ކުމުންދޫ ޓީމްގެ ތިންވަނަ މެޗް ކާމިޔާބު ކުރުމާއި ހދ އަތޮޅުގެ މެޗްތައް

ހދ އަތޮޅުގެ މިރޭ (17 ޖަނަވަރީ 2024) ކުޅުނު 4 މެޗްގެ ތެރެއިން،

  • ނޭކުރެންދޫ-ނޮޅިވަރަމްފަރު މެޗް :

5-1 އިން މެޗް ކާމިޔާބު ކުރީ ނޭކުރެންދޫއެވެ. ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ނޮޅިވަރަމް އިންނެވެ. އަދި ފުރަތަމަ ހާފްގައި ނޮޅިވަރަމްފަރުން އެއްވަރު ކުރި ނަމަވެސް ހާފް ނިމުމުގެ ކުރިން ނޭކުރެންދޫ އިން ގޯލް ޖަހައި ލީޑް ނަގައިފައިވެއެވެ. ދެވަނަ ހާފް ފެށުމާއި އެކު ކުޅުމުގެ ތެރެއިން ބައިކޮޅަށް ނޮޅިވަރަންފަރުން ގޯލް ވަނުމާއި އެކު ނޭކުރެންދޫ އިން ލީޑް ފުޅާ ކޮށްފައިވަނިކޮށް އަނެއްކާވެސް ފުރަތަމަ 5 މިނެޓްގެ ތެރޭގައި ބައިކޮޅަށް ނޮޅިވަރަމްފަރު ޓީމުން ލަނޑު ވަނުމާއިއެކު 3 ލަނޑުގެ ލީޑް އެއް ނޭކުރެންދޫ އިން ނެގިއެވެ. މެޗްގެ ފަހު މިނެޓްތަކުގެ ތެރެއިން ފޮނުވާލި ހަމަލައަކުން ނޭކުރެންދޫގެ 5 ވަނަ ގޯލް ކާމިޔާބު ކުރިއެއެވެ.

  • ފިނޭ-މަކުނުދޫ މެޗް :

1-1 އިން މެޗް އެއްވަރުވެގެންނެވެ. ފުރަތަމަ ހާފް ގައި ޖެހި ގޯލާއި އެކުގައި ލީޑް ނެގީ ފިނޭއިންނެވެ. ދެވަނަ ހާފްގެ މެދެއްކަށް ހާ ހިސާބްއިން ފިނޭގެ ޓީމްގެ ކީޕަރު ބޯޅަ ހިފައިގެން މަކުނުދޫގެ ގޯލަށް ފޮނުވާލާ ހަމަލައަކަށް ބޯޅަ ހިފައިގެން ދިޔަމުގެ ސަބަބުން މަކުނުދޫގެ ކުޅުންތެރިންގެ އަވަސް ހަމަލައަކާއި އެކު ފިނޭގެ ކީޕަރަށް ގޯލަށް އައިސް ހަމަ ޖެހިލެމުގެ ކުރިން ގޯލްޖަހައި އެއްވަރު ކުރީއެވެ. ފިނޭއިން 6 ފައުލް ހަމަ ވުމާއެކު މަކުނުދޫއަށް ލިބުނު ޕެނެލްޓީ ވަނީ އެއް ވަނީ ފިނޭގެ ކީޕަރު ދިފާއުކޮށް މުބާރާތުން ކުރިއަށް ދިއުމުގެ އުންމީދު އިތުރު ކޮށްފައެވެ.

  • ނައިވާދޫ-ނެއްލައިދޫ :

0-4 މެޗް ކާމިޔާބު ކުރީ ނައިވާދޫއެވެ. މެޗްގެ ފުރަތަމަ ހާފްގައި ފަހު މިނެޓްތަކުގައި ނައިވާދޫން އެ ޓީމްގެ ފުރަތަމަ ގޯލް ކާމިޔާބު ކުރިއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ކައިރި ކައިރީގައި އިތުރު ދެ ލަނޑު ނައިވާދޫއިން ކާމިޔާބު ކޮށް 3 ލަނޑުގެ ލީޑެއްގައި ފުރަތަމަ ހާފް ނިންމާލިއެވެ. ދެވަނަ ހާފް ފެށިގެން ނައިވާދޫ އިން ޖެހި ގޯލާއި އެކު ލީޑް ވަނީ 4 ލަނޑަށް އިތުރު ކޮށްފައެވެ. އަދި އިތުރު ވަގުތު ކޮޅެއްގެ ތެރޭގައި އިތުރު ލަނޑެއް ނައިވާދޫ އިން ކާމިޔާބުކޮށް ލީޑް 5 ލަނޑަށް އިތުރު ކޮށްފައެވެ. ދެވަނަ ހާފްގެ މެދެއްކަށް ހިސާބުގައި ނެއްލައިދޫއިން ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. މެޗް ނިމެން 2 މިނެޓް އަށް ވެެފައިވަނިކޮށް ނައިވާދޫގެ 6 ވަނަ ގޯލް ވަނީ ކާމިޔާބު ކޮށްފައެވެ.

  • ނޮޅިވަރަން-ކުމުންދޫ :

3-0 މެޗް . ފުރަތަމަ ހާފް ނިމެން 2 މިނެޓް އަށް ވެފައިވަނިކޮށް މުޙައްމަދު ޝަރީފް ފޮނުވާލި ބޯޅައާއި އެކު ކުމުންދޫ އިން މެޗްގެ ލީޑް ނެގިއެވެ. ދެވަނަ ހާފް ފެށިގެން 2 ވަނަ މިނެޓްގައި މުޙައްމަދު ޝަރީފް ގޯލްއެއް ކާމިޔާބު ކުރުމަށްފަހު ކުމުންދޫ ޓީމްގެ ލީޑް ބޮޑު ކޮށްފައެވެ. އަދި މެޗްގެ ދެވަނަ ހާފްގެ 12 ވަނަ މިނެޓްގައި ފަހުމާނު ފޮނުވާލި ބޯޅައާއި އެކު ކުމުންދޫ އިން 3 ވަނަ ލަނޑު ވަނީ ކާމިޔާބު ކޮށްފައެވެ.

ހދގެ ސެމީގެ ޖާގަތަކަށް ބަލާއިރު ގްރޫޕް އެކެއްގެ ފުރަތަމަ ޖާގަ ނޭކުރެންދޫ އިން ކާމިޔާބު ކޮށްފައި ވެއެވެ. އަދި ނޮޅިވަރަމްފަރާއި ހަނިމާދޫ އަށް ސެމީގެ ދޮރު ބަންދުވެފައިވާއިރު ފިނޭއަށް ވެސް އެޓީމުގެ އަމިއްލަ ބާރުގައި ސެމީ އަށް ދިއުމުގެ ދޮރުވެސް ވަނީ ބަންދު ވެފައެވެ. ދެވަނަ ޖާގަ މަކުނުދޫ އަށް ކަށަވަރު ކުރެވޭނީ ދެން ކުޅޭ މަކުނުދޫ-ނޭކުރެންދޫ މެޗްއިން މޮޅުވުމުން ނުވަތަ އެއްވަރު ކޮށްގެންނެވެ.

ފިނޭއަށް ދެން މުބާރާތުން ކުރިއަށް ދެވޭނީ ހަނިމާދޫ-ފިނޭ މެޗް އިން 4 ލަނޑުގެ ތަފާތުން މޮޅުވުމާއި އެކު މަކުނުދޫގެ މެޗް އިން އެޓީމް ބަލިވެއްޖެ ކަމުގައިވާނަމައެވެ. އަދި މަކުނުދޫ ޓީމްގެ ކޮޅަށް އިތުރަށް ވަންނަ ކޮންމެ ލަނޑަކަށް ފިނޭއިން ޖަހަން ޖެހޭނެ ލަނޑުތައް މަދުވާނެއެވެ.

ހދގެ ގްރޫޕް ދެއެއްގެ ފުރަތަމަ ޖާގަ ވަނީ ނައިވާދޫ އިން ކާމިޔާބު ކޮށްފައެވެ. އަދި ނެއްލައިދޫ އާއި ނޮޅިވަރަން އަށް ސެމީގެ ޖާގަ ވަނީ ބަންދު ވެފައެވެ. ދެވަނަ ޖާގަ އަށް ކުމުންދޫ އާއި ވައިކަރަދޫ ވާދަ ކުރާއިރު، ދެޓީމުގެ ފަހު މެޗް ނިމޭ ގޮތަކުން ނޫނީ ސެމީގެ ޖާގަ އެއް ކަށަވަރެއް ނުވާނެއެވެ.

ކުމުންދޫ އަށް ސެމީގެ ޖާގަ ކަށަވަރުވާނީ ދެންކުޅޭ މެޗް އިން ނޭކުރެންދޫ އާއި އެއްވަރު ނުވަތަ މޮޅު ވެއްޖެ ނަމަ ކަށަވަރު ކުރެވޭނެއެވެ. ނަމަވެސް އެ މެޗް އިން އެކެއް ސުމަކުން ވިޔަސް ބަލިވެއްޖެ ނަމަ ދެން ބަލަންޖެހޭނީ ވައިކަރަދޫ ނޮޅިވަރަން ކުޅޭ މެޗަށެވެ. އެ މެޗް އިން 6 ލަނޑުގެ ތަފާތަކުން ވައިކަރަދޫ މޮޅުވެއްޖެ ނަމަ ސެމީއަށް ވައިކަރަދޫ ދާނެއެވެ. އަދި ކުމުންދޫގެ ކޮޅަށް ވަންނަ އިތުރު ކޮންމެ ގޯލުގެ ލީޑަކީ ވައިކަރަދޫ އިން ޖަހަން ޖެހޭ ގޯލްގެ އަދަދުން މަދުވާނެ އަދަދެކެވެ.

ގްރޫޕް 1 ގެ ޕޮއިންޓް ޓޭބަލް
ގްރޫޕް 2 އެއްގެ ޕޮއިންޓް ޓޭބަލް
ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ