މަތިން އެފެންނަ ސަރަހައްދުގައި މީގެ ކުރިން އެމް.ޓީ.ސީ.އިން ބަހައްޓަމުން އައި ހިލަތަކުގެ ސަބަބުން އެ ސަރަހައްދު އާންމުންނަށް އެ ސަރަހައްދުން މޫދަށް ދިއުމަށް ދަތިވެއެވެ. މި ސަރަހައްދަށް ހިލަ ބޭލުމަށް އެމް.ޓީ.ސީ.އިން ވަނީ މި ސަރަހައްދުގެ މޫދުގެ ސަރަހައްދެއް ހިއްކައި ހިލައިގެ ބެޑް އެެއް އަޅާފައެވެ.
މިއަދު (24 ޑިސެމްބަރ 2024) ވަނަ ދުވަހުގެ ހެނދުނު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މަސައްކަތް ރާވާފައި ވާ ގޮތަކީ
ފުރަތަމަ މިތަނުގެ ވެލިގަނޑު މިނަގަނީ. ދެން ފަހުން ފުރާނާފައި ހުރި ވެލި އަޅާނެ މިތަނަށް. މިހާރުވެސް ހުންނާނެ ކައިރިއަށް ކޮންމެސް ވަރަކަށް ފުރާނާފައި ހުރި ވެލި އަޅާފައި. މިތަނުން ނަގާ ވެލި ލޮރީގައި އެކޮޅަށް ގެންދަނީ. އޭރަށް ބަނދަރުން ، އެކޮޅުން ހަމައެކަނި ވެލި ގެންނަން ޖެހޭނީ ފަހުން. މިތަނުން ކޮނެގެން ވެލިތައް މިނަގަނީ ފަހުން މިތަނުގައި މީހުން ވަޅުލާން ޖެހުނިއްޔާ އުނދަގޫވާނެތާ ވަޅު ކޮންނަން
މިތަން ބޭނުންކުރާން ފެށީ ކުމުންދޫ ނެރު ހެދުމުގެ ޕްރޮޖެކްޓްއަށް ގެންނަ ހިލަ ބޭލުމަށެވެ. އަދި މި ޕްރޮޖެކްޓް ނިމުމަކަށް އައުމުން ތަން ސާފު ކުރުމުގެ މަސައްކަތް ކުރަނީ އެވެ.

