ވަޒީފާގެ ފުރުސަތު : ޓީޗަރ ޕްރައިމަރީ

މިދިޔަ ޑިސެމްބަރ މަހު ދެފަހަރަށް އިއުލާނުކޮށް އިއުލާނުކޮށް އެއްވެސް ފަރާތެއް ނުލިބު ދާއިމީ ޕްރީސްކޫލް ޓީޗަރަކަށް އަނެއްކާވެސް އިއުލާނު ކޮށްފިއެވެ. 5 ޑިސެމްބަރ 2024 ވަނަ ދުވަހު އެންމެ ފުރަތަމަ އިއުލާނު ކުރި އިރު 15 ޑިސެމްބަރ 2024 ގައިވެސް އިއުލާނުކުރިއެވެ. މި ފަހަރުވެސް ވަޒީފާއަށް ކުރިމަތިލުމުގެ އެންމެ ދަށް ޝަރުތަކީ، ކިޔަވައިދިނުމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާޞިލްކޮށްފައިވުމެވެ. އަދި 26 ޖަނަވަރީ 2025 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ކުރިމަތިލާން ޖެހޭނެއެވެ. އެއްވެސް ފަރާތަކުން ކުރިމަތި ނުލާކަމަށް ބެލެވުނީ އެއް ވަޒީފާއަކަށް އެއް މަޤާމުގެ ނަންބަރުގައި ތިންވަނަ ފަހަރަށް އިއުލާނު ކުރި އިރު ކުރީ އެއްވެސް އިއުލާނު ބާތިލު ނުކުރުމާއި އަދި އަލުން އިއުލާނު ކުރި ސަބަބެއް އިއުލާނުގައި ނެތުމުންނެވެ.

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ