ކުމުންދޫ ކައުންސިލުން ސްކޫލުގައި ބިނާކުރި މިސްކިތް ހުޅުވައިފި

ކުމުންދޫ ކައުންސިލުން ކޮށްފައިވާ ޕޯސްޓް އެއްގައިވަނީ :

މި މިސްކިތަށް ނަންދެވިފައިވަނީ މި ސްކޫލަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރްޙޫމް އައްޝައިޙް މުޙައްމަދު ވަޙީދުގެ ނަމުންނެވެ.

މިއީ ކުމުންދޫ ކައުންސިލްގެ ބަޖެޓްއިން ބޮޑު ޚަރަދެއް ކޮށްގެން ކުމުންދޫ ސްކޫލަށް ހަދިޔާ ކޮށްފައިވާ ޕްރޭޔާރ ރޫމްއެކެވެ. އެއްފަހަރާ 50 އަށް ވުރެ ފަރާތްތަކަށް ނަމާދު ކުރެވޭ މި ޕްރޭޔަރ ރޫމްގައި ވުލޫ ކުރާ ބަޔަކާއި ފާޚާނާއެއްވެސް ހިމެނެއެވެ.

ޕްރޭޔާރ ރޫމް ހުޅުވާފައިވަނީ 16 ޖަނަވަރީ 2025 ވަނަ ދުވަހުގެ އަޞްރު ނަމާދަށެވެ. ހުޅުވުމުގެ ގޮތުން ކުމުންދޫ ކައުންސިލްގެ ރައީސް އަދި ސްކޫލް ޕްރިންސިޕަލް ވާހަކަ ދައްކާފައިވެއެވެ. މީގެ އިތުރުން ޕްރޭޔަރ ރޫމް ހުޅުވުމަށް ރެބަން ކެނޑީ ކުމުންދޫ ކައުންސިލްގެ ރައީސް، ސްކޫލް ޕްރިންސިޕަލް އަދި ސްކޫލުގެ ކެޕްޓަނެވެ. އަދި އަޞްރު ނަމާދަށް ބަންގި ގޮވީ ސްކޫލުގެ ދަރިވަރެކެވެ. އިމާމުވެ ނަމާދު ކުރެއްވީ ސްކޫލްގެ އިސްލާމް މުދައްރިސެވެ.

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ