ހދ ކުމުންދޫ މަސްޖިދުލް ފިރުދައުސް އަށް އިމާމަކު ހޯދުމަށް އަނެއްކާވެސް އިއުލާން ކޮށްފި

އިއްޔެ (11 ޑިސެންބަރު 2024) ގައި އިސްލާމީ ކަންތައްތަކާ ބެހޭ މަރުކަޒުން ނެރެފައިވާ އިއުލާނުގައި ވަނީ 23 ޑިސެންބަރު 2024 ގެ ކުރިން ވަޒީފާއަށް ކުރިމަތި ލުމަށެވެ.

އެންމެ ދަށް ޝަރުތެއްގެ ގޮތުގައި ވަނީ މަޤާމުގެ މަސައްކަތުގެ ޤާބިލުކަން ސާބިތުކޮށްދިނުމާއި އެކު ހުކުރު ކުރުމުގެ ހުއްދަ އޮތުން ނުވަތަ ވުޒާރާއިން ދޭ އިމްތިހާނުން ފާސްވުމެވެ.

މި ވަޒީފާގެ މުސާރައިގެ ގޮތުގައި އެންމެ މަދުވެގެން މަހެއްގެ މައްޗަށް 7000.00 ރުފިޔާ ލިބޭނެއެވެ. އަދި މީގެ އިތުރުން އިތުރު ގަޑީގެ ގޮތުގައި 1500.00 ރުފިޔާ ލިބިގެން ދާނެއެވެ. އެހެންނަމަވެސް އެވްރެޖް ގޮތެއްގައި އިމާމަކަށް 12،000.00 ރުފިޔާ ގެއަށް ގެންދިއުމަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

މީގެ ކުރިންވެސް އިސްލާމީ ކަންތައްތަކާ ބެހޭ މަރުކަޒުން ވަނީ ކުމުންދޫއަށް އަށް އިމާމަކު ހޯދުމަށް އިޢުލާން ކޮށް ޝަރަތުހަމަވާ ދެ ފަރާތުގެ މައުލޫމާތު އާންމު ކޮށްފައެވެ. އަދި އެންމެ ފަހުން ނެރުނެ އޭ2 ޝީޓުން އެކަކު އިންޓަވުއު ކުރިކަމަށާއި އޭނައަށް ވަޒީފާ ލިބިފައި ވާ ކަމަށް އިޢުލާނު ކުރިއެވެ. ނަމަވެސް އެފަރާތުން ވަޒީފާ ބޭނުން ނުވުމުން އަލުން އިޢުލާނު ކުރީކަމުގައި ބެލެވެއެވެ.

އެންމެ ފުރަތަމަ ކުރެވުނު އިޢުލާނުގެ އޭ.ޓޫ ޝީޓް
ކުރިއަށް
ފަހަތަށް
ކާޓް
މައްޗަށް ސްކްރޯލް ކުރާށެވެ