ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ފަރާތުން އާންމުކުރަމުން އަންނަ ކަންގަތި އެވޯޑްމިއަހަރުވެސް ދީފިއެވެ. މިއީ 2023 ވަނަ އަހަރުގެ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ބަލާފައި ކައުންސިލްތަކުގެ ރޭންކިން އަށް ބަލައިގެން އެވޯޑެކެވެ. މައިގަނޑު ތިން ދާއިރާއަކަށް ބަހާލައިގެން ދޭ އެވޯޑް ތަކަކީ:
ގަދަ ހަމާންތި ދަރަޖަ : އެންމެ މަތީން މާރކް ހޯދާ 3 އަތޮޅު ކައުންސިލަށް ދޭ އެވޯޑް
ރަނަހަމާންތި ދަރަޖަ : އެންމެ މަތީން މާރކް ހޯދާ 3 ރަށު ކައުންސިލަށް ދޭ އެވޯޑް
މާރަދަ ހަނދާނީ ފިލާ : މާރކސް ދިނުމުގައި ބަލާ ފަސް ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކުން އެންމެ މަތިން މާރކް ހޯދި ރަށު އަދި އަތޮޅު ކައުންސިލް
ކާންނާ ހަނދާނީ ފިލާ : ކުރީ އަހަރާއި އަޅާކިޔާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަތޮޅު އަދި ރަށު ކައުންސިލް
އެންމެ މަތީން މާރކް ހޯދި އަތޮޅު ކައުންސިލަކީ ހައްދުންމަތީ އަތޮޅު ކައުންސިލެވެ. އަދި އެންމެ މަތީން މާރކް ހޯދު ރަށު ކައުންސިލަކީ އަރިއަތޮޅު އުތުރުބުރީ ބޮޑުފުޅަދޫ ކައުންސިލެވެ.
ހދ އަތޮޅަށް ބަލާއިރު ހދ އަތޮޅު ކައުންސިލް ހިމެނިފައިވީ ރާއްޖޭގެ 12 ވަނައިގައެވެ. އަދި ހދ އަތޮޅުގެ ރައްތަކުގެ ރޭންކިން ބެހިފައިވާ ގޮތަކީ
- ފިނޭ – 22 ވަނަ
- ކުމުންދޫ – 29 ވަނަ
- ނޮޅިވަރަމްފަރު – 30 ވަނަ
- ކުރިނބި – 40 ވަނަ
- މަކުނުދޫ – 42 ވަނަ
- ވައިކަރަދޫ – 44 ވަނަ
- ނައިވާދު – 101 ވަަނަ
- ނެއްލާދޫ – 103 ވަނަ
- ނޭކުރެންދޫ – 108 ވަނަ
- ހަނިމާދޫ – 123 ވަނަ
- ނޮޅިވަރަމް – 125 ވަނަ
- ހިރިމަރަދޫ – 138 ވަނަހދ ކުމުންދޫ އިން މިދިޔަ އަހަރާއި އަޅާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައެވެ. އެގޮތުން 2022 ވަނަ އަހަރު ރާއްޖެއިން ލިބިފައިވަނީ 152 ވަނަ އެވެ. އަދި މިއީ 2023 ވަނަ އަހަރުގެ ހދ އަތޮޅަށް ބެލިކަމުގައވީ ނަމަވެސް 11 ވަނައެވެ. އެހެން ނަމަވެސް މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށްފަހު ވަނީ 123 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. މި ކުރިއެރުމަށް އެންމެ ބޮޑު އެހީ ތެރިކަމަކަށްވީ 2022 ވަނަ އަހަރާއި އަޅާ ބަލާއިރު 2 ގުނަ އަށްވުރެ ގިނަ މާރކްސް ހޯދާފައިވުމުވެ. އަދި މިއީ ލިބެން ހުރި މައުލޫމާތައް ބެލުމަށްފަހު 2015 ގެ ފަހުން ހދ. ކުމުންދޫ ކައުންސިލްގެ ރޭންކް އަދި މާކްސްވެސް އެންމެ މަތިން ލިބުނު އަހަރެވެ.
