މީހުންނެވެ. ހެނދުނާއި ހަވީރު ވިނަ ގަސްތަކަށްވެސް ފެންވެސް ދޭންޖެހެއެވެ.

ފެނުނު ކަންކަން؟

އެގްރީމެންޓް ކުރިކަމެއް އާންމު ކޮށްފައިވާ މައުލޫމާތު ތަކުން އެނގިފައެއް ނެތެވެ. އަދި އާންމު ކޮށްފައި ނުވާތީ ބެލެވެނީ ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމުގައެވެ.

(އިތުރު މައުލޫމާތު އައުމުން އިތުރު ކުރެވިގެންދާނެ)

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ