ގޯލްޑަން ފުޓްސެލް މުބާރާތުގެ ކުމުންދޫގެ ފުރަތަމަ މެޗް ކާމިޔާބު ކޮށްފި

ފުރަތަމަ މެޗްގައި ހދ ކުމުންދޫ އާއި ހދ ނެއްލައިދޫ ކުޅުނު މެޗް ކުމުންދޫ އިން ކާމިޔާބު ކުރީ 4 ލަނޑު 3 ލަނޑުންނެވެ.

މެޗްގެ ލަނޑުތަށް ކުމުންދޫ ޓީމުން ކާމިޔާބު ކުރީ:

  • މުޝްރިފް އިބްރީހީމް (ދެ ލަނޑު)
  • ފަހުމާނު އަބްދުލް ހަމީދު
  • އަހްމަދު ޝަރީފް

އަދި އިދިކޮޅު ޓީމުން :

  • އަލީ ހަސަން
  • މުޙައްމަދު ފާރިޝް
  • މުޙައްމަދު ސާވިން

މި މުބާރާތުގައި ކުމުންދޫ ޓީމުން ދެން ބައްދަލު ކުރާނީ 9 ޖަނަވަރީ 2025 ( ބުރާސްފަތި ) ދުވަހުގެ ރޭ 11:00 ވައިކަރަދޫ އާއި އެވެ. އެއިގެ ފަހުން ޖަނަވަރީ 17 ( ހުކުރު ) ދުވަހުގެ ރޭ 11:00 ގައި ނޮޅިވަރަމް އާއި ބައްދަލު ކުރާނެއެވެ. އަދި މުބާރާތުގެ ކުމުންދޫ ޓީމުން ކުޅޭ ފަހު މެޗްގެ ގޮތުގައި  21 ޖަނަވަރީ ( އަންގާރަ ) ވަނަ ދުވަހުގެ ރޭ 9:00 ގައި ނައިވާދޫ އާއި ބައްދަލު ކުރާނެއެވެ. ހދ ގެ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެ ގެ ކޮންމެ ގްރޫޕް އިން އެންމެ މަތިން ޕޮއިންޓް ހޯދާ ދެ ޓީމެއްގެ ސެމީ އަށް ދާ ގޮތަށް ރޭވިގެން އަދި ހދ ގެ ފައިނަލް މެޗްވެސް ކުޅޭ ގޮަތައް ވަނީ ހަމަޖެހިފައެވެ.

 

ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ