14 ޖަނަވަރީ ގެ 10:35 ގައި ކުމުންދޫ ސިއްޙީ މަރުކަޒުން ކޮށްފައިވާ ފޭސްބުކް ޕޯސްޓްގައި ދެ ސްޕެޝިއަލިސްޓުން 15 ޖަނަވަރީ 2024 ސިއްޙީމަރުކަޒުގައި ބަލިމީހުން ބަލާނެ ކަމުގައެވެ. އެހެން ނަަމަވެސް އިއުލާން ފޭސްބުކް އަށް ހިއްސާ ކޮށްފައިވާ ދުވަހަކީ 14 ވަނަ ދުވަސް ކަމުގައި ވީނަމަވެސް 13 ވަނަ ދުވަހުގައިވެސް އެޕޮއިންޓްމެންޓް ދޫކުރިކަމުގައި އިއުލާނުގައިވެއެވެ. އެހެންކަމުން ފޭސްބުކް މެދުވެރިކޮށް މި މައުލޫމާތު ލިބުނު ފަރާތްތަކަށް މައުލޫމާތު ލިބޭނީވެސް އެޕޮއިންޓްމެންޓް މުއްދަތު ހަމަވާ ދުވަހުގައެވެ. އެދުވަހު ރަސްމީ ގަޑީގައި ފޭސްބުކް ބަލައި ނުލެވުނިއްޔާ ފުރުސަތު ގެއްލުނީއެވެ.
އަދި އިތުރަށް ފާހަގަ ކުރެވުނު ކަމަކީ 7 ޖަނަވަރީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ފޭސްބުކް ޕޯސްޓެއްގައި ކުމުންދޫ އަށް 15 ވަނަ ދުވަހު މި ދެ ޑޮކްޓަރުން ޚިދުމަތް ދޭނެ ވާހަކަ އާއްމު ކޮށްފައެވެ. ނަމަވެސް ރައްޔިތުންނަށް އެނގޭނީ 14 ޖަނަވަރީގައެވެ.
ކުމުންދޫ ސިއްޙީމަރުކަޒަކީ އެއްވެސް ސްޕެޝިއަލިސްޓް އެއްގެ ޚިދުމަތް ލިބޭ ސިއްޙީ މަރުކަޒެއް ނޫނެވެ. ހުންނަނީ އާންމު ބަލީގެ އެންމެ ޑޮކްޓަރެކެވެ. އެ ޑޮކްޓަރުވެސް އަހަރެއްގެ ތެރޭގައި އެތައް ފަހަރަކު ބަދަލުވެއެވެ. ސިއްޙީ ޚާއްސަ ބަލިތަކަށް މިހެން އަންނަ ޑޮކްޓަރެއްގެ ޚިދުމަތް ލިބިދާނެއެވެ. ނަމަވެސް ޖެހިގެން އަންނަ މަހު ވަކި ބައްޔެއްގެ ޑޮކްޓަރެއް ނުވަތަ އެހެންވެސް ތާވަލެއްވެސް ނޭނގެއެވެ. އެނގެނީ ކުއްލިއަކަށެވެ. 2 މަހުންވިއަސް ނުވަތަ 3 މަހުންވިއަސް ގަވައިދުން އެއް ބައްޔެއްގެ ނުވަތަ ދާއިރާއެއްގެ ޑޮކްޓަރެއް ކުމުންދޫ އަށް ގެނެވުން މިގޮތައް ހާލަކުން ފަހަރަކު ގެނެވޭ އެކި ފަހަރު އެކި ދާއިރާގެ ޑޮކްޓަރުންނަށް ވުރެ ފައިދާ ބޮޑުވާނެއެވެ. އިތުރު ކުރެވޭ އެންމެ ދާއިރާއެއްވެސް މެއެވެ.

